އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވ. އަތޮޅުގައި ކުރިއަށްދާ އަމާންވެށި ޕްރޮގްރާމްގައި ހިމެނޭ “ކުޅިވަރުން ފަހިކަން” ފޯރިއާއެކު ކުރިއަށް އެބަދޭ

ވ. އަތޮޅުގައި ކުރިއަށްދާ އަމާންވެށި ޕްރޮގްރާމްގައި ހިމެނޭ “ކުޅިވަރުން ފަހިކަން” ފޯރިއާއެކު ކުރިއަށް އެބަދޭ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

މުޖުތަމަޢުގެ ބައިވެރިވުމާއެކު ކުށްމަދު މުޖުތަމަޢެއް ބިނާކުރުމަށް ފުލުހުން މިއަހަރު ކުރިއަށް ގެންދާ އަމާންވެށި ޕްރޮގްރާމްގެ ދެވަނަ ޕްރޮގްރާމް މިމަހުގެ 10ން 19 އަށް ވ. އަތޮޅުގައި ކުރިއަށް ގެންދާއިރު، މި ޕްރޮގްރާމުގެ ދަށުނ'ކުޅިވަރުން ފަހިކަން' މިނަމުގައި ޚާއްސަ ކުޅިވަރު ހަރަކާތްތަކެއް ރަށުގެ ޒުވާނުންނަށާއި އާންމުންނަށް ހުޅުވާލައިގެން ފޯރިއާއެކު ކުރިއަށް އެބަގެންދެއެވެ.

އެގޮތުން މިމަހުގެ 13އިން 17 އަށް ވ. ކެޔޮދޫ ބަނދަރު ސަރަހައްދުގެ ވޮލީ ކޯޓުގައި ޚާއްސަ ވޮލީ ކޯޗިންގ ކޭމްޕެއް ކުރިއަށް ގެންދާއިރު މި ކޭމްޕްގައި 34 އަންހެނުންނާއި 08 ފިރިހެނުން ބައިވެރިވެއެވެ. މި ކޭމްޕުގައި ކޯޗުކަން ކޮށްދެނީ ޕޮލިސް ކްލަބްގެ ވޮލީކޯޗެއްކަމަށްވާ ޕޮލިސް ކޯޕްރަލް މުހައްމަދު ޞާދިޤުއެވެ.

އަންހެން އަދި ފިރިހެނުންނަށް ވަކިވަކިން ކުރިއަށް ގެންދާ މި ކޯޗިންގ ކޭމްޕްގެ ބައިވެރިންގެ މެދުގައި ވޮލީ މެޗުތަކެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ފިރިހެނުންގެ ވޮލީ މެޗުގައި ކެޔޮދޫ ޓީމަކާއި ފެލިދޫގެ ޓީމަކާ އެކުވެރިކަމުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު އަންހެން ކޭމްޕްގެ ބައިވެރިންގެ ތެރެއިން ހޮވާލެވޭ ދެ ޓީމެއްގެ މެދުގައި އެކުވެރިކަމުގެ ވޮލީ މެޗެއްވެސް މާދަމާ ކުޅުމަށްވަނީ ހަމަޖެހިފައެވެ.ކުޅިވަރުގެ ތެރެއިން މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމާއި އަޚްލާޤާއި ސުލޫކު ބައްޓަންކުރުމުގެ މަޤުޞަދުގައި ފުލުހުން ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ޚާއްސަ ކަސްރަތު ޕްރޮގްރާމެއްވެސް ކުރިއަށް އެބަގެންދެއެވެ. ފުލުހުންގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންގެ ބެލުމުގެ ދަށުން 5 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިކަސްރަތު ޕްރޮގްރާމުގައި ކެޔޮދޫގެ 21 އަންހެނަކު ބައިވެރިވެއެވެ.

އަމާންވެށި ޕްރޮގްރާމްގެ ދަށުން ވ. ކެޔޮދޫގައި މިހާރު ކުރިއަށް ގެންދާ މުހިއްމު ކޭމްޕްތަކާއި ހަރަކާތްތައް ނިމިފައިވާއިރު ކުރިއަށް ދެން އޮންނާނީ ޕޮލިސް މެޑިކަލްގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ އެހީތެރިކަމާއެކު ބާއްވާ މެޑިކަލް ކޭމްޕެވެ. މި ކޭމްޕް ޚާއްސަ ކުރެވިފައިވަނީ އުމުރުން ދުވަސްވީ މީހުންނަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު