އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރިސޯސް އިންޖިނިއަރިންގ އިން ދައުލަތަށް ދައްކަންޖެހޭ ފައިސާ 3 މަސްތެރޭގައި ދައްކަން ހުކުމްކޮށްފި

ރިސޯސް އިންޖިނިއަރިންގ އިން ދައުލަތަށް ދައްކަންޖެހޭ ފައިސާ 3 މަސްތެރޭގައި ދައްކަން ހުކުމްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 38 ސިކުންތު

ރިސޯސް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ދައްކަންޖެހޭ ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާ 3 މަސްދުވަހުގެ ތެރޭގައި މީރާއަށް ދައްކާ ޚަލާޞް ކުރުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

އެ ކޯޓުން މިގޮތަށް ހުކުމްކުރީ މި އޮގަސްޓް މަހުގެ 10 ވަނަ ދުވަހުއެވެ.

އެ ކުންފުނިން 31 މެއި 2017 ގެ ނިޔަލަށް ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހެނީ ޖުމްލަ 504,534/-ރ (ފަސްލައްކަ ހަތަރުހާސް ފަސްސަތޭކަ ތިރީސް ހަތަރު ރުފިޔާ) އެވެ. އަދި އެ ފައިސާ މީރާއަށް ދައްކާ ޚަލާޞް ކުރުމާއި ހަމައަށް އިތުރަށް އަރަމުންދާ ޖޫރިމަނާއަކީވެސް ދައްކަންޖެހޭ ފައިސާއެއް ކަމުގައި މި ހުކުމްގައި ވަނީ ކަނޑައަޅާފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު