އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހައްޖަށް ދިއަ މީހުންގެ އަދަދު އިތުރުވެ 24 އިންސައްތައިގެ ކުރިއެރުމެއް!

ހައްޖަށް ދިއަ މީހުންގެ އަދަދު އިތުރުވެ 24 އިންސައްތައިގެ ކުރިއެރުމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 49 ސިކުންތު

މިއަހަރު ހައްޖަށް ދިއަ މީހުންގެ އަދަދު އިތުރުވެ 24 އިންސައތައިގެ ކުރިއެރުމެއް ލިބިއްޖެއެވެ. ހުކުރު ދުވަހާއި ހަމައަށް ބަލާއިރު 1.07 މިލިއަން މީހުން ވަނީ ހައްޖަށް ގޮސްފައެވެ. އެއީ މިދިއަ އަހަރުގެ އެދުވަހާއި ހަމައަށް ބަލާއިރު 204،302 މީހުން އިތުރު އަދަދެކެވެ.

ސައުދިއަރަބިޔާއިން އެދެމުން ގެންދަނީ ހައްޖުވެރިން އަޅުކަމުގައި އުޅުމަށާއި ސިޔާސީ ކަންކަމުގެ ތެރެއަށް ނުވަނުމަށެވެ. އަދި ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގައިވެސް އެހެން މީހުންނަށް ޖާގަދީ އޯގާތެރިވުމަށެވެ.

ހައްޖަށް ގޮސް ހުންނަ މީހަކުވެސް ސަމާލުކަން ދޭންޖެހޭނީ އެންމެންނާއިވެސް އެކުވެރިކަމާއިއެކުގައި މުޢާމަލާތު ކުރުމަށް ކަމަށާއި މަގު އޮޅުން ފަދަ ކަމެއް މީހަކަށް މެދުވެރިވެގެން ސުވާލެއް ކޮށްފިނަމަވެސް އެމީހަކަށް އެނގޭ މިންވަރަކުން ބުނެދިނުމަށްވެސް ވަނީ އެދިފައެވެ.

ހައްޖު މިނިސްޓްރީން ބުނެފައިވަނީ ހައްޖުވެރިންނަށް އެހީތެރިވުމަށް އެތައް ހާސް ބައަކު ހަރަމްފުޅުގެ ސަރަހައްދުގައާއި އެނޫންވެސް ސަރަހައްދުތަކުގައި ހަރަކާތްތެރިވާނެ ކަމަށެވެ. އެއްވެސް އެހީއަކަށް ބޭނުންވެގެން އެދިއްޖެނަމަ އެމީހުންގެ އެހީތެރިކަން ލިބޭނެ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް