އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިފަދަ ދެމަފިރިއަކު ދުށިންތަ؟

މިފަދަ ދެމަފިރިއަކު ދުށިންތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

ދެމަފިރިއަކު ލޯބިން އެކުއެކީގައި އުޅޭތަން ފެނުމަކީ ވަރަށްވެސް އުފާވެރި އަދި އެހާމެ ހިތްހަމަ ޖެހޭ މަންޒަރެކެވެ. ޕާކިސްތާނުގެ މިދެމަފިރިންވެސް ފެންނަނީ ހަމަ އެހާމެ ލޯބިން އަދި އެހާމެ އުފަލުގައި އުޅޭތަނެވެ.

ނަމަވެސް މިދެމަފިރިންނާއި އެހެން މީހުުންނާއި ވަރަށް ތަފާތެވެ. ތަފާތުވާ އެންމެ ބޮޑު ސަބަބަކީ ދެމީހުންނަކީވެސް އެކަކު އަނެކަކަށް އެހީތެރިކަން ބޭނުންވެފައިވާ ދެމީހުންނަށް ވުމެވެ.

އުމުރުން 29 އަހަރުގެ ފާތިމާ އާއި 30 އަހަރުގެ އަޙުމަދަކީ ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަމާއި ކުރިމަތިލާން ޖެހިފައިވާ ދެމީހުން ކަމުގައިވީ ނަމަވެސް، ނަފްސާނީ ގޮތުން ވަރަށްވެސް ހިތްވަރުގަދަ ދެމަފިރިންނެވެ.



ފާތިމާގެ ދެއަތް ސަލާމަތުން ހުރި ކަމުގައި ވިޔަސް، ދެފައިން ނުހިނގެއެވެ. އަހުމަދުގެ ދެފައި ސަލާމަތުން ހުރިކަމުގައިވީ ނަމަވެސް ދެއަތެއް ނެތެވެ. އެހެންކަމުން މިދެމަފިރިން ދިރިއުޅެނީ އެކަކު އަނެކަކަށް އެހީތެރިވެދީގެންނެވެ. ނެތް ގުނަވަންތައް އެކަކު އަނެކަކަށް ދީގެންނެވެ. އަހުމަދު ކަނީ ފާތިމާގެ އަތުންނެވެ. އަދި ފާތިމާ އަށް ގޭތެރޭ ކަންތައްތަކުގައި އަޙުމަދު އެހީތެރިވެދެއެވެ.

އެހެން ދެމަފިރިން ފަދައިން މިދެމަފިރިންގެ މެދުގައިވެސް މައްސަލަތަށް ޖެހެއެވެ. ނަމަވެސް އެކަކު އަނެކަކަށް އެހީތެރިވެދިނުމުގެ ސަބަބުން އެފަދަ މައްސަލަތައް ހައްލުނުވެއެއް ނޯވެއެެެވެ. އެދެމަފިރިން ބުނި ގޮތުގައި، ކަމެއް ދިމާވުމުން ނުވަތަ ދަތި އުނދަގޫ ކަމަކާއި ކުރިމަތިވުމުން، އެކަކު އަނެކަކާއި ވަކިވުމަކީ ހައްލެއް ނޫނެވެ. އަދި އެއީ އެކަމުގެ ފަސޭހަ ގޮތެއް ވެސް ނޫނެވެ. އެމީހުން ބުނި ގޮތުގައި، ދިރިއުޅުން އުނދަގޫވާނީ އެކަކު އަނެކަކާއި ވަކިވެއްޖެ ނަމައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ