އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެއަށް "އޮން-ސްޕޮޓް" ބިލިންގ ނިޒާމް އެމްޑަބްލިއުއެސްސީ އިން ތަޢާރަފް ކޮށްފި

ރާއްޖެއަށް "އޮން-ސްޕޮޓް" ބިލިންގ ނިޒާމް އެމްޑަބްލިއުއެސްސީ އިން ތަޢާރަފް ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

ރާއްޖެއަށް މުޅިން އައު ނިޒާމެއް ކަމުގައިވާ "އޮން-ސްޕޮޓް" ބިލިންގ ގެ ޚިދުމަތް މޯލްޑިވްސް އޯޓަރ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ތަޢާރަފް ކޮށްފިއެވެ. މީޓަރ ރީޑިންގ ނަގާ، ވަގުތުން ބިލް ދޫކުރުރެވޭ ނިޒާމް މިރޭ ތަޢާރަފްކޮށް ދެއްވީ މިނިސްޓަރ އޮފް އެންވައިރަމެންޓް އެންޑް އެނާޖީ ޠާރިޤް އިބްރާހިމް އެވެ.

އެމްޑަބްލިއުއެސްސީ އަށް 22 އަހަރު ފުރުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި މިޚާއްސަ ރަސްމިއްޔާތުގައި ސެލްފް ސަރވިސް ކިއޮސްކް އާއި އެމްޑަބްލިއުއެސްސީ ގެ މޯބައިލް އެޕްލިކޭޝަން ވެސް ވަނީ ތަޢާރަފް ކޮށްފައެވެ. މިޚިދުމަތް ތަޢާރަފް ކޮށްދެއްވީ އެމްޑަބްލިއުއެސްސީ ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް އެވެ.

މިރޭގެ މިރަސްމިއްޔާތުގައި، އެމްޑަބްލިއުއެސްސީ ގެ، ފާހަގަ ކޮށްލެވޭ އެކިއެކި ދާއިރާތަކުން، ވަނަވަނަ ހޯދި މުވައްޒަފުންނަށް އިނާމުވެސް ބައްސަވާ ދެއްވާފައިވެއެވެ. އެގޮތުން ހުށަހެޅުނު ބައެއް ދާއިރާތަކަކީ

- ސްޓާފް އެޗީވްމެންޓް އެވާޑް
‍- ސްޓާފް ލޯންގް ސަރވިސް އެވާޑް (10 އަހަރާއި 20 އަހަރު ދުވަސް ވަންދެން ޚިދްމަތް ކޮށްދީފައިވާ މުވައްޒަފުން)
- މޯސްޓް ޕްރޮމިސިންގ އެމްޕްލޮޔީ
- އެމްޕްލޮޔީ ފޮ ޓީމްވޯކް
- ޕްރޮޑަކްޓިވް އެމްޕްލޮޔީ
- މުޅިން އަލަށް ތަޢާރަފް ކުރި "މެނޭޖިންގ ޑިރެކްޓަރސް އެވާޑް"
- ޗެއާމަންސް އެކްސެލެންސް އެވާޑް

މިރޭގެ މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޝަރަފްވެރި މެހެމާން ޠާރިޤް އިބްރާހިމް ވަނީ ފާއިތުވީ 22 އަހަރު އެމްޑަބްލިއުއެސްސީ އިންހޯދާފައިވާ ކާމިޔާބީތައް ވެސް ފާހަގަ ކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ 50 އަށް ވުރެ ގިނަ ރަށްރަށުގައި ފެނުގެ ޕްރޮޖެކްޓުތައް މިހާރު ހިނގަމުންދާކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ވޭތުވެދިޔަ ދެ އަހަރު ދުވަސް ތެރޭގައި ބައިނަލްއަޤްވާމީ ނުވަ ޕްރޮޖެކްޓް އެމްޑަބްލިއުއެސްސީ އިން ކާމިޔާބު ކޮށްފައިވާކަން ވެސް މިނިސްޓަރ ޠާރިޤްފާހަގަ ކުރައްވާފައިވެއެެވެ.

އެމްޑަބްލިއުއެސްސި އިން މިރޭ އަލަށް ތަޢާރަފް ކުރެއްވި ނިޒާމުން، ފެން މީޓަރުގެ ރީޑިންގ ނެގުމަށްފަހު ބިލްކޮޅު ވަގުތުން ޕްރިންޓްކޮށް ކަސްޓަމަރުންނާއި ހަވާލު ކުރެވޭނެ ކަމަށް އެކުންފުނިން މަޢުލޫމާތު ދީފައިިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ