އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤާސިމުގެ މައްޗަށް ކުރަނީ އެއްވެސް އަސާސެއް އޮތް ދައުވާއެއް ނޫން: ޒާމިރު

ޤާސިމުގެ މައްޗަށް ކުރަނީ އެއްވެސް އަސާސެއް އޮތް ދައުވާއެއް ނޫން: ޒާމިރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

ޖުމްހޫރީ ޕާާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ 3 ދައުވާއަކީވެސް އެއްވެސް އަސާސެއްގެ މައްޗަށް ކޮށްފައިވާ ދައުވާތަކެއް ނޫންކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު ޙަސަން ޒާމިރު ވިދާޅުވެއްޖެއެވެ.

ޙަސަން ޒާމިރު ވިދާޅުވީ ފުލުހުން ޤާސިމް އިބްރާހީމް ބަންދުކުރީ އެއްވެސް ކުށެއް ކުރައްވައިގެން ނޫންކަން ހައިކޯޓާއި ކްރިމިނަލް ކޯޓުން މީގެ ކުރިން ކޮށްފައިވާ ޙުކުމްތަކުން ސާބިތުވާ ކަމަށެވެ.

ހަސަން ޒާމިރު ވިދާޅުވީ ޤާސިމް އިބްރާހީމް ކުށްވެރި ކުރުވޭނެ އެއްވެސް ކަމެއް އެމަނިކުފާނު ކުރައްވަވާފައި ނުވާކަމަށެވެ. އަދި އެކަމަކީ ފައުޅުކަން ބޮޑު ގޮތެއްގައި އެނގޭ ކަމެއް ކަމަށެވެ. އަދި ޤާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން ކުރާ ތުހުމަތުތައް ސާބިތު ކުރެވޭނެ އެއްވެސް ހެއްކެއް ނެތްކަން ޒާމިރު ވަނީ ފާހަގަކުރައްވައިފައެވެ.

މާރިޗް މަހުގެ 26 ވަނަ ދުވަހުގެ ރޭ އިދިކޮޅު ކޯލިޝަނުން މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ޤާސިމް އިބްރާހީމް އެދިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް އިންތިޚާބުވި މެންބަރުންގެ ތެރެއިން އެ ޕާޓީ ދޫކޮށް އެހެން ޕާޓީތަކާއި ގުޅިފައިވާ މެންބަރުން އެނބުރި ޖުމްހޫރީ ޕާޓީ އާއި ގުޅުމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ނިންމުންތަކާއި އެއްގޮތަށް މަޖިލީހުގައި މަސައްކަތްކުރާ މެންބަރުން އިތުރު ދައުރަކަށް އިންތިޚާބުވުމަށް ކޮށްދެއްވެން ހުރި ކަމެއް ކޮށްދެއްވާނެ ކަމަށެވެ.

މިމޭރުމުން ސިޔާސީ އެހެން ޕާޓީތަކުގެ ލީޑަރުންވެސް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް