އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިއްފަތް ގެއްލުމުން ނަފުސް ޠާހިރުކުރަން ބްލީޗުން ފެންވެރި ކްރިސްޓިއަން އަނާތީއަށް އިލާހީ ނޫރު ލިބުނު ގޮތުގެ ވާހަކަ!

އިއްފަތް ގެއްލުމުން ނަފުސް ޠާހިރުކުރަން ބްލީޗުން ފެންވެރި ކްރިސްޓިއަން އަނާތީއަށް އިލާހީ ނޫރު ލިބުނު ގޮތުގެ ވާހަކަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 2 ސިކުންތު


އަނާތީއަކީ ކްރިސްޓިއަން ޢާއިލާއަކަސް ނިޞްބަތްވާ ކުއްޖެކެވެ. އުމުރުން ވަރަށް ހަގު ދުވަސްވަރު "ބޯއި" ފްރެނޑް ކުޅިވަރު ފެށި ކުއްޖެކެވެ. އުމުރުން 19 އަަހަރުގައި ލޯބިވެރިޔާ ވަނީ އޭނާ ޝިކާރަކޮށްފައެވެ.

އަނާތީ ބުނީ އެކަން އޭނާއަށް ކުރިމަތިވީ 21 އަަހަރުގެ ލޯބިވެރިޔާ އާއިއެކު ކުރި ދަތުރެއްގައި ކަމަށެވެ. އޭނާއަށް ކުރިމަތިވި ނިކަމެތިކަން އިޙްޞާޞްކުރެވުނީ ނިދީން ހޭލެވުމުން ކަމަށެވެ. އެހިސާބުން ހިތަށް ބިރުވެރިކަމެއް ވަން ކަމަށެވެ.

"އަހަރެން ވަރަށް ދެރަވި. ބިރުވެސް ގަތް. ލަދުވެސް ގަތް. އިހްޞާޞް ކުރެވުނީ ނަޖިސް އަމަލެއް ކުރެވުނު ކަމަށް. ފާޚާނާއަށް ވަދެ ސައިބޯނި ލައިގެން ދެ ތިން ފަަހރު ފެންވެރިން. ނަމަވެސް އެވަރުންވެސް ހިތް ހަމައެއް ނުޖެހުނު. ފެނަށް ބްލީޗް އަޅައިގެންވެސް ފެންވަރިން."

އަނީތާ ބުނީ ހަމަ އެދަންވަރު ލޯބިވެރިޔާއަށް އަލްވިދަޢު ކިޔައި ހޮޓަލުން ނުކުމެ ދަތުރު ފެށި ކަމަށެވެ. އަދި ހަޔާތް ބަދަލުވާން މެދުވެރިވީ ދަތުރުކުރި ބަހުގައި ތިބި މުސްލިމް ދެ ޒުވާނުންގެ އަމަލުތައް ކަމަށެވެ. "ބަހުގައި ދަތުރުކުރީ ޓެކްސީގައި ދާނެ ލާރި ނެތިގެނެއް ނޫން. ބައިވަރު ފައިސާތައް އަތުގައި ހުރި، ބޭނުންވީ ވީހައި ރައްކައުތެރި ގޮތުގަ ދަތުރުކުރަން. އެ ދަތުރު ބަހުގައި ކުރެވުނުކަން އެއީ ހަޔާތް ބަދަލުވި ސަބަބު. އެހެންވީމާ އެ ދަތުރަށް އހަރެން ކިޔަނީ ހަޔާތް ބަދަލުކުރި ބަސްދަތުރު."

އެ ދަތުރުގައި މުސްލިމް ދެ ޒުވާނުންނާއި ބައްދަލުވިއެވެ.

"އެ ދެ ޒުވާނުން ބަހުގައި ތިބީ ވެސް އެއް ސީޓަކު ނޫން. ދެމީހުން ކުރިމަތިވާ ގޮތަށް ދެ ފަރާތުގައި. އަންހެން ކުއްޖާ އިނީ މޫނު ބުރުގާވެސް އަޅައިގެން. ދެއްކި ވާހަކަތަކުން އެއީ ދެ ލޯޯބިވެރިން ކަންވެސް އެނގުނު. ވާހަކަތައް ވަރަށް ގާތް. އެކަމަކު އަހަރެމެންހެން އެކަކު އަނެކެއްގެ ގައިގަ އަތްލައި ކަންކަން ކުރާކަށް ނޫން އުޅުނީ."
އަނީތާ ބުނީ އެ ހިސާބުން ފެށިގެން އޭނާ އިސްލާމް ދީނާއިމެދު ވިސްނަން ފެށި ކަމަށެވެ. ގޭގައި ދީނީ ފޮތްތައް މުޠާލިޢާ ނުކުރެވޭތީ ލައިބްރަރީތަކަށް ގޮސްގެންވެސް މުޠާލިޢާކުރި ކަމަށެވެ. އަދި މައިން ބަފައިންނަށް ސިއްރުން އޮންލައިންކޮށްވެސް އިސްލާމް ދީނުގެ ކަންކަން ދަސްކުރި ކަމަށެވެ.
އަނީތާ ކިޔައިދިނެވެ.

އިސްލާމް ދީނުގެ ހަޤީޤަތް ދަސްވުމުން އަހަރެން މުސްލިމް ސެންޓަރުތަކަށް ގޮސް އެމީހުން ކަންތައްތައް ކުރާ ގޮތް ދަސްކުރީމެވެ. ޤްރްއާން ކިޔަވަން ވެސް ދަސްކުރީމެވެ. ނަމާދުކުރަންވެސް ދަސްކުރީމެވެ. އެއަށްފަހު އަހަރެން ރަސްމީކޮށް އިސްލާމް ދީން ޤަބޫލުކުރީމެވެ. އެކަމުގެ ރަސްމިއްޔާތަށް އަހަރެން ދިއައީ މުނު ނިވާކޮށްގެންނެވެ.
ރަސްމިއްޔާތަށްފަހު ފޮޓޯތައް ޢައިލާއަށް ފޮނުވީމެވެ. އަދި ގެއަށް ދާނީ އަހަރެންގެ ގޮތުގައި އަހަރެން ޤަބޫލުކުރާނެ ނަމަ ކަމަށްވެސް ބުނީމެވެ.

ޤަބޫލުނުކޮށްފިނަމަ އުޅޭނީ ކޮންތަނެއްގައިތޯ ސުވާލުކުރުމުން އަހަރެން ބުނީ މިސްކިތުގައި އަންހެނުންނާއިއެކުގައި ކަމަށެވެ.
އަހަރެންގެ މެސެޖަށް ޖަވާބު ނުދިނުމުން ގެއަކަށް ނުދަމެވެ. އަހަރެން އުޅެމުން ދިއައީ މިސްކިތުގައެވެ. މިސްކިތަށް އަންނަ ކުޑަކުދިންނަށް ކިޔަވައިދިނީމެވެ. އެކަން ވެގެންދިއައީ ވަަރަށް ބޮޑަށް ހިތްހަމަޖެހުން ލިބުނު ކަމަކަށެވެ.

އެގޮތަށް އުޅޭތާ އަހަރެއްހައި ދުވަސްވީފަހުން އަހަރެން ކިޔަވަިއދެމުން ދިއަ ކުއްޖެއްގެ ބޭބެ އާއި ބައްދަލުވެ ދެމީހުންގެ މެދުގައި ގުޅުން އުފެދުނެވެ. އޭނާ އަހަރެން ގޮވައިގެން ތަންތަނަށް ދާކަށް ބޭނުމެއް ނުވެއެވެ. ވާހަކަ ދައްކާލާފައި ދަނީއެވެ.

ދެ ތިން މަސް ފަހުން އޭނާ އެދުނީ އަހަރެންގެ ކައިވެންޏަށެވެ. އަހަރެން އޭނާ އާއި ކައިވެނިކުރީމެވެ. ކައިވެންޏަށްފަހު އޭނާ އަހަރެން ގެންދިއައީ އޭނާ ދިރިއުޅޭ ފްލެޓަށެވެ. ދެމީހުން އެކުގައި އެތަނުގައި ދިރިއުޅެން ފެށީއެވެ.

ހެނދުނު ތެދުވެ އޭނާ މަސައްކަތު ދިއުމުން އަހަރެން ދަނީ މިސްކިތަށެވެ. އެތަނުގައި އިނދެ ކިޔަވައިދިނުމަށެވެ. ނަމާދުކޮށް އަލުކަން ކުރުމަށެވެ.
ކައިވެންޏަށް އަަހަރު ފުރުނު ދުވަހު ވައިބަރ މެސެޖެއް ލިބުނެވެ. ޢާއިލާއިން ފޮނުވި މެސެޖެކެވެ. މެސެޖުގައި ވަނީ އަހަރެން ބުނި ފަދައިން އަހަރެން ޤަބޫލުކުރާނެ ކަމަށެވެ.
ޖަވާބުގައި އަހަރެންގެ މިހާރުގެ ދިރިއުޅުން ކިޔައިދިނީމެވެ. އެކަންކަންވެސް ޤަބޫލުކުރުމުން އަހަރެން ފިރިމިހާއައިއެކު ގެއަށް ދިއައިމެވެ.

މައިން ބަފައިންގެ މުއްސަނދިކަން ފެނުމުން ފިރިމީހާއަށް ލިބުނީ ވަރަށް ބޮޑު ހައިރާންކަމެކެވެ. އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ އަހަރެންނަށެވެ. މަންމަ އާއި ބައްޕަވެސް އިސްލާމް ދީނަށް ވަދެ ތިބުމުންނެވެ. މިހާރު އަހަރެންނަކީ ދުނިޔޭގައި ހުރި އެންމެ އުފާވެރި އަންހެނާކަމަށް ބުނަން އެއްވެސް ޖެހިލުމެއް ނެތެވެ.

"ދަރިފުޅާއެވެ. ނަޖިސްކަން ބްލީޗުން ފެންވަރައިގެން ދޮވެލި ގޮތަށް ދަރިފުލުގެ ހިތްވެސް އިލާހީ ނޫރުން ދޮވެވިގެން ދިއައިދޯއެވެ! މަންމަމެން ބްލީޗުން ފެނެއް ނުވަރަމެވެ. ނަަމަވެސް މިތިބީ ހިނައި ޠާހިރުވެގެންނެވެ. ހަފްސްތައް ޠާހިރުކޮށްގެންނެވެ. އަވަހަށް އުމުރާއަކަށް އެންމެން އކުގައި ދަމާ ހިނގާށެވެ!" މަންމަގެ މިބަސްތަކާއި ބައްޕަގެ މޫނުމަތިން ފެނުނު އުފާވެރިކަން ދުވަހަކުވެސް ހަނދާނަކުން ނުދާނެއެވެ.

ހަމައެކަނި ބުނެލަން އޮތީ ޝުކުރު އަލްޙަމްދުލިﷲއެވެ.
(އަނާތީ ނިބްބަތްވަނީ އިނގިރޭސިވިލާތަށެވެ.)

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







ހުސެން 2017-07-02 11:45:05

މާޟާ ﷲ


އަބްދުއްލަތީފް