އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައިވެނިތައް ރޫޅެނީ ހިތުން ލޯބިނުވެ ލޯބިވަމޭ ބުނާތީ: މުފްތީ މެންކް

ކައިވެނިތައް ރޫޅެނީ ހިތުން ލޯބިނުވެ ލޯބިވަމޭ ބުނާތީ: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު

ލޯތްބަކީ ދުލުން ބުނާ ބަހެއް ނޫން ކަމަށާއި ލޯތްބަކީ ހިތުންވާ ކަމެއް ކަމަށާއި ހިތުން ލޯބިވުމަކީ މަތިވެރި ޤްރްބާނީއެއް ކަމަށް މަޝްހޫރު ދީނީ ޢިލްމްވެރިޔާ މުފްތީ އިސްމާޢީލް މެންކް ވިދާޅުވެއްޖެއެވެ.

މުފްތީ މެންކް ވިދާޅުވީ ވަރަށް ލޯބިވާކަމަށް ބުނެ އެކުގައި ދުވަސްތައް ހޭދަކުރުމަށްފަހު ކުރާ ކައިވެނިތައްވެސް ވަރަށް އަވަހަށް ރޫޅިގެންދާ ކަމަށާއި ރޫޅިގެންދަނީ ދުނިޔަވީ ސަބަބުތަކަށްޓަކައި ކަމަށެވެ. ކުރިން އުޅުނު ފަދަ އުފަކުގައި ރޭގަނޑާއި ހަވީރުގެ ވަގުތުތައް ހޭދަ ނުކުރެވޭތީ ކަމަށެވެ.

"އިއްޔެ ބުނަމުން އައީ ކަލޭދެކެ ވަރަށް ލޯބިވާކަމަށް. ރީތި އެހެން މީހަކު ފެންނައިރަށް އެމީހާ ކައިރީވެސް ބުނަނީ ވަރަށް ލޯބިވާ ކަމަށް. ހަމަ ކުއްލިއަކަށް ލޯބި އެބަދަލުވަނީ. އެއީ ހަޤީޤީ ލޯތްބެއް ނޫން."

މުފްތީ މެންކް ވިދާޅުވީ ހަޤީޤީ ލޯތްބަކީ ޤްރްބާނީ ކަމަށެވެ. ޙަޤީޤީ ލޯބިވާނަމަ ދުނިޔަވީ ކަންކަމުގައި ކުރިމަތިވާ ދަތިތަކަށް ކެތްތެރިވާނެ ކަމަށެވެ. އެއީ ތަކްލީފެއް ކަމަށް ނުދެކޭނެ ކަމަށެވެ.

މުފްތީ މެންކް ވިދާޅުވީ މީހުން ކައިވެނިކުރާ ސަބަބުތައް ވަރަށް ގިނަ ކަމަށާއި އެއިގެ ތެރޭގައި މުއްސަނދިކަމާއި ސިފަ އާއި އެނޫންވެސް ސަބަބުތައް ހިމެނޭއިރު ދީނަކީވެސް އެއް ސަބަބުކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވާ ކަމަށެވެ. "އަދި ޙަދީޘްފުޅު ކުރައްވަވާފައިވަނީ އެންމެ ރަނގަޅު ކައިވެންޏަކީ އެންމެ ފަހު ސަބަބަށް (ދީނަށް) ޓަކައި ކުރެވޭ ކައިވެނި ކަމަށް." ކަމަށްވެސް މުފްތީ މެންކް ވިދާޅުވިއެވެ.

މުއްސަނދިކަމަށްޓަކައި ނުވަތަ ފައިސާގެ ބޭނުމުގައި ކައިވެނި ނުކުރުމަށްވެސް މުފްތީ މެންކް ވަނީ ގޮވާލައްވައިފައެވެ.

މުފްތީ މެންކް ވިދާޅުވީ މުއްސަނދިކަމަކީ އަބަދު ނުވަތަ ދާއިމަށް އޮންނާނެ އެއްޗެއް ނޫން ކަމަށާއި މުއްސަނދިކަމަކީ ތިމާމެންނާއި އަބަދުވެސް ވަކިވެގެންދާނެ އެއްޗެއް ކަމަށެވެ. މުއްސަނދިކަމަށް ދަހިވެތިވެގެން ކުރެވޭ ކައިވެނިތަކަކީ އެކަން ގެއްލިގެން ދިއުމުން ރޫޅޭނެ ކައިވެނިތަކެއް ކަމަށެވެ.

މުއްސަނދިކަން ލިބިފައިވާނަމަ ވީހައި ގިނައިން މާތް ﷲ ގެ މަގުގައި ހޭދަކުރުމަށްވެސް މުފްތީ މެންކް ވަނީ ގޮވާލައްވައިފައެވެ. "މިއީ އެންމެންވެސް އިންތިހާއަށް ފައިސާއަށް ބޭނުންވެފައިވާ ޒަމާނެއް. މީހުން މަރުވުމުން މިކަން ވަރަށް ރަނގަޅަށް އެނގިގެންދޭ. މީހަކު 500 ޑޮލަރު ދޫކޮށްފައި ަމަރުވެއްޖެނަމަ އެއާއި އަޅައިލާނެ މީހަކު ނުވޭ. ނަމަވެސް 500 މިލިއަން ޑޮލަރު ދޫކޮށްފައި މަރުވެއްޖެނަމަ ކިހިނެއްތޯ ވަނީ؟ ޑީއެންއޭ ހަދައިގެންވެސް ވާރުތަވެރިއަކަށް ވެވޭތޯ އެބަބަލާ. ސުބްޙާނަﷲ!"

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް