އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެންބަރު ސައުދު ހޯދަން ފުލުހުން އިއުލާންކޮށްފި

މެންބަރު ސައުދު ހޯދަން ފުލުހުން އިއުލާންކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ގއ. ވިލިނގިލި، އަޅިވިލާގެ ސަޢުދު ޙުސައިން (36އ) ހޯދަމުންދާކަމަށެވެ. އެހެންނަމަވެސް ސައުދު ހޯދަމުންދާ ސަބަބެއް ފުލުހުން ހާމައެއްނުކުރެއެވެ.

ފުލުހުން ބުނެފައިވަނީ ސަޢުދު ޙުސައިން އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށެވެ.

މިމަހުގެ 25 ވަނަދުވަހު ޖުމްހޫރީ ޕާޓީގެ އިދާރާ ހުންނަ މ. ކުނޫޒުގައި ހުންނަވަނިކޮށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ސައުދު ހައްޔަރުކޮށްފައެވެ. އަދި ކްރިމިނަލް ކޯޓުގެ ކޯޓުއަމުރުގައި ހުންނަންޖެހޭ އިޖުރާތުތައް ފުރިހަމަނުވާތީ އެފަހަރު ވަނީ ސައުދު ދޫކޮށްލަންޖެހިފައެވެ.

ސައުދުގެ މައްޗަށް ތަފާތު ތުހުމަތުތައްކޮށް މައްސަލަތައް ގެންދަނީ ބަލަމުންނެވެ. ސައުދުގެ މައްޗަށް ބަލަމުން ގެންދާ މައްސަލަތަކުގެ ތެރޭގައި ރަށުގެ ކައުންސިލަރަކަށް ހުންނެވި ދުވަސްވަރު ކައުންސިލުގެ އިދާރާއިން ލިޔުންތަކެއް މަދުވެފައިވާކަމަށް ބުނާ މައްސަލައެއްވެސް ހިމެނެއެވެ.

ސައުދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުންނާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ނިންމައިފައެވެ. ނަމަވެސް އެކަމާއި ގުޅިގެން ސައުދު ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަންނަން އެ ކޯޓުން ވަނީ ނިންމައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު