އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެ އާއި ބަންގްލަދޭޝް އާ ދެމެދު "ޑަބަލް ޓެކްސް އެވޮއިޑަންސް" އެގްރިމަންޓްގެ މަޝްވަރާތައް ފަށައިފި

ރާއްޖެ އާއި ބަންގްލަދޭޝް އާ ދެމެދު "ޑަބަލް ޓެކްސް އެވޮއިޑަންސް" އެގްރިމަންޓްގެ މަޝްވަރާތައް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 48 ސިކުންތު

ދިވެހި ސަރުކާރުން އިސްނަގައިގެން ރާއްޖެ އާއި ބަންގްލަދޭޝް އާ ދެމެދު "ޑަބަލް ޓެކްސް އެވޮއިޑެންސް" އެއްބަސްވުމެއް އެކުލަވާލުމާބެހޭ މަޝްވަރާތަކުގެ ފުރަތަމަބުރު މިއަދު މާލޭގައި ފަށައިފިއެވެ.

މި މަހުގެ 3 އިން 6 އަށް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ މި މަޝްވަރާތަކުގައި ރާއްޖެ ތަމްސީލު ކުރަނީ މީރާ އިންނެވެ. ރާއްޖޭގެ ވަފުދުގެ ވެރިއަކީ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންހަސަން ޒަރީރެވެ.

ބަންގްލަދޭޝް ތަމްސީލު ކުރަނީ އެ ޤައުމުގެ ނެޝަނަލް ބޯޑު އޮފް ރެވެނިއު އިންނެވެ. އެ ވަފުދުގެ ވެރިއަކީ ޗެއަރމަން އަދި ސީނިއަރ ސެކްރެޓަރީ އިންޓަރނަލް ރިސޯސަސް ޑިވިޜަން، މުޙައްމަދު ނަޖީބުއްރަހްމާން އެވެ.

"ޑަބަލް ޓެކްސް އެވޮއިޑަންސް" އެއްބަސްވުމެއް އެކުލަވާލެވުމުން، ދެ ޤައުމުގެ ވިޔަފާރިތަކުގެ މެދުގައި ކުރެވޭ މުޢާމަލާތްތަކުން އެއްއާމްދަނީއަކުން ދެ ފަހަރަށް ޓެކްސް ކުރުން ހުއްޓުމަކަށް ގެނެވި، ދެ ޤައުމުގެ މެދުގައި ޓެކުހާގުޅޭ މަޢުލޫމާތުތައް ބަދަލުކުރުމަށް މަގު ފަހިވެގެންދާނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް