އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަމީރު 15 ދުވަހަށް ބަންދުކޮށެއް ނުދިން- ތަޙްޤީޤުގަ ފުލުހުން ދޮގުމައުލޫމާތު ދިން: ވަކީލު

ސަމީރު 15 ދުވަހަށް ބަންދުކޮށެއް ނުދިން- ތަޙްޤީޤުގަ ފުލުހުން ދޮގުމައުލޫމާތު ދިން: ވަކީލު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަހްމަދު ސަމީރު "ހެކި ފޮރުވަފާނެކަމުގެ ބިރު އޮތުމުން 15 ދުވަހަށް ބަންދުކޮށްދިނުމަށް ފުލުހުން މިއަދު ކްރިމިނަލް ކޯޓުގައި އެދުނު ނަމަވެސް ޤަޟީ ނިންމެވީ ސަމީރު އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ކަމުގައި ސަމީރުގެ ވަކީލް ވިދާޅުވެއްޖެއެވެ.

ޝަރީއަތުގެ މަޖިލީހަށްފަހު ވަކީލް ވިދާޅުވީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައިވެސް ފުލުހުން ދޮގު މައުލޫމާތު ދިން ކަމަށެވެ. "ފުލުހުން ބުނެފައިވަނީ ސަމީރު ހައްޔަރުކުރީ ރޭގެ އެއްވުމުގެ ތެރެއިން ކަމަށް. ނަމަވެސް ސަމީރު ހައްޔަރުކޮށްފައިވަނީ އެފަދަ ކަމެއްގެ ތެރެއަކުން ނޫން. އަދި މީހަކު ބަންދުކުރުމުގެ ޤާނޫނީ އިޖުރާތުތައް ފުރިހަމަވެސް ނުކޮށްކަން އަޅުގަނޑުމެން ފާހަގކުރިން."

ސަމީރު ދުކޮށްލުމަށް ޤާޟީ ޝަރުޠުކުރެއްވި ކަންތައްތަކުގެތެރޭގައި ތަޙްޤީޤަށް އެއްބާރުލުން ދިނުމާއި ފޯނު ނަމްބަރު ދިނުމާއި ޖިނާޢީ ކުށެއް ކުރިއަށް އޮތްތަނުގައިވެސް ނުކުރުން ފަދަ ކަންކަން ހިމެނެއެވެ.

ސަމީރު މިއަދުވެސް ވިދާޅުވީ އޭނާއަކީ އެއްވެސް އިރެއްގައި ޖިނާޢީ ކުށެއް ކުރެއްވި ބޭފުޅެއް ނޫން ކަމަށާއި އަދި ދުވަހަކުވެސް ޤާނޫނާއި ޚިލާފަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

ފުލުހުން ސަމީރުގެ ދެއަތް ފުރަގަހަށް ބިޑިއަޅުވައި ކުއްލި ގޮތަކަށް ހައްޔަރުކޮށްގެން ގެންދިއައީ މ. ކުނޫޒް ކުރިމަތީގައި މީޑިއާއަށް މައުލޫމާތު ދެއްވަން ހުންނަވަނިކޮށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް