އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަމިއްލަ ފަރުދަކާއި ކުންފުންޏަކުން މީރާއަށް ޖީ.އެސް.ޓީ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި

އަމިއްލަ ފަރުދަކާއި ކުންފުންޏަކުން މީރާއަށް ޖީ.އެސް.ޓީ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު

އަމިއްލަ ފަރުދަކާއި ކުންފުންޏަކުން މީރާއަށް ޖީ.އެސް.ޓީ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

އެގޮތުން ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ ހއ. ފިއްލަދޫ، ހީނާގެ ޢާއިޝަތު މަދީޙާ އާއި އަލްމާކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ދައްކަންޖެހޭ ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާ މީރާއަށް ދެއްކުމަށެވެ.

މަދީޙާގެ މައްޗަށް 16 އޯގަސްޓް 2017 ވަނަ ދުވަހު ހުކުމް ކޮށްފައިވަނީ ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 1,712,525ރ (އެއް މިލިއަން ހަތްލައްކަ ބާރަ ހާސް ފައްސަތޭކަ ފަންސަވީސް ރުފިޔާ) 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.

އަލްމާކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް 17 އޯގަސްޓް 2017 ވަނަ ދުވަހު ހުކުމް ކޮށްފައިވަނީ ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 46,120ރ (ސާޅީސް ހަ ހާސް އެއްސަތޭކަ ވިހި ރުފިޔާ) 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް