އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިމަރަފުށީ ފިހާރައަކުން ވަގަށް ނަގާފައިވާ ފައިސާތަކެއް ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފި

ތިމަރަފުށީ ފިހާރައަކުން ވަގަށް ނަގާފައިވާ ފައިސާތަކެއް ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 46 ސިކުންތު

ތ. ތިމަރަފުށި ފިހާރައަކުން ވަގަށް ނަގާފައިވާ 4000 ރުފިޔާ ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.

އޮގަސްޓް މަހުގެ 14 ވަނަ ދުވަހުގެ ވަގުތެއްގައި ފިހާރައަކުން ވައްކަންކޮށްފައިވާކަމަށް ބުނެ ތިމަރަފުށީ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައާ ގުޅިގެން ފުލުހުން ކުރަމުންދިޔަ މަސައްކަތުން ވަގަށް ނަގާފައިވާ ފައިސާތައް ހޯދާފައިވަނީ ތިމަފަރުށީ މެޖިސްޓްރޭޓް ކޯޓުގެ ފާރުކައިރީ ވަޅުލާފައިވަނިކޮށެވެ.

މިމައްސަލައާއި ގުޅިގެން 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތ. ވޭމަންޑޫ މެޖިސްްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެެއްގައި ބަންދުގައި ބެހެއްޓުމަށް މުއްދަތު ދީފައެވެ. އެގޮތުން ފުރަތަމަ ދިން 6 ދުވަހުގެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުންވަނީ 4 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ޙަބަރު ޕޮލިސް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު