އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައްޑޫސިޓީގައި ހަދާ މަސްފެކްޓްރީ މިއަހަރު ނިމުމުގެ ކުރިން ހުޅުވޭތޯ އަންނަނީ ބަލަމުން: އަދުލީ

އައްޑޫސިޓީގައި ހަދާ މަސްފެކްޓްރީ މިއަހަރު ނިމުމުގެ ކުރިން ހުޅުވޭތޯ އަންނަނީ ބަލަމުން: އަދުލީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

އައްޑޫސިޓީގައި ހަދާ މަސްފެކްޓްރީގެ މަސައްކަތް ނިންމާ މިއަހަރު ނިމުމުގެ ކުރިން ހުޅުވޭތޯ ބަލަމުން އަންނަ ކަމަށް މިފްކޯގެ ސީއީއޯ އަދުލީ އިސްމާޢިލް ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ އެކިއެކި ސަބަބުތަކާހުރެ އެމަސައްކަތަށް ފުދޭވަރަކަށްދުވަސް ވެއްޖެކަމަށާއި އެހެންދިމާވީ ތަފާތުއެކި ސަބަބުތައް މެދުވެރިވެގެން ކަމަށެވެ. އެގޮތުން އެ ފެކްޓްރީ ހަދަން އޮތްތަން ނޫން އެހެންތަނަކަށް ބަދަލުކުރަން ޖެހުންވެސް ހިމެނޭ ކަމަށް އަދުލީ ވިދާޅުވިއެވެ. އަދި ލެވެލިންގ މައްސަލައެއް ދިމާވެގެންވެސް މަސައްކަތް ހުއްޓާލަން ޖެހުނުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް މިހާރު އެމަސައްކަތް އަލުން ފަށައިގެން ކުރިއަށްދާ ކަމަށާއި މިޙާރު ކުރިއަށްދަނީ އެތެރޭގެ މަސައްކަތްތައް ކަމަށް އަދުލީ ވިދާޅުވިއެވެ. އަދި ޖެނެރޭޓަރތަކާއި އައިސްޕްލާންޓުތައްވެސް ނިމިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އައްޑޫސިޓީގައި ހަދާ އައިސްޕްލާންޓަކީ ނުވަތަ ފެކްޓްރީއަކީ 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖު ޕްލާންޓެއް ކަމަށާއި ދުވާލަކު 100 ޓަނުގެ މަސް ގަނެވޭނެ ކަމަށާއި ދުވާލަކު 100 ޓަނުގެ އައިސް ވިއްކޭނެ ކަމަށް އަދުލީ ވިދާޅުވިއެވެ. އަދި މަސްވެރިންގެ މެރީނާއެއްވެސް އެތަނުގައި ހުންނާނެ ކަމަށް މިފްކޯގެ ސީއީއޯ އަދުލީ އިސްމާޢިލް ވިދާޅުވިއެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް