އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރެކޯޑް އަގަކަށް ނޭމާ ފްރާންސްގެ ޕީއެސްޖީއަށް

ރެކޯޑް އަގަކަށް ނޭމާ ފްރާންސްގެ ޕީއެސްޖީއަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

ދުނިޔޭގެ ރެކޯޑް ފީއެއް ކަމުގައިވާ 222 މިލިއަން ޔޫރޯއަށް ބާސާއަށް ކުޅެމުންއަންނަ ބްރެޒެޒިލްގެ ހުނަރުވެރި ފޯވާޑް ނޭމާ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއަށް ބަދަލުވުމާގާތަށް ގޮސްފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާ ރިޕޯޓްތަށް ބުނާ ގޮތުން ނޭމާ ޕީއެސްޖީއަށް ދިއުމުގެ ހުރިހާކަމެއް މިހާރުވަނީ ނިމިފައެވެ. އެގޮތުން މި ކަމާ ބާސާ އާއި ޕީއެސްޖީއާ ދެމެދު ވަނީ ވާހަކަދެކެވި އެއްބަސްވުމަކާއި ހަމައަށްވެސް އާދެވިފައެވެ.

އެހެން ކަމުން ދާދި އަވަހަށް ހުރިހާ ކަމެއްވެސް ނިމި ޕީއެސްޖީއާ އެކު ނޭމާ މެޑިކަލް ވެސް ހަދާނެކަމަށެވެ.

އެގޮތުން ސީޒަން ހުޅުވާ މެޗުގައި ޕީއެސްޖީ އަދި އަމިއެންސް އަންނަ ހޮނިހިރު ދުވަހު ބައްދަލުކުރާ މެޗުގެ ކުރިން ނޭމާ ޕީއެސްޖީއަށް ސޮއިކުރާނެ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ނޭމާ ބޭނުންވަނީ ބާސާ ދޫކޮށްލުމަށް ފަހު ކުރިޔަށް އޮތް ސީޒަނަށް އެހެން ކްލަބަކަށް ބަދަލުވާށެވެ. އެގޮތުން ނޭމާ ހޯދުމަށް ޕީއެސްޖީ އިން 222 މިލިއަން ޔޫރޯ ހުށަހަޅާފައިވާ ކަމަށް ވެސް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.

ޕީއެސްޖީން ނޭމާ ހޯދުމާއި ގާތަށް ގޮސްފައިވާކަމަށް ރިޕޯޓްތަށް ބުނާއިރު ނޭމާ ހޯދުމަށް އިތުރު ކުލަބުތަކަކަުންވެސް ވަނީ މަސައްކަތް ކޮށްފައެވެ. އެގޮތުން ޔުވެންޓަސް، ޗެލްސީ، އާސެނަލް އަދި ޔުނައިޓެޑު ހިމެނޭކަމަށް ރިޕޯޓްތަށް ބުނެއެވެ.

2013 ވަނައަހަރުސްޕެއިންގެބާސެލޯނާއާ ގުޅުނު ނޭމާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 186 މެޗުގައި 105 ލަނޑު ކާމިޔާބުކޮށް އެޓީމާއެކު ސްޕެނިޝް ލީގު ދެފަހަރު، ކޮޕާ ޑެލްރޭ ދެފަހަރު، ސްޕެނިޝް ސުޕާކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފައެވެ.

ނޭމާ ވަނީ ބްރެޒިލްގެ ގައުމީޓީމާ އެކުވެސް ކާމިޔާބީތަކެއް ހާސިލް ކޮށްފައެވެ. އެގޮތުން ގައުމީ ޓީމަށް ކުޅުނު 77 މެޗުގައި 52 ލަނޑު ކާމިޔާބުކޮށްފައިވާއިރު އޭނާ ވަނީ ފީފާ ކޮންފެޑެރޭޝަންސް ކަޕް 2013 ވަނަ އަހަރު ކާމިޔާބުކޮށްފައެވެ. އަދި ސައުތް އެމެރިކަން ޔޫތް ޗެމްޕިއަންޝިޕް 2011 ވަނަ އަހަރު ކާމިޔާބުކުރުމުގެއިތުރުންނިމިގެންދިޔައަހަރުއޮލިމްޕިކްމުބާރާތްވެސްބްރެޒިލްގެގައުމީޓީމާއެކުއޭނާވަނީކާމިޔާބުކޮށްފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން