އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަރުކާރުގެ މަޝްރޫއުތައް ނިމުމުން ރައްޔިތުން އުފަލުން އުދުހޭނެ!

ސަރުކާރުގެ މަޝްރޫއުތައް ނިމުމުން ރައްޔިތުން އުފަލުން އުދުހޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

ސަރުކާރުން މިހާރު ކުރިއަށް ގެންދާ މަޝްރޫއުތައް ނިމުމުން ދިވެހިން އުދުހޭނެއެވެ. އެންމެ އުފަލުގައި ދުނިޔޭގައި އުޅޭނެ ބައަކީ ދިވެހިންނެވެ.

ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ވިދާޅުވީ 40،000 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްތަތްތައް ތަފާތު ފޭސްތަކުގައި ކުރިއަށް ގެންދެވޭ ކަމަށެވެ. ރާއްޖޭގެ އާބާދީގައި އަދި 400،000 ހަމައެއް ނުވެއެވެ. އެހެންކަމުން މިހާރު މީހުން ދިރިއުޅޭ ގެތަކާއި ފްލެޓްތައް އުނިކޮށް މި ފްލެޓްތައް ބަހައިފިނަމަ ކޮންމެ 4 މީހަކަށް ފްލެޓެއް ލިބޭވަރުވާނެއެވެ. އެއިރުން ގެދޮރު އެޅުމުގެ ހުރިހާ މައްސަލަތަކެއް ހައްލުކުރެވިގެންދާނެއެވެ. އެތައް ހާސް ފްލެޓެއް އިތުރުވެ ފަތުރުވެރިންނަށްވެސް ފުރުޞަތު ލިބިގެންދާނެއެވެ.

ގެދޮރު ލިބުމުން ރައްޔިތުންނަށް އެންމެ ބޭނުންވާނީ ވަޒީފާގެ ފުރުޞަތެވެ. މިސަރުކާރުން މިހާރުވެސް ވަނީ 64،000 ވަޒީފާ އުފައްދައިދީފައެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ސައިމަން އިއްޔެ ވިދާޅުވީ ހުޅުމާލޭ ދެވަނަ ފޭސްގައި ކުރިއަށް ގެންދާ މަޝްރޫއުތައް ނިމި ކަންކަން ކުރިއަށް ދާން ފަށާއިރު 100،000 ވަޒީފާ ހަމަޖެހިގެންދާނެ ކަމަށެވެ. އެހެންކަމުން މިހާރުވެސް މިވަނީ 164،000 ވަޒީފާ ކަށަވަރު ކުރެވި ނިމިފައެވެ.

ރާއްޖޭގެ އާބާދީއަކީ 400،000 ކަމަށް ބަލައި އެއިގެ ތެރެއިން މުސްކުޅިންނާއި ކުޑަކުދިން އުނިކޮށް ހިސާބު ހަދައިފިނަމަ މި ވަޒީފާތައް އުފެދުމުން މަހަށްދާނެ ބައަކު ނެތުމަކީވެސް އެކަށީގެންވާ ކަމެކެވެ. ޔަޤީންވާ ކަމަކީ މަސްވެރިކަން ނޫން މަސައްކަތްކުރަން ބޭނުންވާ އެންމެންނަށް ވަޒީފާ ލިބޭނެ ކަމެވެ.

މަސްވެރިކަމަކީ ރާއްޖޭގެ އެންމެ މުހިންމު ސިނާއަތްކަމަށްވުމުން މަސްވެރިކަން އުވިގެން ދިއަ ނުދެއްވާނެކަމާއި މަސްވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ޔާމީން ވަނީ ދެއްވައިފައެވެެ.

މިކަންކަމުން އެނިގެންދަނީ މި ސަރުކާރުގެ މަޝްރޫއުތައް ނިމިގެންދާއިރު ދިވެހިންނަށްވުރެ އުފަލުގައި ދުނިޔޭގައި އުޅޭނެ ބައަކު ނުތިބޭނެކަމާއި އަދި ދިވެހިންނަށްވުރެ ތަނަވަހުގައި އުޅޭނެ ބައަކުވެސް ނުތިބޭނެކަން ކަމުގައި މިކަންކަމުން އެނގިގެންދެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް