އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުނި ނައްތާލުމުގައި އެންމެބޮޑު އެއްގޮންޖެހުމަކީ ކުނިމެނޭޖުކުރުމުގެ ނިޒާމެއް ޕްލޭންކޮށް އެކުލަވާލުން: މިނިސްޓްރީ

ކުނި ނައްތާލުމުގައި އެންމެބޮޑު އެއްގޮންޖެހުމަކީ ކުނިމެނޭޖުކުރުމުގެ ނިޒާމެއް ޕްލޭންކޮށް އެކުލަވާލުން: މިނިސްޓްރީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 30 ސިކުންތު

ކުނިނައްތާލުމުގައި އެންމެބޮޑު އެއްގޮންޖެހުމަކީ ގްރޭޓަރ މާލެ ރީޖަންގެ ކުނިމެނޭޖުކުރުމުގެ ނިޒާމެއް ޕްލޭންކޮށް އެކުލަވާލުންކަމަށް އެންވަޔަރްމެންޓް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މާލޭސަރަޙައްދުގެ ކުނީގެ މައްސަލައަށް އަވަސްޙައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އިސްކަމެއްދެއްވައިގެން އެކަން ހައްލުކުރެވޭނެ ގޮތްތަކެއް ހޯއްދެވުމަށްވަނީ މަޝްވަރާކުރައްވާފައި ކަމަށެވެ.

އެގޮތުން ތިލަފުށީގައި މިހާރު ކުރިއަށްގެންދާ އުޞޫލުން ނުރައްކާތެރި ގޮތުގައި ކުނިއެންދުމުގެ މަސައްކަތް ވީއެންމެ އަވަހަކަށް ހުއްޓާލުމަށް އެތަނުގައި 20 ޓަނުގެ އިންސިނެރޭޓަރެއް މިހާރުންމިހާރަށް ޤާއިމުކޮށް އެސިސްޓަމް ބޭނުންކޮށްގެން މިވަގުތަށް ކުނިމެނޭޖްކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް ބުންޏެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް