އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައިވެނީގެ ހަފްލާއަށް ހަދިޔާ ނުގެންނަން އެދުނު ދެމަފިރިއަކަށް 2.5 މިލިއަން ޑޮލަރު!

ކައިވެނީގެ ހަފްލާއަށް ހަދިޔާ ނުގެންނަން އެދުނު ދެމަފިރިއަކަށް 2.5 މިލިއަން ޑޮލަރު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 8 ސިކުންތު

ޖީން އާއި ޕިއަރސްގެ ކައިވެނީގެ ހަފްލާއަށް ދައުވަތުދީ ކާޑު ފޮނުވިއިރު ތިރީގައި ޚާއްޞަ އެދުމެއްގެ ގޮތުން ލިޔެފައިވަނީ އެއްވެސް ހަދިޔާއެއް ނުގެނައުމަށެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ދިރިއުޅެނީ ވަރަށް ކުޑަ އެޕާޓްމަންޓެއްގައި ކަމަށްވާތީ ބަހައްޓާނެ ތަން ނެތުމެވެ.

ކައިވެނީގެ ޖަލްސާ ކުރިއަށް ދިއައިރު ކުޑަވަރެއްގެ ފޮށްޓެއް ހިފައިގެން ރައްޓެއްސަކު ހަރަކާތްތެރިވިއެވެ. އެއީ އަބަދުވެސް ހެއްވާ ކަންތައްތައް ކުރާ މަޖާ މިޒާޖުގެ އަދި ސިކުނޑީގައި ކުޑަ އުނިކަމެއްވެސް ހުންނަ މީހަކަށްވާތީ އެއްވެސް މީހަކު އޭނާ ކުރާ ކަމަކާއިމެދު އަޅައެއް ނުލައެވެ.

ކައިވެނީގެ ހަފްލާގެ ހުރިހާ ކަންކަން ނިމުމުން ހަފްލާގައި ބޭނުންކުރި މައިކެއް އޭނާ އަތުލިއެވެ. އަދި ބުންޏެވެ. "އަޅުގަނޑުގެ ދެ ރަހްމަތްތެރިން އެންގި އެންގުމަށް ވަރަށް ފުރިހަމައަށް ކިޔަމަންވީމެވެ. ހަމަ އެއްވެސް ހަދިޔާއެއް ނުގެންނަމެވެ. ގެނައީ މިފޮށްޓެވެ. މި ފޮށީގައި މިހާރު ހުރި އެއްޗެއް ދެމަފިރިން ނަގާށެވެ. ބަހައްޓާނެ ޖާގަ ނެތިގެން އުޅޭކަށް ނުޖެހޭނެއެވެ. ފޮށިވެސް އެއްލައިލާށެވެ. އެއިރުން ފޮށި ބަހައްޓާނެ ޖާގައެއް ވެސް ބޭނުމެއް ނުވާނެއެވެ. މި ފޮށީގައި ވެސް ހިފާނެ ކަމެއް ނެތެވެ. މިއީ އަހަރެން ބޭރުން ގެނައި އެއްޗަކަށްވާތީއެވެ. ނަމަވެސް ފޮށީގައި ހުރި އެއްޗަކާއި ދެކަނބަލުން ހަވާލުވުން ވަރަށް އަދަބުވެރިކަމާއިއެކު އެދެމެވެ."

އެންމެންނަށްވެސް ލިބުނީ ހައިރާން ކަމެކެވެ. އެކަންވީ އިތުރު މަޖަލަކަށެވެ. ދެމަފިރިން އައިސް ފޮށްޓާއި ހަވާލުވާން އުޅުމުން އެކަމަށްވެސް ދެކޮޅު ހެދިއެވެ. ބޭރުން ގެނައި ފޮށްޓަކަށްވާތީ ހަވާލު ނުކުރުމަށެވެ.

މޭޒެއް ކައިރިއަށް ދެމަފިރިންނާއިއެކު ގޮސް އިށީނދެ ހަމަޖެހިލުމަށްފަހު ފޮށި ކަނޑައިލިއެވެ. އެއިރު ގިނަ ބައަކު ތިބީ މޭޒު ވަށާލަގެންނެވެ. ދެމަފިރިން ވަޒީފާ އަދާކުރާ ކުންފުނީގެ ވެރިންވެސް ތިއްބެވެ.

ފޮށީގައި ހުރީ ފައިސާއެވެ. ފޮށި ހިފައިގެން މީނާ އެކިމީހުން ކައިރިއަށް ގޮސް ބުނި ކަމަށްވަނީ "އަހަރެމެންގެ ގާތް ދެމަފިރިން ދިރިއުޅެނީ ވަރަށް ކުޑަ ކޮޓަރިއެއްގައެވެ. ކުލީ ތަނެއްގައެވެ. އެހެންވީމާ ދެމަފިރިންނަށް ފްލެޓެއް ގަންނަން އެހީއެއް މިފޮށޓަށް ލައިދޭށެވެ." ފައިސާއަކީ އެގޮތަށް ހިނގައިގެން ފޮށްޓަށް އެޅުވި ފައިސާއެވެ.

ފައިސާތައް ގުނައިލިއިރު ހުރީ 1،300،000 ޑޮލަރުގެ ފައިސާ އާއި ޗެކެވެ. މީނާ ފޮށި ހިފައިގެން ކުންފުނީގެ ވެރިން ގާތަކަށް ނުދެއެވެ. ލިބިދާނެ އަދަބަކަށް ބިރުންނެވެ. އެހެންކަމުން ކުންފުނީގެ ވެރިޔާ 1،200،000 ޑޮލަރުގެ ޗެކެއް ލިޔެ ވަގުތުން މޭޒުމަތީގައި ބޭއްވިއެވެ. ވެރިޔާ ބުނީ މިހާރު 2.5 މިލިއަން ޑޮލަރު ހަމަވީ ކަމަށާއި ރަނގަޅު ފެންވަރުގެ ފްލެޓެއް ގަނެވޭނެ ކަމަށެވެ.

މިފަދަ ކަންތައްތައް ކޮށްދޭ "މަޖާ" މޮޔަ ރަޙްމަތްތެރިން ގިނަވާނެ ނަމައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް