އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކީރިތި ޤްރްއާނުގަ ކޮޅުފައިން ޖެހި ރީތި އަންހެނާ- މަރުވީ ފުރޭތައެއްގެސިފައިގަ- މަހާނަވެސް ބަދަލުވީ ލޭގަނޑަކަށް!

ކީރިތި ޤްރްއާނުގަ ކޮޅުފައިން ޖެހި ރީތި އަންހެނާ- މަރުވީ ފުރޭތައެއްގެސިފައިގަ- މަހާނަވެސް ބަދަލުވީ ލޭގަނޑަކަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

ބެލެވޭ ގޮތުން މިއީ އިންޑޮނޭސިއާގައި ހިނގާފައިވާ ހާދިސާއެކެވެ. ރީތި އަންހެނެކެވެ. ކައިވެނިކޮށް ދަރިއަކުވެސް ލިބިފައިވާ އަންހެނެކެވެ. އޭނާ ކީރިތި ޤްރްއާނުގެ ޙުރުމަތް ކަނޑައި ކޮޅުފައިން ޖެއްސެވެ.

އެއްދުވަހަކު ބަދިގޭ މަސައްކަތުގައި އުޅެނިކޮށް ފެނުނީ އަތުގައި ދިގަށް އިން ލޭގެ ރޮނގެކެވެ. އެކަމާއި ކަންބޮޑުވެ ލޭ ދޮވެލަން މަސައްކަތްފެށިތަނާ ބަނޑުގައި ރިއްސަން ފެށީއެވެ. ރިހުން ގަދަވެ ބަނޑު ފުފެންވެސް ފެށީއެވެ.

ހަނދާނެ ނަހަދާނެ ގޮތެއް ނެތިގެން ގެއިން ނުކުމެ މަގުމައްޗަށް ނުކުތެވެ. ނަމަވެސް ކުރިއަށް ދެވޭނެ ގޮތެއް ނުވިއެވެ. މަގުމައްޗަށް ވެށްޓުނީއެވެ. އެހީތެރިކަމަށް އެދި މަގުން ހިނގަމުން ދިއަ މީހުންނަށް އާދޭސްކުރަމުން ދިއައިރުވެސް އެހީތެރިކަން ފޯރުވަން އެންމެންވެސް ދިއައީ ޖެހިލުންވަމުންނެވެ.

އެހާލަތުގައި އިންދާ އައި މުސްލިމް އަންހެނަކު އޭނާއަށް އެހީތެރިވެ ގެއަށް ގެންގޮސްދިނެވެ. އެނދުގައި ބޭއްވިއެވެ. އެވަގުތު ނުބައި ގޮތްތަކެއްވެފައި އޭނާގެ ރީތިކަން ގެއްލި ފުރޭތައެއްގެ ސިފައަށް ބަދަލުވެގެންދިއައެވެ. އަދި މަރުވިއެވެ.

ވަޅުލަން ގެންގޮސް ކައްވަޅު ކައިރީގައި ހަށިގަނޑު ބޭއްވިތަނާ ހަށިގނޑު ތެޅެން ފެށިއެވެ. ހަށިގަނޑުން ލޭތައް ނުކުމެ ކަފުންތައް ލެއިން ފޯވިއެވެ. އަމިއްލައަށް ކައްވަޅަށް ވެށްޓުނެވެ. ކައްވަޅަށް ވެށްޓުމާއިއެކު ފަސްއަޅައި ފޮރުވައި މަހާނެ ހެދިއެވެ. ފެނިގެންދިއައީ މަހާނަވެސް އެކުގައި ލެއިން ފޯވެގެންދިއަތަނެވެ.

ކީރިތި ޤްރްއާނަށް އިހާނެތިކޮށް ހިތާ ކޮންމެ މީހަކަށް ދުނިޔެމަތީގައި މިފަދަ ގޮތްތައް ނުވެދާނެއެވެ. ނަމަވެސް މިފަދަ ހާދިސާތައް ދުނިޔޭގައި ވެސް މާތްﷲ ދައްކަވަނީ އެހެން މީހުންނަށް ޢިބްރަތަކަށެވެ.

ހަމައެއާއިއެކު ވިސްނައިލަން ޖެހޭ ކަމަކީ ކީރިތި ޤްރްއާނަށް އިހާނެތިކޮށް ހިތުމަކީ ހަމައެކަނި ކޮޅުފައިން ޖެހުން ނޫން ކަމެވެ. ކީރިތި ޤްރްއާނަށް އަމަލު ނުކުރުމަކީވެސް ހަމަ ކޮޅުފައިން ޖެހުން ކަމެވެ.

(މިލިޔުން ލިޔެފައި މިވަނީ އިއްޔެ މިއަދުނޫހުގައި ޝާއިއުކުރި ވީޑިއޯގެ މައްޗަށެވެ. ވީޑިއޯއަކީ ހަޤީޤީ ޙާދިސާއެއްގެ މައްޗަށް އުފައްދާފައިވާ ވީޑިއޯ އެކެވެ. ވީޑިއޯއަށް ލިބުނު ތަރުޙީބަށް ބަލައި ވާހަކައެއްގެ ގޮތުގައި ހާމަކުރީއެވެ.)


ގުޅުންހުރި ވީޑިއޯ

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







ސިޑޭ 2017-08-15 19:34:09

މިފަދަނުރައްކާ ތެރިކަންތައްތަކުން އިބްރަތް ލިބިގަނެ ދުނިޔެވީ ނުބައި އަމަލުތަކުންދުރުވެ އާޙިރަތައްޓަކާ ހެޔޮއަމަލް ގިނަކުރާށެވެ ޝުކުރިއްޔާ


އަބްދުއްލަތީފް