އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލީގުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ބަޔާންއިން ފެށުން ރަނގަޅުކޮށްފި.

ލީގުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ބަޔާންއިން ފެށުން ރަނގަޅުކޮށްފި.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

ޖަރުމަން ލިގުގައި ކުޅުނު ފުރަތަ މެޗުން މޮޅުވެ ޖަރުމަނު ލީގުގެ ފެށުން ބަޔާން މިއުނިކުން ރަނގަޅުކޮށްފިއެވެ.

ބަޔާން ލެވަކޫޝަންއާ ދެކޮޅަށް ކުޅުނު މެޗުން ބަޔާން މޮޅުވީ 0-2 ގެ ނަތީޖާއިންނެވެ.

ބަޔާންގެ ފަރާތުން ރަނގަޅު ކުޅުމެއް ރޭގެ މެޗުގައި ފެނިގެންދިޔައިރު މެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލަނޑު ޖަހާ ލީޑުނަގާފައެވެ. މި ލަނޑު މެޗުގެ ވަރަށް ކުރީކޮޅު ކާމިޔާބުކޮށްދިނީ، އެޓީމުގެ ޑިފެންޑަރު ނިކްލަސް ސޫލޭއެވެ.

ބަޔާންގެ ދެވަނަ ލަނޑު މެޗުގެ 19 މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމާ އަލަށް ގުޅުނު ޓޮލީސޯއެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ، ލެވަކޫސަންގެ ޕެނަލްޓީއޭރިއާގެ ތެރޭގައި ހުރެ، ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ބަޔާންއިން ނިންމާލިއިރު، ދެވަނަ ހާފްގެ ކުރީކޮޅު ރޮބަޓް ލެވެންޑޯސްކީ ވަނީ ބަޔާންގެ ތިންވަނަ ލަނޑު ޖަހާ ބަޔާންގެ ލީޑު ފުޅާކޮށްދީފައެވެ. ލެވެންޑޯސްކީ މި ގޯލު ކާމިޔާބުކުރީ، ބަޔާންއަށް ލިބުނު ޕެނަލްޓީއަކުންނެވެ.

މި މެޗުގައި ލެވަކޫސަންއިން ކާމިޔާބުކުރި ހަމައެކަނި ގޯލު، މެޗުގެ 65 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މެހްމެދީއެވެ.

ބަޔާން އަކީ ފާއިތުވި ފަސް އަހަރުވެސް، ޖަރުމަނު ލީގުގެ ޗެމްޕިއަނުންނެވެ.

ބަޔާންއިން ވަނީ، މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ރެއާލް މެޑްރިޑަށް ކުޅެމުން އައި، ހަމޭސް ރޮޑްރިގޭޒް ވެސް ގެނެސްފައެވެ.

މޮޅަކާއެކު ބަޔާންއިން ލީގު ފެށިއިރު، ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ ވާޑަ ބްރޭމަންއާއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން