އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީރާ "ތިކުދިންގެ ހަވީރު" މާދަމާ ހުޅުމާލޭގައި ބާއްވަނީ..

މީރާ "ތިކުދިންގެ ހަވީރު" މާދަމާ ހުޅުމާލޭގައި ބާއްވަނީ..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބާއްވާ "ތިކުދިންގެ ހަވީރު" މާދަމާ ހުޅުމާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.

މިއީ އެ އޮތޯރިޓީގެ އަހަރީ ދުވަހާ ގުޅިގެން ކޮންމެ އަހަރަކުވެސް ފާހަގަ ކުރާ "ޓެކްސް ވީކް" ނިންމުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. އަދި މި ހަރަކާތް އޮންނާނީ ހުޅުމާލޭގެ ސެންޓްރަލް ޕާކް ގައެވެ.

މީރާ އާއެކު ދައުލަތުގެ މިނިވަން މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތައް ވެސް ބައިވެރިވެގެން ބާއްވާ މި އިވެންޓްގައި 28 ސްޓޯލާއި 80 އަށްވުރެ ގިނަ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

އޭގެ ތެރޭގައި ކުޑަކުދިންނާ ގުޅޭ ތަޢުލީމީ ޙަރަކާތްތަކާއި ކުޅިވަރާއި މުނިފޫހި ފިލުވުމުގެ އައިޓަމްތައްވެސް ހިމެނެއެވެ.

މީރާގެ 7 ވަނަ އަހަރީ ދުވަހާ ގުޅިގެން މިއަހަރު ކުރިއަށް ގެންދިޔަ "ޓެކްސް ވީކް" ގައި ޓެކްސް ދައްކާ ފަރާތްތަކަށާއި ޢާންމުންނަށް އަމާޒުކޮށް ބޭއްވި "އޯޕަން ޑޭ" އާއި މީރާގެ މުވައްޒަފުންނާއި ޢާންމު ބައެއް ފަރާތްތަކުގެ ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއްވެސް ވަނީ މިދިޔަ ހަފުތާގައި ބާއްވާފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް