އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤަތަރު އުރީދޫ ގްރޫޕުގެ މިއަހަރުގެ ދެވަނަ ކްއާޓަރގެ ފައިދާ ދަށަށް ހިނގައްޖެ

ޤަތަރު އުރީދޫ ގްރޫޕުގެ މިއަހަރުގެ ދެވަނަ ކްއާޓަރގެ ފައިދާ ދަށަށް ހިނގައްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު

ޤަތަރު އުރީދޫ ގްރޫޕުގެ މިއަހަރުގެ ދެވަނަ ކްއާޓަރގެ ފައިދާ ދަށަށް ހިނގައްޖެއެވެ.

އުރީދޫ އިން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޤަތަރުގެ އުރީދޫ ގްރޫޕްގެ ފައިދާ މި އަހަރުގެ ދެ ވަނަ ކުއާޓަރގައި ވަނީ 12 އިންސައްތަ ދަށްވެފައެވެ. އަދި އެ ކުންފުންޏަށް ދެ ވަނަ ކުއާޓަރގައި ލިބިފައިވަނީ 136.79 މިލިޔަން ޑޮލަރުގެ ފައިދާ އެކެވެ.

އެހެންނަމަވެސް މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓަރގައި 155.46 މިލިޔަން ޑޮލަރުގެ ފައިދާއެއް ލިބުނެވެ.

އުރީދޫއިން ބުނެފައިވަނީ ފައިދާ ދަށްވީ އެކުންފުނީގެ އެހެން ޤައުމުތަކުގައި ހިންގާ ވިޔަފާރިން ލިބޭ ފައިދާ މާރު ކުރާއިރު ބޮޑު ބައެއް ގެއްލޭތީ (ފޮރިން އެކްސްޗޭންޖް ލޮސް) ކަމަށެވެ. އަދި ޚާއްޞަކޮށް އެ ކުންފުނީގެ ވިޔަފާރި އިރާގުގައި ވަރަށް ބޮޑަށް ދަށްވެފައިވާތީ ކަމަށެވެ.

އެ ކުންފުނީގެ ފައިދާ ދަށްވިނަމަވެސް ދެވަނަ ކްއާޓަރގައި 2.19 ބިލިޔަން ޑޮލަރުގެ ވިޔަފާރި ކޮށްފައިވާ އިރު، ފުރަތަމަ ކުއާޓަރގައި ކޮށްފައިވަނީ 2.14 ބިލިޔަން ޑޮލަރުގެ ވިޔަފާރިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް