އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖުމެއިރާ ބޮލި ކްރިކެޓް ލީގުގެ ޗެމްޕިއަންކަން އަޒީބާއީ ޓީމު ދިފާޢުކޮށްފި

ޖުމެއިރާ ބޮލި ކްރިކެޓް ލީގުގެ ޗެމްޕިއަންކަން އަޒީބާއީ ޓީމު ދިފާޢުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

ޖުމެއިރާ ބޮލި ކްރިކެޓް ލީގުގެ ޗެމްޕިއަންކަން އަޒީބާއީ ޓީމު ދިފާޢުކޮށްފިއެވެ.

ފައިބެއަހަރުގެވެސް ޗެމްޕިއަން އެޓީމުން ހޯދީ ސުޕަރ ކިންގ ޓީމާއި ބައްދަލުކުރި ފައިނަލު މެޗު ކާމިޔާބުކޮށްގެންނެވެ.

ޖުމެއިރާ ބޮލި ކޮމެޓީ އާއި އެޗްއާރް ޑިޕާޓްމެންޓު ގުޅިގެން ބޭއްވި މި މުބާރާތުގެ ފައިނަލް މެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގެ މޭން އޮފް ދަ މެޗުގެ މަޤާމަށާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ އަޒީބާއީގެ އެމްޑީ އާރިފްއެވެ.

އެންމެ މޮޅު ބޯލަރ (އުކުންތެރިޔާ) ގެ މަޤާމަށް އަޒީބާއީގެ ޝާހާލަމް ހޮވިފައިވާ އިރު، އެންމެ މޮޅު ބެޓްސްމަން (ކުޅުންތެރިޔާ)ގެ މަޤާމަށް ހޮވިފައިވަނީ ސްޕަރ ކިންގ ޓީމުގެ މުކުޅަސްއެވެ.

ފައިނަލް މެޗު ނިމުމުން ވަނަތަކަށް ހޮވުނު ފަރާތްތަކަށާއި ޗެމްޕިއަން އަދި ރަނަރ-އަޕް ޓީމަށް ތައްޓާއި މެޑެލް ޙަވާލުކޮށްދެއްވީ ޖެނެރަލް މެނޭޖަރ މިސްޓަރ އަމިތުއެވެ. އަދި ޖެނެރަލް މެނޭޖަރ އަމިތު ވަނީ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމެއްވެސް ދީފައެވެ.

މި މުބާރާތުގެ ފޯރި އިތުރަށްގަދަކޮށް، ހުރިހާ މުއައްޒަފުންގެ ހަމަހަމަކަން ދައްކައިދިނުމުގެ ގޮތުން ވަނީ ފައިނަލުމެޗު ފެށުމުގެ ކުރިން ހެޑް އޮފް ޑިޕާޓްމެންޓްސް (އެޗްއޯޑީ) އާއި މެނޭޖަރުންގެ ތެރެއިން ހޮވާލި ޓީމަކާއި މުއައްޒަފުންގެ ތެރެއިން ހޮވާލި ޓީމަކާދެމެދު އެކުވެރިކަމުގެ ކްރިކެޓް މެޗެއް ވަނީ ކުޅެފައެވެ. މި މެޗު ކާމިޔާބުކުރީ އެޗްއޯޑީ އާއި މެނޭޖަރުންގެ ޓީމެވެ.

މިއީ އެ ރިސޯޓުގައި މަސައްކަތްކުރާ މުއައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް ދިރުވައި، އެއްތަނަކުން ހުރިހާ މުއައްޒަފުން ބައްދަލުވެ އުޅުމުގެ މަޤުޞަދުގައި ބާއްވާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި އެ ރިސޯޓުގެ އެކި ޑިޕާޓްމެންޓުތަކުން 7 ޓީމުވަނީ ބައިވެރިވެފައެވެ.

ޖުމެއިރާ ރިސޯޓަކީ މުއައްޒަފުންނަށް ތަފާތު އެކި ކުޅިވަރުތައް ރާވާ ރިސޯޓެކެވެ. އަދި އިޖުތިމާޢީ ގިނަ ހަރަކާތްތަކެއްވެސް ހިންގަމުން އަންނަ ރިސޯޓެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







ނޮންސް 2017-08-21 11:35:38

ސާބަހޭ އަޒީ ބާއި


މުހައްމަދު އަފްރާޙް