އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީރާގެ 'ޓެކްސް ވީކް' ފަށައިފި

މީރާގެ 'ޓެކްސް ވީކް' ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

"ޓެކްސް ވީކް" ގެ ނަމުގައި ޓެކުހަށް ހޭލުންތެރިކުރުމުގެ ގޮތުން 1 ހަފްތާއަށް ދެމިގެންދާ ޚާއްސަ ހަރަކާތްތަކެއް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު ފަށައިފިއެވެ.

މީރާގެ 7 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން މި މަހުގެ 6 އިން 12 އަށް ބާއްވާ ޓެކްސް ވީކް" ގައި ޓެކްސް ދައްކާ ފަރާތްތަކާއި ޢާންމުންނަށް އަމާޒުކޮށް ޓެކުހަށް ހޭލުންތެރިކުރުމުގެ ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ.

އޭގެތެރޭގައި ޓެކުހާއިގުޅޭ މަޢުލޫމާތު ދިނުމުގެ ޚާއްސަ ހަރަކާތްތަކެއް މާލެއާ އަތޮޅުތެރޭގައި ބޭއްވުމާއި ސްކޫލްތަކުގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ހަރަކާތްތަކެއް ސްކޫލްތަކުގައި ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މީރާ "އޯޕަން ޑޭ" ގެ ގޮތުގައި މިއަދު ފާހަގަކޮށް، މީރާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް މީރާގެ މަސައްކަތްތައް ހިނގަމުންދާގޮތް ބަލައިލުމުގެ ފުރުޞަތުދީ، މީރާގެ ޚިދުމަތްތަކާއި މީރާގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި ގުޅޭ މަޢުލޫމާތު ލިބޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.

އޯޕަން ޑޭގެ އިތުރުން ޓެކްސް ވީކް ތެރޭގައި މިމަހުގެ 8 ވާ އަންގާރަ ދުވަހު، ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ބޭއްވުމާއި މި މަހު 11 ވާ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާރކްގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.

މީރާގެ 7 ވަނަ އަހަރީ ދުވަހާއި ގުޅިގެން ޚާއްސަ ހަފްލާއެއް 4 އޮގަސްޓުގައި ބާއްވާފައިވާ އިރު، މި ހަފްލާގައި މީރާއިން ވަނީ އެންމެ ގިނައިން ޓެކްސް ދައްކާފައިވާ 17 ފަރާތަކަށް ރަންލާރި އެވޯޑް ދީފައެވެ. އަދި މީރާ މޮބައިލް އެޕްލިކޭޝަން ލޯންޗްކޮށް، "މީރާ ސަލާމް" ވެސް ތަޢާރަފްކޮށްފައި ވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް