އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މ.މުލަކު ކައުންސިލް މެމްބަރުންނާއި ޔޫތް މިނިސްޓަރ ބައްދަލު ކުރައްވައިފި

މ.މުލަކު ކައުންސިލް މެމްބަރުންނާއި ޔޫތް މިނިސްޓަރ ބައްދަލު ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

މ.މުލަކު ކައުންސިލް މެމްބަރުންނާއި ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ބައްދަލު ކުރައްވައިފިއެވެ.

ޔޫތު މިނިސްޓްރީގައި އޮތް މިބައްދަލުވުމުގައި މި ބައްދަލުކުރެއްވުމުގައި މުލަކު ކައުންސިލްގެ ރައީސް އާއި ޒިންމާދާރުވެރިޔާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވީ އެރަށުގެ ޔޫތު ސެންޓަރގެ ގޯތިތެރޭގައި ހިޔާކުރަން ކޮންމެހެން ބޭނުންވާ ބައެއް ހިޔާކުރުމުގެ މަސައްކަތާއި ބެހޭގޮތުންނެވެ.

މިބައްދަލުވުމުގައި މިނިސްޓަރ އިރުތިޝާމް ވިދާޅުވީ މުލަކު ޔޫތު ސެންޓަރުގެ ގޯތީގައި ހިޔާކުރުމަށް ބޭނުންވާ ބައި ހިޔާކުރުމަށްޓަކައި މިނިސްޓްރީގެ ބަޖެޓުގެތެރެއިން އެމަސައްކަތްކުރުމަށް ޑެޕިއުޓީ މިނިސްޓަރ ޢަބްދުލް މުޙުސިން މަސައްކަތް ކޮށްދެއްވާނެކަމަށެވެ.

މި ބައްދަލުވުމުގައި ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ކުޅިވަރު ސިޔާސަތުގެ ދަށުން ދިވެހި ޒުވާނުންނަށް އެމަނިކުފާނު ކޮށްދެއްވާ މަސައްކަތްޕުޅުތަކަށް މ.މުލަކު ކައުންސިލް މެމްބަރުން ވަނީ ޝުކުރު ދަންނަވާފައެވެ.

މީގެ އިތުރުން ޔޫތު މިނިސްޓްރީން މ.މުލަކުގެ ޒުވާނުންނަށް ޤާއިމްކުރެވިފައިވާ ކުޅިވަރުގެ ވަސީލަތްތަކުގެ ބޭނުން އެއްވެސް ފީއެއް ނެގުމަކާނުލައި ބޭނުންކުރެވޭތީ ޒުވާނުންގެ ނަމުގައި މިނިސްޓްރީއަށް ވަރަށް ޚާއްޞަ ޝުކުރެއް ދެންނެވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް