އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކ.އަތޮޅުގައި ހިންގި 3 އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ކ.އަތޮޅުގައި ހިންގި 3 އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 22 ސިކުންތު

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރުމުންދާ މަސައްކަތުގެ ތެރެއިން ކ.އަތޮޅުގައި ހިންގި 3 އޮޕްރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 21 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ ފިރިހެނެއްގެ އިތުރުން 40 އަހަރުގެ އަންހެނެކެވެ. މި ތިންމީހުންނަކީވެސް ދިވެހިންނެވެ.

މި ތިން މީހުންގެ ތެރެއިން 21 އަހަރުގެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ގުރައިދޫ ކައިރީގައި އޮންނަ ރިސޯޓަކަށް ދަތުރުކުރާ ލޯންޗަކުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކ.ގުރައިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މި ޖުލައި މަހުގެ 13 ވަނަ ދުވަހުގެރޭ 23:15 ހާއިރު އެރިސޯޓުގެ ޖެޓީއަށް ލޯންޗް ކައިރިކުރި ވަގުތުއެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާގެއަތުގައި އޮތް ދަބަހެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމް ހުސްކުރި ދަޅެއް ފެނިފައިވެއެވެ.

31 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މާލެއިން ފުރައިގެން ކާށިދޫއަށް ދަތުރުކުރާ ދޯންޏަކުން ކާށިދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކ.ކާށިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މި ޖުލައި މަހުގެ 14 ވަނަ ދުވަހުގެ 07:28 ހާއިރު ކާށިދޫ ބަނދަރުމަތިންނެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާ ލައިގެންހުރި ޖިންސްގެ ވާތްފަރާތު ކުރިމަތީ ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 2 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މީގެ އިތުރުން 40 އަހަރުގެ އަންހެންމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މާލެއިން ފުރައިގެން މާފުއްޓަށް ދަތުރުކުރި ފެރީއަކުން މާފުށި ޖަލަށް މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި މި ޖުލައި މަހުގެ 13 ވަނަ ދުވަހުގެ 16:45 ހާއިރު މާފުށި ބަނދަރުމަތިންނެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާގެ ގޮނޑުގައި އަޅުވާފައިވާ އަތްދަބަސް ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 2 ރަބަރު ކޮތަޅު ފެނިފައިވެއެވެ.

މި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 3 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް މުއްދަތު ދީފައިވެއެވެ.'

އެގޮތުން 21 އަހަރުގެ މީހާއަށް ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުން 10 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. އަދި 31 އަހަރުގެ މީހާއަށް ކ.ކާށިދޫ މެޖިސްޓްރޭޓް ކޯޓުން 12ދުވަހުގެ މުއްދަތެއް ދީފައިވާއިރު 40 އަހަރުގެ އަންހެންމީހާއަށް މާފުށި މެޖިސްޓްރޭޓް ކޯޓުން 10 ދުވަހުގެ މުއްދަތެއް ދީފައިވެއެެވެ.

މި މައްސަލަތައް ކ.ގުރައިދޫ ޕޮލިސް ސްޓޭޝަނާއި ކ.ކާށިދޫ ޕޮލިސް ސްޓޭޝަން އަދި ކ.މާފުށި ޕޮލިސް ސްޓޭޝަނުންދަނީ ތަޙްޤީޤް ކުރަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު