އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފާރިހާ ދަރިފުޅު މަރާލީ އެއްވެސް ރަޙުމެއް ނެތި

ފާރިހާ ދަރިފުޅު މަރާލީ އެއްވެސް ރަޙުމެއް ނެތި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 16 ސިކުންތު

މިއީ ކޮންކަހަލަ ޒަމާނެއް ހެއްޔެވެ. ދަރިއަކު ލިބުމުގެ އުފަލަކަށް އެދިއެދި އެއްބައި މީހުން ތާއަބަދުމެ ދުޢާކޮށް ރޮމުން ގެންދާއިރު، އަނެއް ބަޔަކު ބަލަނީ އަމިއްލަ ދަރިން ދުނިޔެއަށް އުފަން ކުރުމަށްފަހު، އެކުޑަކުޑަ ފުރާނައިގެ ހިތު ވިންދު ހުއްޓުވާލާ، ދުނިޔެއަށް ނޭވާލުން ވެސް ކަނޑުވާލެވޭތޯ އެވެ. ދުނިޔޭގެ އެކިކަންކޮޅު ތަކުގެ މީހުން މިރަޙުމު ކުޑަ ޢަމަލު ހިންގަމުން ދާއިރު، ރާއްޖެ ވެސް މިވަނީ މިހާރު އެލިސްޓަށް އިތުރުވެފައެވެ.

މީގެ ތިން އަހަރު ކުރިން އުމުރުން ތިން އަހަރުގެ ކުޑަކުޑަ އިބްތިހާލް ގެ މަރާއިއެކު މުޅި ރާއްޖެ ސިހުނެވެ. އެންމެ ބޮޑަށް ސިހި ހައިރާންވީ، އެއްވެސް ރަހުމެއްނެތި އިބްތިހާލް އަށް އަނިޔާކޮށް އޭނާގެ ދުވަސް ދުއްވާލި ގާތިލަކީ އޭނާގެ މަންމަ ކަމުގައިވުމުންނެވެ.

އެއަށްފަހު އަނެއްކާވެސް އަނެއް މަރެވެ. ތުއްތު ތުއްތު އަންހެން ކުއްޖެއްގެއެވެ. އެކުއްޖާފުޅު ދުނިޔެއަށް އައިތާ މާގިނަ އިރުތަކެއް ވެސް ނުވެ، އޭނާގެ މަންމަ ބ.ތުޅާދޫ ހުދުއަސުރުމާގެ ފާރިހާ ޢަބްދުއްރަޙްމާން ވަނީ، އެކުއްޖާ މިދުނިޔެއާއި ވަކިކޮށްލާފައެވެ. ފާރިހާ އެލާއިންސާނީ ޢަމަލު ހިންގި ގޮތް، އޭނާ ވަނީ އޭނާގެ ޑޮކްޓަރަށް ކިޔާދީފައެވެ.

މެޑިކޯ ލީގަލް ރިޕޯޓު ތައްޔާރުކުރި ޑޮކްޓަރު ކަމުގައިވާ ޑރ. އައިޝަތު ޢަލީ ވަނީ އިއްޔެގެ ޝަރީޢަތުގެ މަޖިލީހުގައި މިކަމާއި ގުޅިގެން ހެކިބަސް ދީފައެވެ.

މީގެ ދެއަހަރު ކުރިން، ބ.ތުޅާދޫގައި ފާރިހާ އޭނާގެ ދަރިފުޅު ފެންހިންދާ ވަޅުގަނޑަކަށް އެއްލާލާ މަރާލި ގޮތުގެ ވާހަކަ އަދިވެސް އެޑޮކްޓަރު ހަނދާން އެބަހުއްޓެވެ. އޭނާ ބުނިގޮތުގައި އެހާދިސާ ސިއްހީ މަރުކަޒަށް އެންގީ ފާރިހާގެ މަންމަ، އެސެންޓަރަށް ގުޅައިގެންނެވެ. އެގެއަށް ފުރަތަމަ ދިޔައީ ހެލްތު އޮފިސަރެކެވެ. އޭނާ އެގެއަށް ގޮސް ބެލުމަށްފަހު، މަރުވެފައި ކުއްޖަކު އޮތްކަމަށް ރިޕޯޓު ކުރުމުން އެގެއަށް ޑޮކްޓަރު ދިޔައެވެ.

"އަޅުގަނޑު އެގެއަށް ދިޔައިރު ފާރިހާ އޮތީ މޫނު ނުފެންނަހެން ގޮދަޑީގައި ބަންޑުން. އެތަނުގައި ވަރަށް ގިނަ މީހުން ވެސް ތިބި. އެހެންވެ ފާރިހާ އެހެން ކޮޓަރިއަކަށް ގެންދިޔުމަށް އަހަރެން އެދުނިން." ޑޮކްޓަރު ހެކިބަސް ދެމުން ވިދާޅުވިއެވެ. ޑޮކްޓަރު ވިދަޅުވި ގޮތުގައި އެތުއްތު ކުއްޖާ އޮތީ ބާލިދީ އަކަށް ލާފައި، މަތިން ނޫސް ކަރުދާސް ވެސް އަޅާފައެވެ. އަދި އެއީ ބަރުދަނުގައި 2.8 ކިލޯ ހުރި ސިއްޙަތު ރަނގަޅު އަންހެން ކުއްޖެއް ކަމަށް ވެސް ޑޮކްޓަރު ވިދާޅުވިއެވެ.

ފާރިހާ ބުނިގޮތުގައި އޭނާ އެކުއްޖާ ވިހެއީ އެކަނިމާ އެކަނި އޮވެ އަމިއްލައަކަށެވެ. އަދި ވިހެއުމަށްފަހު އެތުއްތު ކުއްޖާގެ ރުއިމުގެ އަޑުވެސް އޭނާއަށް އިވުނު ކަމަށް ފާރިހާ ބުނެފައިވެއެވެ.

އެހެން މައިން، އެމީހުންގެ ދަރިން ވިހެއުމަށްފަހު އެންމެ ފުރަތަމަ ކަމަކަށް ކުރަން ބޭނުންވާ ކަމަކީ ދަރިފުޅު ދެކިލުމެވެ. އަދި އެއަށްފަހު ދަރިފުޅަށް ގާތުން ދިނުމަށް އެމައިން ބޭނުންވެއެވެ. ނަމަވެސް ފާރިހާ ތަފާތެވެ. އޭނާ އެންމެ ފުރަތަމަ ވެސް މަސައްކަތް ކުރީ، އޭގެ އިރުކޮޅެއް ކުރިން ވިހެއުމުގެ ވޭން ތަޙައްމަލުކޮށް މިދުނިޔެއަށް އުފަން ކުރި ތުއްތު ދަރިފުޅު، ފާހަނާ ތައްޓަށްލާ ފްލަޝްކޮށް މަރާލާށެވެ. ނަމަވެސް ދަރިފުޅު ބޮޑުކަމުން އެކަން ކާމިޔާބު ނުވީ ކަމަށް ފާރިހާ އެޑޮކްޓަރު ގާތު ބުނެފައިވާއިރު، އެވަރުން އެރަޙުމު ކުޑަ ޢަމަލު ހިންގުން ހުއްޓާލަން ފާރިހާގެ ހިތަކަށް ނޭރިއެވެ.

ކުއްޖާ މަރާލުމަށް، އެކުއްޖާ ކޮތަޅަކަށްލާ، މަތިން ކަރުދާސް އޮޅާ ފެންހިންދާ ވަޅުގަނޑަށް އެއްލާލިއެވެ. ޝަރީޢަތުގެ މަޖިލީހަށް ޑޮކްޓަރު މިވާހަކަ ކިޔާދިނުމަށްފަހު ވިދާޅުވީ އެތުއްތު ކުއްޖާ މަރުވެފައިވަނީ "އެކްފިކްސިއާ" ނުވަތަ އޮކްސިޖަން ނުލިބުުގެ ސަބަބުންނެވެ. މީގެއިތުރުން ޑޮކްޓަރު ވިދާޅުވީ، ނޭވާ ނުލެވުމުގެ ސަބަބުން އެކުއްޖާގެ ލޯ ބޭރަށް ނިކުމެ، ދޫވެސް ބޭރަށް ނިކުމެފައިވާ ކަމަށެވެ. އަދި އެކުއްޖާ އޮތީ ނޫކުލަ އަރާ، ބުރަކަށިން ހަންނޮޅި، ނިތް ކުރިން ވެސް ހަން ފޮޅިފައި ކަމަށް ވެސް ޑޮކްޓަރު ވިދާޅުވިއެވެ.

ފާރިހާ ވިހާފައިވަނީ 27 ޖުލައި 2015 ގެ ރޭގަނޑު 11 އާއި 12 އާއި ދެމެދުގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







ދިވެހިދަރިއެއް 2017-08-22 19:02:21

މުޅިދުނިޔެވެސްބަލަނީ އަންހެނުންނަންކުރާއަނިޔާއާދެކޮޅައް ހަގީގަތަކީ އަންހެނުންކުރާއަނިޔާމާގިނަވެފާ މާނުރައްކާ ކުދިންނައްކުރާ އަނިޔާއާއި ފިރިމީހަޔައްކުރާއަނިޔާ މާގިނަވެފާ މާނުރައްކާ


މަރިޔަމް ވަހީދާ