އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެންބަރު ސައުދު ހައްޔަރުކޮށްފި

މެންބަރު ސައުދު ހައްޔަރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ޙުސައިން ބަންދުކޮށްފިއެވެ. ފުލުހުން ސައުދު ހައްޔަރުކުރީ ޖުމްހޫރީ ޕާޓީގެ އިދާރާ ހުންނަ މ. ކުނޫޒުގައި ހުންނަވަނިކޮށް މިރޭ އިރާކޮޅުގެ ވަގުތެއްގައި ކޯޓު އަމުރު ދެއްކުމަށްފަހުގައެވެ.

މެންބަރު ސައުދު ހައްޔަރުކުރި ވަކި ސަބަބެއް ނުއެނގެއެވެ. ސައުދު ވެސް ވަނީ އިދިކޮޅު މެންބަރުންނާއިއެކު އިއްޔެ މަޖިލީހަށް ވަޑައިގެންފައެވެ.
މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގަތުމުގެ ކުށުގައި ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު ރޭ ވަނީ ބަންދުކޮށްފައެވެ. އަދި މިއަދު ވަނީ ބަންދަށް 15 ދުވަހުގެ މުއްދަތު ޖަހައިފައެވެ.

މެންބަރު ސައުދުގެ މައްޗަށް ތަފާތު ތުހުމަތުތައްކޮށް މައްސަލަތައް ގެންދަނީ ބަލަމުންނެވެ. ސައުދުގެ މައްޗަށް ބަލަމުން ގެންދާ މައްސަލަތަކުގެ ތެރޭގައި ރަށުގެ ކައުންސިލަރަކަށް ހުންނެވި ދުވަސްވަރު ކައުންސިލުގެ އިދާރާއިން ލިޔުންތަކެއް މަދުވެފައިވާކަމަށް ބުނާ މައްސަލައެއްވެސް ހިމެނެއެވެ.

ސައުދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުންނާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ނިންމައިފައެވެ. ނަމަވެސް އެކަމާއި ގުޅިގެން ސައުދު ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަންނަން އެ ކޯޓުން ވަނީ ނިންމައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް