އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސްޕްރީމް ކޯޓުގައި ކުރަނީ އާދޭސް- އިލްތިމާސްކުރަނީ މެންބަރުންގެ ޙުކުމް އަވަސްކޮށްދެއްވަން: ޢަލީ ޙުސައިން

ސްޕްރީމް ކޯޓުގައި ކުރަނީ އާދޭސް- އިލްތިމާސްކުރަނީ މެންބަރުންގެ ޙުކުމް އަވަސްކޮށްދެއްވަން: ޢަލީ ޙުސައިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

އިދިކޮޅު ކޯލިޝަނުން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގައި ކުރަނީ އާދޭސް ކަމަށާއި އިލްތިމާސްކޮށް އެދެމުން ގެންދަނީ ސްޕްރީމް ކޯޓުން ބަލައި ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ 4 މެންބަރުންގެ މައްސަލައިގައި ހުކުމް ކޮށްދެއްވުން އަވަސްކޮށްދެއްވުމަށް ކަމަށް އިދިކޮޅު ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ ޤާނޫނީ ވަކީލް، ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ޢަލީ ހުސައިން ވިދާޅުވީ އެ މައްސަލަތަކުގެ ޙުކުމް އިއްވުން ލަސްވެފައިވާތީ ބޮޑެތި މައްސަލަތައް ކުރިމަތިވަމުން އަންނަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޤައުމުގެ ކަންކަން މިހާރު މިވަނީ ވަރަށް ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ގޮސްފައި ކަމަށާއި ޤައުމުގެ ކަންކަން މިވަނީ ހުއްޓުމަކަށް ވެސް އައިސްފައި ކަމަށެވެ.

ޢަލީ ޙުސައިން ވިދާޅުވީ މިހާލަތުގައި ކަންކަން ހުރުމުން ހުކުމް އިއްވައިދެއްވުން އަވަސްކޮށްދެއްވައިތޯ އިލްތިމާސް ކުރުމަކީ ކޯޓުތަކާއި ފަނޑިޔާރުންގެ މައްޗަށް ނުވަތަ ކުރިއަށް ގެންދާ ޝަރީއަތަކަށް ނުފޫޒު ފޯރުވުންވެސް ނޫން ކަމަށެވެ. "އެއީ ބިރު ދެއްކުމެއް ނޫން. ނުފުޒު ފޯރުވުމެއްވެސް ނޫން."

ޢަލީ ހުސައިން ވިދާޅުވީ މައްސަލަ ބަލައި ނިމުމުން ގިނަ މެންބަރުން އިއްތިފާޤްވާ ގޮތަކަށް ޙުކުމް ކުރުމުން އެކަން ނިމުނީ ކަމަށެވެ. ތަފާތު ރައުޔެއް އޮތް ނަމަ އެ ފަނޑިޔާރެއްގެ ރައުޔު ހުކުމުގައި ބަޔާން ކުރުމުން އެކަން ނިމުނީީ ކަމަށެވެ. މީގެ ކުރިންވެސް އަމަލުކުރަމުން އަންނަނީ އެ އުޞޫލުން ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް