އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަދު އެނގިގެން ދިއައީ އެންމެ ކުޑަ ރަށުގެ މީހުން ވެސް ސަރުކާރަށް އުންމީދާ ބިރުކަނޑާލައިފިކަން: ސަމީރު

މިއަދު އެނގިގެން ދިއައީ އެންމެ ކުޑަ ރަށުގެ މީހުން ވެސް ސަރުކާރަށް އުންމީދާ ބިރުކަނޑާލައިފިކަން: ސަމީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

މިއަދު ބޭއްވި ބ. ކަމަދޫ ބައި އިލެކްޝަނުންވެސް އެނގިގެންދިއައީ ރާއްޖޭގެ އެންމެ ކުޑަ ރަށުގައި ތިބި މަދު އަދަދެއްގެ ރައްޔިތުންކޮޅުވެސް މި ސަރުކާރަށް އުންމީދާއި ބިރު ކަނޑާލައިފިކަން ކަމަށް ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ސަމީރު ވިދާޅުވީ ބޮޑު ތަފާތަކުން ސަރުކާރުގެ ކެންޑިޑޭޓް މިއަދު ބަލިވުމުން އަންގައިދެނީ އެންމެ ކުޑަ ރަށުގެ ރައްޔިތުންވެސް އެމީހުންނަށް ސަރުކާރުން ކުރިމަތިކުރުވައިފާނެ ބިރަކަށް އެއްވެސް ވަރަކަށް ޖެހިލުން ނުވާކަން ކަމަށެވެ.

ސަމީރު ވިދާޅުވީ ރާއްޖޭގެ އާބީގެ ބޮޑުބައި ނުވަތަ ރައްޔިތުންގެ ގިނަ ބައަކު މިހާރު ސަރުކާރަށް އެއްވެސް ވަރަކަށް އިތުބާރު ނުކުރާ ކަމަށާއި ބައްވާ ކޮންމެ އިންތިޚާބެއްގައިވެސް ރައްޔިތުން ދާނީ އެކަން ދައްކަމުން ކަމަށެވެ.

ކަމަދޫގެ ނަތީޖާ އަށް ބަލާއިރު އެމްޑީޕީއަށް ލިބިފައިވަނީ 170 ވޯޓެވެ. އިންސައްތައިން ނަމަ 54.49 އިންސައްތައެވެ. ޕީޕީއެމްގެ ކެންޑިޑޭތަށް ލިބިފައިވަނީ 142 ވޯޓެވެ. އިންސައްތައިންނަމަ 45.51 އިންސައްތައެވެ. އެހެންކަމުން އެމްޑީޕީގެ ކެންޑިޑޭޓް ކުރި ހޯދާފައިވަނީ 8.9 އިންސައްތައިގެ ތަފާތަކުންނެވެ.

ޕީޕީއެމްގެ ސަޕޯޓަރުން ބުނަނީ ކަމަދޫ އަކީ އެމްޑީޕީގެ ރަށެއް ކަމަށާއި އެމްޑީޕީގެ ރަށަކުން ޕީޕީއެމްއަށް ލިބިފައިވަނީ ކާމިޔާބީ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް