އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެންބަރު ފަލާޙަށް 32 މިލިއަން ރުފިޔާ ހުށަހެޅި މައްސަލަ ނިމޭނެބާ؟ ހުރިހާ ބަދުނާމެއް ސަރުކާރަށް!

މެންބަރު ފަލާޙަށް 32 މިލިއަން ރުފިޔާ ހުށަހެޅި މައްސަލަ ނިމޭނެބާ؟ ހުރިހާ ބަދުނާމެއް ސަރުކާރަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 58 ސިކުންތު

އެންޓި ކޮޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހަށް ރިޝްވަތުގެ ގޮތުގައި 32 މިލިއަން ރުފިޔާ ދޭން އުޅުނުކަމަށް، އޭނާއަށް ހުށަހެޅިކަމަށް އޭނާ ބުނާ މައްސަލަ ބަލަމުން ގެންދާ ކަމަށެވެ. އަދި މައްސަލަ ބަލަނީ އެކޮމިޝަނުން އިސްނަގައިގެން ކަމަށެވެ.

ރައްޔިތުނގެ މަޖިލީހުގެ މެންބަރަކު ރިޝްވަތުގެ ފައިސާ ގޯނިގޯނީގައި ބެހިކަމަށް އަމިއްލައަށް ބުނި މައްސަލަ އެކޮމިޝަނުން ބަލަމުން ގެންދާކަމަށް ބުނިތާ މިހާރު އަހަރަކަށްވުރެ ގިނަވީއެވެ. އެ މައްސަލައަށް ވީގޮތެއް އެކޮމިޝަނުން ޢާންމުކުރިކަން އަދި މިހައިތަނަށް އެނގިފައެއް ނެތެވެ. އެ މައްސަލަ ފުލުހުން ނުބެލީ އޭސީސީ އިން ބަލަމުން ގެންދާތީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެހެންކަމުން ފަލާހަށް ރިޝްވަތު ހުށަހެޅި މައްސަލަ ބަލައި ނިމޭނީ ކިތައް އަހަރުން ކަމާއިމެދު ގިނަ ބައަކު ދަނީ ސުވާލުކުރަމުންނެވެ. މިއީ މި މައްސަލަ ވެސް ފުލުހުން ބެލުމަށް ހުރަސް އެޅުމަށް ބުނި ބަހެއް ކަމާއިމެދު ސުވާލު އުފެދެއެވެ.

މިފަދަ ކަންބޮޑުވުންތައް ރައްޔިތުންނަށް ކުރިމަތިވަނީ އޭސީސީ އިން އަމަލުކުރަމުން ގެންދާ ގޮތުންނެވެ. މިސާލަކަށް މެންބަރު ފައިސާ ބެހިކަމަށް ބުނި ބުނުމަކީ ހަޤީޤަތަކަށް ނުވުމުގެ ފުރުޞަތު އެބައޮތެވެ. މަޖިލީހުގައި އެއިރު ދެކެވެމުން ދިއަ ވާހަކަތަކާއި ގުޅިގެން ދެއްކި ޖަޒުބާތީ ވާހަކައަކަށް ވުމުގެ ފުރުޞަތު ހަމަ އެހައި ބޮޑެވެ.

އެހެންކަމާއިއެކުވެސް އެކަމުގައި އޭސީސީ އިން ވަކި ނިންމުމެއް ނުނިންމައި ލަސްކުރުމުން ނުވަތަ ނިންމި ގޮތް އިއުލާނު ނުކުރާތީ ރައްޔިތުންގެ ގިނަ ބައަކު ދަނީ ސަރުކާރަށް އިނގިލި ދިއްކުރަމުންނެވެ. ސަރުކާރަށް ތުހުމަތުތައް ކުރަމުންނެވެ.

ްރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ދިދާޅުވެފައިވަނީ އެއްވެސް މުއައްސަސާއަކުން ބަލަންޖެހޭ، ބަލަން ބޭނުންވާ އެއްވެސް އެއްވެސް ކަމަކަށް ހުރަސް ނުއަޅުއްވާނެ ކަމަށެވެ. މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތެރެއިން ބަލަންޖެހޭ މައްސަލައެއް ނަމަ އެ މައްސަލައެއް ބެލުމަށް އެ އޮފީހުގެ ދޮރުތައް ވަނީ އަބަދުވެސް ހުޅުވާލެވިފައި ކަމަށެވެ. އަދި އެފަދަ ތަޙްޤީޤަކަށް އެމަނިކުފާނުގެ ހުއްދައެއް ވެސް ބޭނުން ނުވާނެ ކަމަށެވެ.

މިކަންކަމުން އެނގިގެންދަނީ މިނިވަން މުއައްސަސާއަކުން ބަލަން ބޭނުންވާ އެއްވެސް މައްސަލައަކަށް ސަރުކާރުން ހުރަސް ނުއަޅާނެ ކަމާއި ފުރިހަމަ އެއްބާރުލުން ދޭނެ ކަމެވެ.

ސަރުކާރުގެ އިސް ބޭފުޅަކު ރޭ ވިދާޅުވީ އޭސީސީ އަށް ހުށަހަޅާފައިވާ އަދި އެކޮމިޝަނުން ބަލަމުން ގެންދާ މައްސަލަތައް ވީހައި އަވަހަކަށް ބަލައި ނިންމުމަށް އެދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކޮމިޝަނަށް ސިޓީ ފޮނުވާފައިވާކަމުގެ މައުލޫމާތު ވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ. "އެންމެ ގިނަ ބައަކު ކަންބޮޑުވަނީ އެމްއެމްޕީއާރުސީގެ މައްސަލަ ލަސްވާތީ ނޫންތޯ؟ އެ މައްސަލަވެސް އަވަސްކޮށްދިނުމަށް އެދި ސިޓީ ފޮނުވިކަން އަޅުގަނޑަށް އެނގިފައިވަނީ."

ދެން އޮތީ ރައްޔިތުންގެ އެންމެ ގިނަ ބައަކު ދެވަނައަށް އެންމެ ބޮޑަށް ކަންބޮޑުވާ މައްސަލައެވެ. އެއީ ރައީސް މައުމޫނުގެ މައްސަލަތައް ބެލުމުގެ ސްޕީޑް ކުއްލި ގޮތަކަށް އޭސީސީ އިން ބާރުކޮށްފައިވާކަމަށް ބެލެވޭ މައްސަލައެވެ.

މި މައްސަލަތައް ބަލަމުން އެގެންދަނީ 2007 ވަނަ އަހަރާއި 2008 ވަނަ އަހަރު އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓްތަކުގެ މައްޗަށް ކަމަށްވާނަމަ އެ ރިޕޯޓްތަކަށް 10 އަަހަރުވީއެވެ.

އެއް ބައަކު ބުނަނީ ސަރުކާރާއި ރައީސް މައުމޫނާއިމެދު މައްސަލަތަކެއް އުފެދުނު ވަގުތު އެކަންކަން ބެލުން މެކުހަށް ޖެހުމުން ސަރުކާރުން ކުރުވާ ކަމެއްގެ ގޮތުގައި ފާހަގަކުރަންޖެހެނީ 10 އަހަރުވެފައިވާ މައްސަލަތަކެއް ބަލަން ފެށުމުން ކަމަށެވެ.

"އޭސީސީ އަށް ބަހަނާ ދެއްކިދާނެ. ސަބަބުތައްވެސް ހާމަކުރެވިދާނެ. ރައީސް ނަޝީދު ރިޔާސީ ކޮމިޝަނެއް ހަދައި އެ މައްސަލަ ބެލިތީ ކަމަށް ބުނެވިދާނެ. ނަމަވެސް އެ މައްސަލަތައް ބެލުން އެއިރުވެސް އޭސީސީއަށް ރައީސް ނަޝީދުގެ ސަރުކާރުން މަނާކުރިކަމަށް އޭސީސީސީ އިން ބުނެފައެއް ނެތް. ބައަކު މައްސަލައެއް ބެލުމަކީ ދައުލަތުގެ މުއައްސަސާއަކުން ބަލަންޖެހޭ މައްސަލައެއް ނުބަލައި އަތްއުރާލައިގެން ތިބެންޖެހޭނެ ސަބަބެއް ނޫން." ކަމަށް ގިނަ ބައަކު ބުނެއެވެ.

ދައުލަތުގެ އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ރިޕޯޓުތަކުގައި ހިމެނޭ މައްސަލަތައް ބަލައި ސަރުކާރުގެ ކަމާއިބެހޭ މުއައްސަސާތަކުން އަޅަންޖެހޭ ފިޔަވަޅުތައް މިހައިތަނަށްވެސް އޅާފައި ނުވުމަކީ ސަރުކާރަށް މިއަދުވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. އެފިޔަވަޅުތައް އަޅާފައިވާނަމަ ތިމާއަކީ އެއްވެސް ކުށެއް ނެތް މައުޞޫމް މީހެއްކަމަށް ރައްޔިތުންގެ ކުރިމަތީގައި ބުނަމުން ގެންދާ ގިނަ ބައަކަށް އެފުރުޞަތު ނުއޮތީސްކަން ގިނަ ބައަކު ފާހަގަކުރެއެވެ.

ޓޫޓީ އިންޖީނުތައް ބޭނުންކުރުން ދިވެހިން ވަނީ ހުއްޓާލައިފައެވެ. ޔަންމާ ކުންފުނިން ވަނީ އެ މޮޑެލްގެ އިންޖީނު އުފެއްދުންވެސް ހުއްޓާލައިފައެވެ. އެކަމާއި ގުޅިގެން ރާއްޖޭގެ ޔަންމާ އެޖެންޓު އެމްޓީސީސީ އިން ވަނީ ޔަންމާރ ކުންފުންޏާއި ގުޅިގެން ރާއްޖެއަށް މިހާރު ބޭނުންވާ ޚާއްޞަ މޮޑެލްއެއް އުފައްދައި ބާޒާރަށް ތަޢާރަފްކޮށްފައެވެ.

އެމްޓީސީސީ އިން އަމަލުކުރިގޮތް ނަކަލުކުރަން ސަރުކާރަށް މިހާރު ޖެހިފައިވާކަން ގިނަބައަކު ފާހަގަކުރެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް







ތިމަންނަ 2017-07-20 17:03:08

ނުބެލޭނެ މައްސަލަ އާއި , ބެލިގެން ނުވާނެ މައްސަލަަ އަދި ބަލަ ބަލާ އަބަދު ތިބެންޖެހޭ މައްސަލަ ހުރެއެވެ.


އަބްދުއްލަތީފް