އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވީޑީއޯ: ބިރުވެރި ހުވަފެން ފެންނަނީ ޝައިޠާނާގެ ކިބައިން- ކަންބޮޑުނުވޭ- އަޢޫޛް ކިޔައި ވައަތް ފަރާތަށް 3 ފަހަރު ފުމެލީމާ ޝައިޠާނާ ފިލާނެ

ވީޑީއޯ: ބިރުވެރި ހުވަފެން ފެންނަނީ ޝައިޠާނާގެ ކިބައިން- ކަންބޮޑުނުވޭ- އަޢޫޛް ކިޔައި ވައަތް ފަރާތަށް 3 ފަހަރު ފުމެލީމާ ޝައިޠާނާ ފިލާނެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

ޢާންމު ގޮތެއްގައި ހުވަފެން ބެހެނީ 3 ބައަކަށެވެ. އެކަންކަން ރަނގަޅަށް އެނގި ހޭލުންތެރިކަން އިތުރުކުރީމާ ހިތުގެ ނުތަނަވަސްކަން ފިލާނެއެވެ.

ފުރަތަމަ ބައަކީ މާތް ﷲ ގެ ޙަޟްރަތުން ފެންނަ ހުވަފެނެވެ. އަލިކަމާއި ފެހިކަމާއި ރީތި މަންޒަރުތަކާއި ދޫނިތައް އުދުހުމާއި އެފަދަ އުފާވެރި މަންޒަރުތައް ފެންނަނީ މާތް ﷲ ގެ ޙަޟްރަތުން ފެންނަ ހުވަފެންތަކުގައެވެ.

މިބާވަތުގެ ހުވަފެންތައް ގާތް މީހުންނާއި ހިއްޞާ ކުރުމަކީ ރަނގަޅުކަމެކެވެ. ނަމަވެސް އަދާވާތްތެރިންނާއި ގޮތް ނުއެނގޭ މީހުންނާއި ހިއްޞާ ކުރުމެއް ނެތެވެ.

ދެވަނަ ބާވަތަކީ ތިމާ އަބަދު ހިތުގައި އަޅައިގެން އުޅޭ ކަންކަން ފެންނަ ހުވަފެންތަކެވެ. މިސާލަކަށް މުއްސަނދިކަމާއި ތަނަވަސް ކަމަށް އަބަދު އެދިއެދި ހިތުގައި އަޅައިގެން ހުންނަ މީހަކަށް އެމީހަކު މުއްސަނދިވެގެން އުޅޭތަން ފެނިދާނެއެވެ. ވަކިކަމަކަށް ޝައުޤުވެރިވެގެން އުޅޭ މީހަކަށް އެކަމަކާއި ގުޅުން ހުންނަ ހުވަފެންތައް ފެނިދާނެއެވެ. މިފަދަ ހުވަފެންތައް ފެންނަނީ އެކަންކަމަށް ވިސްނޭތީއެވެ. ސިކުނޑީގައި ހުންނަ ފިކުރު ތަކުގެ ސަބަބުންނެވެ.

3 ވަނަ ބާވަތަކީ ބިރުވެރި ހުވަފެންތަކެވެ. އަނދިރިކަމާއި ނާމާންކަން ފެންނަ ހުވަފެންތަކެވެ. އެފަދަ ހުވަފެންތަކާއި ގުޅިގެން ކުއްލިއަކަށް ހޭވެސް ލެވިދާނެއެވެ. އަނގައިންވެސް ނުބުނެވިދާނެއެވެ. ހިރިވެސް ނުލެވިދާނެއެވެ.

ކަންބޮޑުނުވާށެވެ. މިބާވަތުގެ ހުވަފެންތައް ފެންނަނީ ޝައިޠާނާގެ ކިބައިންނެވެ. ހޭލެވުމާއިއެކު އަޢޫޛް ކިޔައި ބާރަށް ވައަތް ފަރާތަށް 3 ފަހަރު ފުމެލާށެވެ. ކުރިން ނިދަން އޮތް ފަރާތް ނޫން ފަރާތަށް އެނބުރި ނިދާށެވެ. ޝައިޠާނާ ދުވެފިލާނެއެވެ.

ނިދީގައި ޝައިޠާނާ މިފަދަ ހަމަލާތައް ފޮނުވަނީ އެކަންކަމަށް ކަންބޮޑުކުރުވާށެވެ. އެކަންކަމަށް ފިކުރު ކުރުވައި މާތްﷲ އާއިމެދު ވިސްނުމަށް ވަގުތު މަދުކުރުވާށެވެ. ޝައިޠާނާގެ ކިބައިން ފެންނަ ހުވަފެންތަކުގެ ވާހަކަ އެއްވެސް މީހަކަށް ކިޔައި ނުދޭށެވެ!

ޝައިޠާނާގެ މިބާވަތުގެ ހަމަލާތަކުން ސަލާމަތްވުމަށްޓަކައި ނިދުމުގެ ކުރިން ކުރަން ޖެހޭ ޛިކުރުތައް ކުރަން ފަރުވާތެރިވާށެވެ!

ޢިލްމުވެރިޔާގެ ވީޑިއޯ:

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް