އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލ. މުންޑޫ ސްކޫލްގެ ދަރިވަރުންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ސެސަނެއް ކުރިއަށް ގެންގޮސްފި

ލ. މުންޑޫ ސްކޫލްގެ ދަރިވަރުންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ސެސަނެއް ކުރިއަށް ގެންގޮސްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 45 ސިކުންތު

ލ. މުންޑޫ ސްކޫލްގެ ދަރިވަރުންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި ހިނގާ ޖުލައި މަހުގެ 17 ވަނަ ދުވަހު ކުރިޔަށް ގެންދިޔަ މިސެޝަނުގައި މުންޑޫ ސުކޫލުގެ ގްރޭޑް 1،2 އަދި 3 ގެ ދަރިވަރުންނަށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުގައިވާ މުހިންމު ބައިތަކާބެހޭގޮތުން މައުލޫމާތުދީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން މަގުމަތީގައި ހިނގާބިނގާވެ އުޅޭއިރު ސަމާލުކަން ދޭންޖެހޭ ކަންކަމާއި މަގުމަތީގައި ނުރައްކާތެރި ހާދިސާއެއް ހިނގައިފިނަމަ ދަރިވަރުންގެ ފެންވަރުގައި ކުރެވޭނެ ކަންކަމާއި މުންޑޫގެ މަގުތަކަކީ އެންމެންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް ކުރެވޭނެ ކަންކަމާބެހޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދީފައިވެއެވެ.
މިޝެޝަނުގައި މައުލޫމާތު ދީފައިވަނީ ލ.ގަން ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ތަޖުރިބާހުރި ފުލުހުންނެވެ.

ހަބަރު ޕޮލިސް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު