އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބިރުގަންނަންޖެހޭ ނަތީޖާއެއް- މުސްލިމް ޤައުމުތަކުގެ 50% އަންހެންކުދިން ތިބީ ސައިބަރބުލީ ކުރުމުގަ ތާށިވެފަ!

ބިރުގަންނަންޖެހޭ ނަތީޖާއެއް- މުސްލިމް ޤައުމުތަކުގެ 50% އަންހެންކުދިން ތިބީ ސައިބަރބުލީ ކުރުމުގަ ތާށިވެފަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

ކުޑަކުދިން ފޯނު ގެންގުޅޭ ނިސްބަތަށް ބަލައިފިނަމަ ރާއްޖެއަށް މިހާރު ވަނައެއް ލިބޭނެކަމަށް ބެލެވޭއިރު ފޯނުގެ ސަބަބުން މުޅި އިސްލާމީ އުންމަތް ލަދުގަންނަން ޖެހިދާނެކަން ހާމަވާ ދިރާސާއެއް ހާމަކޮށްފިއެވެ.

އިނގިރޭސި ވިލާތުގެ ޗެރިޓީ ފަންޑަކުން ކުރި ސަރވޭއެއްގައި ދައްކާގޮތުން މުސްލިމް ޤައުމުތަކުގެ 11 އަހަރާއި 18 އަހަރާއި ދެމެދުގެ އަންހެންކުދިންގެ ތެރެއިން ދެބައިކުޅަ އެއްބައި ކުދިންނަކީ ސައިބަރބުލީ ކުރުމުގައި ތާށިވެފައި ތިބި ކުދިންނެވެ.

މިސަރވޭ ކުރުމަށް އެ ޖަމިއްޔާއިން ވަނީ 1002 އަންހެންކުދިންނާއި ސުވާލުކޮށްފައެވެ. އެކުދިން ދިން މައުލޫމާތުން އެނގުނު ގޮތުގައި އެކުދިންނަށް ކުރެވިފައިވާ މުއާމަލާތުތަކުގެ ސަބަބުން އެކުދިން ތިބީ ބްލެކްމޭލް ވުމުގެ ތުންފަތްމަތީގައެވެ.

ސަރވޭގައި ބައިވެރިވި ކުދިންގ ތެރެއިން 48 އިންސައްތަކުދިން ބުނެފައިވަނީ ސޯޝަލް މީޑިއާގައި އެކުދިންނަށް "މުޞީބާތްތައް" ކުރިމަތިވާ ކަމަށެވެ. 29 އިންސައްތަ ކުދިން ބުނެފައިވަނީ އެކުދިންނާއި ހަޑިމުޑުދާރު މުޢާމަލާތްތައްކޮށް ބިރުދެއްކުން ފަދަ ކަންކަން ކުރަނީ ދަންނަ މީހުން ކަމަށެވެ. 22 އިންސައްތަ ކުދިން ބުނެފައިވަނީ ސޯޝަލް މީޑިއާގައި ހާމަކުރާ ފޮޓޯތަކަށް "ކަމުނުދާ" ކޮމެންޓްތައް ލިބޭ ކަމަށެވެ.

އެ ޖަމިއްޔާއިން ބުނެފައިވަނީ މި ނަތީޖާއިން އެނގެނީ ސޯޝަލް މީޑިއާގައި ކުޑަކުދިން "އަތުލައިގަތުމަށާއި ޝިކާރަކުރުމަށް" ވަރަށް ވަރުގަދައަށް ހަރަކާތްތައް ހިންގާކަން ކަމަށާއި އެކަމަށް ބެލެނިވެރިންގެ ސަމާލުކަން އިތުރުކުރަންޖެހޭ ކަމަށެވެ.

"ސޯޝަލް މީޑިއާގައި ހަޔާތްގޮވަނީ ކުދިންގެ ލަދުކަނޑުވަން. ފާހިޝް ކަންކަމަށް ޝައުޤުވެރިކުރުވަން. ފުރަތަމަ ވަޒަންތައް އެފޮނުވަނީ މެސެޖާއި ކޮމެންޓުގެ ގޮތުގަ. އަމާޒަށް އަރުވާފަ ބަޑިޖަހަން އެތައްޔާރުވަނީ."

ތަޖުރިބާކާރުން ބުނަނީ މިކަމަށް ދަރިން ހޭލުންތެރިކުރުވަން މައިންބަފައިން ފަސްޖެހޭނަމަ މުޅި މުސްލިމް އުންމަތަށް ކުރިމަތިވާނީ ވަރަށް ބޮޑު މުޞީބާތެއް ކަމަށެވެ. އެމުސީބާތުގެ ސަބަބުން މުސްލިމުންގެ ސުލޫކީ އިންތައް ނެތި ހަފުސްވެގެން ހިނގައިދާނެ ކަމަށެވެ.

މިފަދަ ދިރާސާއެއް ރާއްޖޭގައި ކުރެވުނުކަން އަދި އެނގިފައެއް ނުވެއެވެ. މިފަދަ ދިރާސާއެއް ރާއްޖޭގައި ކޮށްފިނަމަ ނުކުންނަ ނަތީޖާ މި ދިރާސާއަށްވުރެ ބިރުބޮޑުވުމަކީ ގާތްކަމެކެވެ. އެހެންކަމަށްވާއިރު މިކަމަށް ބެލެނިވެރިންގެ ސަމާލުކަން އިތުރުކުރުން ވަރަށް މުހިންމުކަން ފާހަގަކުރެވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް