އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޔެކްސްގެ ޑިފެންޑަރު ޑަވިންސަން ސަންޗޭޒް ޓޮޓެންހަމްއަށް..!

އަޔެކްސްގެ ޑިފެންޑަރު ޑަވިންސަން ސަންޗޭޒް ޓޮޓެންހަމްއަށް..!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

އަޔެކްސްއަށް ކުޅެމުން އަންނަ ކޮލަމްބިއާގެ ހުނަރުވެރި ޑިފެންޑަރު ޑަވިންސަން ސަންޗޭޒް އިނގިރޭސި ކުލަބު ޓޮޓެންހަމްއަށް ބަދަލުވުމާއި ފިޔަވަޅެއް ގާތަށް ޖެހިލައިފިއެވެ.

ރިޕޯޓްތަށް ބުނާގޮތުން ސަންޗޭޒް ޓޮޓެންހަމްއަށް ބަދަލުވުމަށް ޓޮޓެނަހަމް އަދި އަޔެކްސް އެއްބަސްވުމަކަށް މިހާރު އަތުވެފައިވާކަމަށެވެ.

ރިޕޯޓުތަށް ބުނާގޮތުން އުމުރުން 21 އަހަރުގެ ސަންޗޭޒް ޓޮޓެންހަމްއަށް ބަދަލުވާނީ ފަސްއަހަރުގެ އެއްބަސްވުމެއްގެ ދަށުން 42 މިލިއަން ޕައުންޑްގެ އަގަކަށެވެ.

މިއީ އެޓީމަށް މި އަގުގައި ކުޅުންތެރިއަކު ގެން ފުރަތަމަ ފަހަރަށް ވުމާއި އެކު އޭނާ ވެގެން ދާނީ ޓޮޓެންހަމްގެ ތާރީހުގައި ވެސް އެންމެ ބޮޑު އަގެއްގައި އެ ކްލަބަށް ގެނައި ކުޅުންތެރިއާއަށެވެ.

ރިޕޯޓްތަށް ބުނާގޮތުން ސަންޗޭޒްއަށް ރަސްމީކޮށް ޓޮޓެންހަމްއަށް ބަދަލުވެވޭނީ އެ ކްލަބުގެ މެޑިކަލް ފުރިހަމަކުރުމަށްފަހު އިނގިރޭސިވިލާތަށް އައުމަށް އޭނާއަށް ވޯކް ޕާމިޓް ލިބުމުންނެވެ.

މިކަމާ ގުޅިގެން މީޑިއާއަށް ދިން ބަސްދީގަތުމެއްގައި ސަންޗޭޒް ބުނީ ޓޮޓެންހަމް ކަހަލަ ނަން މަޝްހޫރު ކްލަބަކަށް ބަދަލުވެވޭތީ، އެކަމާ އުފާކުރާ ކަމަށާއި މި ފުރުސަތަކީ އޭނާގެ ކެރިއަރަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

"މިއީ އަހަރެންގެ ފުޓްބޯޅަ ކެރިއަރަށް ލިބުނު ބޮޑު ކުރިއެރުމެއް. ވަރަށް ހިންހަމަ ޖެހިމަ މިހުރީ އެފަދަ ފުރުސަތެއް ލިބުނީމަ" ސަންޗޭޒް ބުންޏެވެ.

މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް އަޔެކްސްގައި ސަންޗޭޒް ދެއްކިއިރު މިދިޔަ ސީޒަނުގެ އެ ކްލަބުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވިފައިވަނީ އޭނާއެވެ.

ސަންޗޭޒް އަކީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި، ޓޮޓެންހަމްއަށް ގެނައި ފުރަތަމަ ކުޅުންތެރިއާކަން ފާހަގަކޮށްލެވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން