އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަދީބަށް ވީގޮތް އެހެން މީހަކަށް ހަމަނުވާނެތަ؟

އަދީބަށް ވީގޮތް އެހެން މީހަކަށް ހަމަނުވާނެތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 5 ސިކުންތު

އަހްމަދު އަދީބުގެ ކަންކަން އެއީ ދާދިމިދާކަށްދުވަހު އެންމެންގެ ކުރމަތީގައި ހިނގައިދިއަ ކަންކަމެވެ. އަހްމަދު އަދީބަކީ ކާކުތޯއެވެ؟ އޭނާއަކީ އުޅޭ މީހެއްކަން އެނގެނީ ކިތައް މީހުންނަށްތޯއެވެ؟

ކަން މިހެން އޮތް ނަމަވެސް މިނިސްޓަރުކަން ލިބުނުތާ 3 ވަނަ އަަހަރު އަހްމަދު އަދީބަކީ ޤައުމުގައި ހުރި އެންމެ ބާރުގަަދަ މީހާއެވެ. އެންމެ ބޮޑު ބިލިއަނަރެވެ. ނަތީޖާއަކަށްވީ މިނިސްޓަރުކަމުން ނައިބްރައީސް ކަމަށް އައުމަށް ހެދި މަކަރުތަކެވެ. ކިރިޔާވެސް މަޤާމަށް ވާދަކޮށްފާނެކަމަށް ޤަބޫލުކުރެވުނު މީހާގެ ކަރުގައި ފިސްތޯލައެއް އަޅުވައި ޖަލަށް ލެއްވުވިއެވެ.

ނައިބް ރައީސްކަން ލިބުމުން ހިތް ފުރުނުތޯއެވެ؟ ހިތެއް ނުފުރުނެވެ. އެހިސާބުން މަސައްކަތްފެށީ ރައީސުލްޖުމްހޫރިއްޔާ މަޤާމުން ދުރުކޮށް ޤައުމުގެ އެންމެ އިސްވެރިކަމަށް އައުމަށެވެ.

ޙީލަތްތެރި ގޮތުގައި އެ މަސައްކަތްފެށީ އަހްމަދު އަދީބަށް ކޮންކަމެއް އުނިވެގެންތޯއެވެ؟ އަތުގައި ކިތައް ބިލިއަން ރުފިޔާ ނެތިގެންތޯއެވެ؟ ކުރަން ބޭނުންވި ކޮން ކަމެއް ނުކުރެވިގެންތޯއެެވެ؟

ނަތީޖާއަކީ ކޮބައިތޯއެވެ! އެމީހެއްގެ ކަރުގައި ފިސްތޯލަ އެޅުވި މީހާ އޮތް ޖަލަށް ތިމާއަށްވެސް ދާންޖެހުމެވެ. އަދި އެވަރަކުން ވެސް ފުދޭކަށް ނެތެވެ. ކުރަންހުރި ދައުވާތައް ކުރެވި ޙުކުމް އިއްވައިފިނަމަ ހުކުމް ތަންފީޒުކޮށް ނިމޭނީ ޢާންމުގޮތެއްގައި ބެލެވޭ ގޮތުން އެވްރެޖް އުމުރަކީ 60 އަހަރުކަމަށް ބަލައިފިނަމަ 4 މީހުންގެ އުމުރުގައި ދުނިޔޭގައި ހުރެއްޖެ ނަމައެވެ.

ވެރިކަމާއި ބާރުގެ ބޭނުމުގައި އަދީބް ހިންގި ފަދަ ޖަރީމާތައް ހިންގާ މީހުން މިކަންކަމުން އިބްރަތް ޙާޞިލުކުރުން މުހިންމެވެ. އެހެން މީހުންނަށް އަނިޔާވެރިވެގެން ތިމާ އެދޭ ކަންކަން ޙާޞިލުކުރަން މަސައްކަތްކުރާއިރު އެ ބާރުގަދަ މުއްސަނދި އަހްމަދު އަދީބް ހަަމަ ކުއްލި ގޮތަކުން ކުޑަގޮޅިއަށް ފޮނުއްވައިލެއްވެވި މާތްﷲ މިއަދުވެސް ހަަމަ ވޮޑިގެންވާކަން ޤަބޫލުކުރާނަމަ އަނިޔާވެރިއެއް ނުވާނެއެވެ.

ކަންކަން ތަބްދީރުކުރަނީ އިންސާނުންނެވެ. ތަޤްދީރުގެ މައްޗަށް ތަދްބީރެއް ނުކުރެވޭނެކަން އެއީ ހުރިހާ ދިނެއްގެ މީހުން ވެސް ޤަބޫލުކުރާ ހަޤީޤަތެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައިވެސް ވަނީ މިކަން ވަރަށް ސާފުކޮށް ބަޔާންކުރައްވައިފައެވެ. ބައަކު ކޮންމެ ގޮތަކަށް ކަންކަން ރޭވި ނަމަވެސް ކަންކަން ހިނގަމުން ދާނީ މާތްﷲ ތަޤްދީރުކުރެއްވެވި ގޮތަކަށްކަން އެމަނިކުފާނު ވަނީ ބަޔާން ކޮށްދެއްވައިފައެވެ.

ޤައުމުގެ އެންމެ އިސްވެރިޔާގެ ހައިޞިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އެކަން އެގޮތަށް ޤަބޫލުފުޅު ކުރެއްވެވި ނަމަވެސް ސަރުކާރުގައި އިސްކޮށްތިއްބެވި ބައެއް ބޭފުޅުން ކަންކަން ކުރައްވަމުންދާގޮތުން އެބޭފުޅުން އެކަން އެގޮތަށް ޤަބޫލުފުޅު ކުރައްވާ ކަމާއިމެދު ދަނީ ސުވާލު އުފެދެމުންނެވެ.

އިންސާނުންނަށް މާތްﷲ ވަނީ ބާރުތަކެއް ދެއްވަވައިފައެވެ. މީހުންމެރުމަކީ މާތްﷲ އެންމެ ރުހި ވޮޑިނުގަންނަވާ އަމަލުކަން ކީރިތި ޤްރްއާނުން އެނގެން އޮތް އިރުވެސް މީހުން މަރައެވެ. ބަޑިޖެހީމާ. ކަޓަރު އެޅީމާ ނުވަތަ އެނޫންވެސް ގޮތްގޮތުން މީހުން މަރުވާފަދަ އަމަލުތައް ކުރީމާ މީހުން މަރުވެއެވެ.

އެކަމުން އެނގެނީ އިންސާނުންނަށް އިޚްތިޔާރުތަކެއް މާތްﷲ ދެއްވަވާފައިވާ ކަމެވެ. އެކަމަކީ މާތްﷲ ކިތަންމެ ރުހިވޮޑިގެން ނުވާ އަމަލެއް ނަމަވެސް އެކަމެއް ކުރާ ވަގުތު ކޯފާ ބާވައި ނުލައްވަވާކަމެވެ.

އެއިގެ މާނައަކީ އެފަދަ ކަންކަން ކުރުން މާތްﷲ ހުއްދަކުރެއްވުމެއް ނޫނެވެ. ޤަބޫލުކުރަންޖެހޭ ކަމަކީ ކިތަންމެ މޮޅަށް ރާވައިގެން މީހެއްގެ ފުރާނަ ދުއްވާލި ނަމަވެސް އަދި ކިތަންމެ ކުޑަ އަނިޔާއެއް ކުރި ނަމަވެސް އެކަމެއްގެ ހަޤީޤަތް އެންމެ ފުރިހަމައަށް މާތްﷲ ދެކެދެނެވޮޑިގެންވާ ކަމެވެ. އެކަމަށް ޙައްޤު ޖަޒާ މާތްﷲ މިންވަރުފުޅު ކުރައްވަވާނެ ކަމެވެ. އެކަމުގެ ދުވަސް ކުރިއަށް އެބައޮތްކަމެވެ.

ކަންކަން މިހެން އޮތުމުން މީސްތަކުންނަށް އޮތީ އަނިޔާވެރި ނުވުމެވެ. ތިމާ ބޭނުންވާ ކަމެއް ޙާޞިލުކުރުމުގެ ދަހިވެތިކަމުގައި އަނިޔާވެރިވާއިރު ތިމާ ޙާޞިލުކުރަން ބޭނުންވެގެން މިއުޅޭ ކަންކަން ޙާޞިލުކުރެވޭނީ އެކަމަށް މާތްﷲ ތަޤްދީރު ކުރައްްވަވައިފިނަމަ ކަމަށް ޤަބޫލުކުރުމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް