އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިދިކޮޅު ފަރާތްތަކުން އުޅެނީ ބައަކަށް ޤާނޫނު އޮޅުވާލައި ބަންދުކުރުވަން: ޞިއްދީޤް

އިދިކޮޅު ފަރާތްތަކުން އުޅެނީ ބައަކަށް ޤާނޫނު އޮޅުވާލައި ބަންދުކުރުވަން: ޞިއްދީޤް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުން ގެންދަނީ ޤާނޫނުތައް އޮޅުވާލައި ބައަކު ބަންދުކުރުވަން ކަމަށް ހޯމް މިނިސްޓަރުގެ ނައިބް ޞިއްދީޤް ވިދާޅުވެއްޖެއެވެ.

ޞިއްދީޤް މިރޭ ވިދާޅުވީ މާލެ ސަރަހައްދުގައި އެއްވެ އުޅެވޭނީ އެއްވެ އުޅުމުގެ ޤާނޫނާއި އެއްގޮތަށްކަން އިދިކޮޅު ފަރާތްތަކަށް ރަނގަޅަށް އެނގޭނެ ކަމަށާއި ރައްޔިތުންނަށް އޮޅުވާލަމުން ގެންދަނީ އެނގިތިބެ ރައްޔިތުންނަށް ގެއްލުން ދިނުމަށް ކަމަށެވެ.

ޞިއްދީޤް ވިދާޅުވީ ޤާނޫނު އަސާސީގައި ޞުލްޙަވެރިކަމާއިއެކު އެއްވެ އުޅުމުގެ ހުއްދަ އޮތް ނަމަވެސް ފަހުން ހެދި ޤާނޫނަކުން އެކަމަށް ވަނީ އިންތަކެއް ކަނޑައަޅާފައި ކަމަށެވެ. އަދި އެ އިންތައް ޤާނޫނަކުން ކަނޑައެޅުމުން އަމަލުކުރަންޖެހޭނީ ފަހުން ފާސްކުރި ޤާނޫނަށް ކަމަށެވެ.

ޞިއްދީޤް ވިދާޅުވީ ޤާނޫނާއި ޚިލާފަށް އެއްވެ އުޅެފިނަމަ ނުވަތަ އެއްވުމެއްގައި ބައިވެރިވެއްޖެނަމަ ސަލާމަތީ ބާރުތަކުން ފިޔަވަޅު އަޅާނެ ކަމަށާއި ދައުވާ ވެސް ކުރާނެ ކަމަށެވެ. އަދި މިފަދަ ކަންކަމުގައި މީގެ ކުރިން ބައިވެރިވި ބައެއް މީހުންނަށް ބޮޑެތި ޙުކުމްތައް ވެސް އިއްވިފައިވާ ކަމަށެވެ.

ޞިއްދީޤް ވިދާޅުވީ މި ސަރުކާރުން ކާޑާއި ކަރަންޓުގެ އަގުވެސް ހެޔޮކުރާނެ ކަމަށެވެ. މުވައްޒިފުންގެ މުސާރަތައްވެސް ބޮޑުކުރާނެ ކަމަށެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުން ގެންދަނީ އެކަންކަމަށް ހުރަސް އެޅުމަށް ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް