އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެވަނަ އަނތްބެއް ލިބުމުން ދޮށީ އަނތްބާއިމެދު ފަރުވާ ކުޑަ ކުރެވުނު

ދެވަނަ އަނތްބެއް ލިބުމުން ދޮށީ އަނތްބާއިމެދު ފަރުވާ ކުޑަ ކުރެވުނު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 10 ސިކުންތު

އަހަރެން އަހަރެންގެ ދޮށީ އަނތްބާއި ވެސް ކައިވެނި ކުރީ ލޯބިންނެވެ. އޭނާއަކީ ގެވެހި، އަދި އެހާމެ ހިތްހެޔޮ މީހެކެވެ. އެއްވެސް މީހަކާއި ދިމާލަށް ދުވަހަކުވެސް އެއްޗެއް ނުބުނެއެވެ. އަދި އެހާމެ ދީނަށްވެސް ލޯބި ކުރާ ހެޔޮލަފާ ސޯލިޙު އަނތްބެކެވެ.

ދެވަނަ ކައިވެންޏެއް އަހަރެން ކުރަން ބޭނުންވީ ދޮށީ އަނބިމީހާގެ އެއްވެސް ކުށެއް ނުވަތަ ދޮށީ އަނބިމީހާ ދެކެ އެއްވެސް ވަރަކަށް ފޫހި ވެގެނެއް ވެސް ނޫނެވެ. އެއީ ހަމަ އަހަރެން ބޭނުން ވެގެންނެވެ. އަހަރެންގެ ހަގު އަނބިވެސް ގެނައީ ހަމަ އަހަރުމެންގެ ގެއަށެވެ. ދޮށީ އަނބި އޭނާއަށް މަރުޙަބާ ކިއެވެ. އަހަރެން އެކަމާއި ވަރަށް އުފާވެ ދެ އަނބިންނާއިއެކު ނުހަނު އުފަލުގައި އުޅުނީމެވެ.

އެއްދުވަހުގެ ހަވީރުގެ ވަގުތެއްގައި އަހަރުމެންގެ ގެއަށް އަހަރެންގެ ދޮށީ އަނބިމީހާގެ ދެބެންގެ ދެދަރި ފިރިހެން ކުއްޖެއް ދިޔައެވެ. އޭނާއާއި ވާހަކަ ދައްކަން ދޮށީ އަނބި ވަރަށް ގިނައިރު އިނެވެ. ހީހީފައި ދެމީހުން ސަމާސާ ކޮށްފައި ވާހަކަ ދައްކާ މަންޒަރު ފެނުމުން އަހަރެން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނެވެ. ކޮންމެވެސް އެއްޗެކޭ ކިޔާފައި ދޮށީ އަނބި އެތަނުން އިރުއިރުކޮޅާ ފޮނުވާލެވޭތޯ އަހަރެން ބެލީމެވެ. ނަމަވެސް އަހަރެން ބުނާ ކަމެއް ކޮށްފައި އައިސްވެސް ދޮށީ އަނބި އޭނާގެ ތިމާގެ މީހާއާއި ވަރަށް ވާހަކަ ދެއްކިއެވެ. ދުވަހަކުވެސް ނުދެކޭހާ އުފަލުން އިނދެއެވެ.

ކޮންމެހެނަކަސް، އޭގެ ދެ ގަޑީރު ފަހުން އެމީހާ އަހަރުމެންގެ ގެއިން ދިޔައެވެ. އޭނާ ދިޔުމާއިއެކު އަހަރެންގެ ދޮށީ އަނބިމީހާގެ ހިނިތުންވުން ފިލާ، އެމޫނު މައްޗަށް އަނެއްކާވެސް މާޔޫސްކަމާއި މަޑުމޮޅިކަން ވެރިވިއެވެ. ދޮށީ އަނބިމީހާ ކޮޓަރިއަށް ދިޔުމުން އަހަރެން ކަންތައްތަކާއި ވިސްނާލީމެވެ. ކުއްލިއަކަށް އޭނާ އެހާ އެކަނިވެރިވީ ކީއްވެބާއެވެ. އަދި އަހަންނާއި ވެސް އެގޮތަށް ހުރިހާ ވާހަކައެއް ނުދައްކަނީ ކީއްވެބާއެވެ.

އަހަރެން ދޮށީ އަނބިމީހާ ކައިރިއަށް އެކޮޓަރިއަށް ދިޔައިމެވެ. އަދި އޭނާގެ ދެއަތް ތިލާގައި ހިފާފައި، އަހަންނާއި ވާހަކަ ދައްކަން ބުނެ، މާތް ރަސްކަލާނގެ ރަސްކަންފުޅަށްޓަކައި ވެސް އަހަންނަށް ހުރިހާ އެއްޗެއް ކިޔާދޭން ބުނީމެވެ.

އޭނާ އަހަންނަށް ހުރިހާ އެއްޗެއް ވެސް ކިޔާދިނެވެ. ޙަޤީޤަތުގައި ކުށް އޮތީ އަހަރެންގެ އެވެ. އެއީ އަހަންނަށް ދޮށީ އަނތްބަށް އަޅާނުލެވުނީއެވެ. ސަމާލުކަން ވެސް ނުދެވުނީއެވެ. ހަގު އަނތްބާއި ރައްޓެހި ވެގެން އުޅުނު ދުވަސްކޮޅު އަހަރެން ކަންތައް ކުރިގޮތް އޭނާ އަހަންނަށް ހަނދާންކޮށް ދިނެވެ. އޭނާ ކިތަންމެ ވަރަކަށް އަހަންނަށް ގުޅާ މެސެޖު ކުރިޔަސް އެނާއަށް ޖަވާބެއް ދޭން އަހަރެންގެ ހިތަށް ނޭރިކަމެވެ.

ނަމަވެސް ގެއަށް އައުމާއިއެކީ ހަގު އަނތްބަށް މެސެޖުކުރުމަށް އަހަރެން އަވަސްވެ ގަތުމާއި ހަގު އަނބީގެ ކޯލަކަށް އަހަރެން އިންތިޒާރު ކުރި މަންޒަރު އޭނާއަށް ފެނުންކަމެވެ. ކުދިކުދި ކަންތައްތަކާއި އަހަރެން ރުޅިއަންނަން ފެށިކަމާއި، އަހަރެންގެ ޝަކުވާތަށް ގިނަވުމާއި ކޮށްދޭ އެއްވެސް ކަމެއް ނުފެނުންވެސް އިތުރުވުމެވެ. އަހަންނަށް އަންނަން ފެށި ބަދަލަކީ އޭނާގެ ސަބަބުން ވާން ފެށި ކަމެއްކަމަށް ހީވެ އަމިއްލަ ނަފްސު ކުށްވެރިކޮށް އަހަރެން ދޮށީ އަނބި މަތިން ފޫހިވިޔަ ނުދިނުމަށްޓަކައި އޭނާ، އަހަންނަށްޓަކައި ރީތިވެވޭތޯ މަސައްކަތް ކުރިކަމާއި ނަމަވެސް އޭގެން އެއްވެސް ކަމެއްވެސް އަހަންނަށް ނުފެނުނު ކަމެވެ. އަހަންނަށް އޭނާ އެއްގޮތަކަށް ވެސް ނުފެންނަ ފަދައޭ އޭނާ ބުންޏެވެ.

އަހަރެންގެ ދެލޮލުން ކަރުނަތައް ފޫދެން ފެށިއެވެ. ތެދެކެވެ. އައު އަނތްބެއް ލިބެން އުޅުމުގެ ފޯރީގައި އަހަރެން، އަހަންނާއިއެކު 14 އަހަރު ވަންދެން އުޅުނު އަނބިމީހާ މަތިން ހަނދާން ނެތުނީއެވެ. އޭނާއާއި މެދު ބޭއިންސާފުކޮށް ކަންތައް ކުރެވުނީއެވެ. އިސްލާމްދީނުގައި ފިރިހެނަކަށް ހަތަރު އަނބިން ހުއްދަ ކުރައްވާފައިވަނީ، އެކަން ކުރުމުގެ ޤާބިލްކަން މާއްދީ ގޮތުން ހުރުމާއިއެކު، ހުރިހާ އަނބިންނަށް ވެސް ހަމަހަމައަށް ކަންތައް ކޮށްދެވޭނެ ކަމުގެ ޤާބިލްކަން ވެސް ހުރެގެންކަން އަހަރެން ހަނދާން ނެތުނީއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ