އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ 95 އިންސައްތަ މީހުންގެ ކަންފަތަށް އިބިލީސް ކޮންމެ ރެއަކު ކުޑަކަމުދޭ!

ރާއްޖޭގެ 95 އިންސައްތަ މީހުންގެ ކަންފަތަށް އިބިލީސް ކޮންމެ ރެއަކު ކުޑަކަމުދޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު


ރާއްޖޭގެ 95 އިންސައްތަ މީހުންގެ ކަންފަތަށް އިބިލީސް ކުޑަކަމުދާކަމަށް ޤަބޫލުކުރައްވަމުތޯއެވެ؟ ޤަބޫލުކުރައްވަން އުނދަގޫފުޅުވި ނަމަވެސް އެއީ ހަމަ އެކަން އޮތް ގޮތެވެ.

ޢާންމުކޮށް ފަތިސް ނަމާދަށް ނުހޭލާ މީހުންނަކީ އެމީހުންގެ ކަންފަތަށް އިބިލީސް ކުޑަކަމުގޮސްފައި ތިބޭ މީހުންކަން އެނގެނީ މީހަކު ބުނެގެނެއް ނޫނެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ހަދީޘްފުޅުންނެވެ.
ރާއްޖޭގައި އާންމުކޮށް ފަތިސް ނަމާދުކުރަނީ އާބާދީގެ އެންމެ 5 އިންސައްތައަށްވުރެ މަދު އަދަދެކެވެ. ގޭގައި ނަމާދުކުރާ އަންހެނުންގެ އަދަދު ޔަޤީން ނުކުރެވުނު ނަމަވެސް މިސްކިތުގައި ފަތިސް ނަމާދުކުރާ އަދަދަށް ބަލައިފިނަމަ އާބާދީގެ 3 އިންސައްތަ ހަމައެއް ނުވެއެވެ. އެހެންކަމުން ފަތިސް ނަމާދުކުރާ އަދަދު 5 އިންސައްތައަށްވުރެ ގިނަ ނުވާނެކަމަށް ޤަބޫލުކުރަންޖެހެއެވެ.

މީހާ ނިދަން އޮށޯތުމުން މީހާގެ ބޮލުގައި އިބިލީސް 3 ގޮށް ޖަހައެވެ. އެ 3 ގޮށް މޮހެވެނީ ނިދީން ހޭލައި މާތްﷲ އަށް ޛިކުރުކުރުމުންނާއި ފަތިސްނަމާދަށް ވުޟޫ ކުރުމުންނާއި ފަތިސް ނަމާދުކުރުމުންނެވެ.
މީސްތަކުން ނިދުމުން އިބިލީސް ނުވަތަ ޝައިތާނާ އެމީހާގެ ނޭފަތަށް ވަދެެ ނޭފަތުގެ މަތީބައިގައި އިނދެއެވެ. ޝައިޠާނާ އެތަނުން ނެރެލެވެނީ ނޫފަތަށް ފެންލައިގެން ވުޟޫކުރުމުންނެވެ. މިކަންކަމަކީވެސް ހަމަ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޙަދީޘްފުޅުން އެނގެންހުރި ކަންކަމެވެ. ހަދީޘްފުޅުގައި ވާރިދުވެފައިވާ ކަންކަމެވެ.

ކަންކަން މިހެން އޮތް ނަމަވެސް މިކަންކަމަށް ިއަޅުގަނޑުމެންގެ ތެރެއިން ސަމާލުކަން ދެވޭ މިންވަރާއިމެދު ވިސްނައިލުން ރަނގަޅެވެ. އަޅުގަނޑުމެންނަކީ ދިރިއުޅެން މަސައްކަތްކުރާ ބައެކެވެ. އަޅުގަނޑުމެން ކުރާ މަސައްކަތުގައި މާތްﷲގެ ބަރަކާތް އިތުރުވެގެންދަނީ ފަތިސް ނަމާދުން ދުވަސް ފެށުމުންނެވެ.

ފަތިސް ނަމާދަށް ހޭލިއަ ނުދިނުމަށާއި ނަމާދުކުރިއަ ނުދިނުމަށް ޝައިޠާނާކުރާ މަސައްކަތްތައް މި ވީޑިއޯއިން ބައްލަވާލައްވާ!

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް