އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤާސިމްގެ ފަރުވާއަށް ފޮނުވައިދޭނެކަމަށް ކަރެކްޝަނުން ބުނެފި: ސަމީރު

ޤާސިމްގެ ފަރުވާއަށް ފޮނުވައިދޭނެކަމަށް ކަރެކްޝަނުން ބުނެފި: ސަމީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އަށް ލިބިވަޑައިގަންނަވަންޖެހޭ ބޭސްފަރުވާކޮޅަށް ރާއްޖެއިން ބޭރަށް ފޮނުވައިދޭނެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ސަމީރު ވިދާޅުވީ ޤާސިމް އިބްރާހީމްގެ މައްޗަށް ޖަލު ޙުކުމެއް އިއްވިކަން ކަރެޝަނަށް އެންގީ މިއަދު ކަމަށާއި އެކަން އެންގުމާއިއެކު މިއަދު މެންދުރު 1:15 ހައިއިރު އައިޖީއެމްއެޗަށް ކަރެކްޝަންސް މުވައްޒިފުން އައިސް ޤާސިމް އިބްރާހީމް އާއި ހަވާލުވެފައިވާ ކަމަށެވެ.

ސަމީރު ވިދާޅުވީ ހޮސްޕިޓަލުގައި އޮންނަވަނިކޮށް ޖަލަށް ނުގެންދާނެ ކަމަށާއި އަދި ޤާސިމް އިބްރާހީމްގެ ކަންކަމުގައި އެންމެ ބޮޑަށް އިސްކަންދޭންޖެހޭނީ އެމަނިކުފާނުގެ ބޭސްފަރުވާއަށްކަން ރޭ ދަންވަރު ކްރިމިނަލް ކުރި ހުކުމުންވެސް ވަރަށް ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ.

ކަރެކްޝަނުން މިހާރު ވަނީ ޤާސިމް އިބްރާހީމް އާއި ހަވާލުވެފައެވެ. އެމީހުން ހަވާލުވީ އައިޖީއެމްއެޗްގައި އޮންނަވަނިކޮށެވެ. ޤާސިމް އިބްރާހީމް އައިޖީއެމްއެޗްގައި އެޑްމިޓްކުރީ ކްރިމިނަލް ކޯޓުގައި އިއްޔެ ކުރިއަށް ގެންދިއަ "ޝަރީއަތުގެ" މަޖިލީހެއްގައި އިންނަވަނިކޮށް ކުރިމަތިވެވަޑައިގެންނެވި ޞިއްޙީ ޙާލުކޮޅުގެ މައްސަލަ އަކާއި ގުޅިގެންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް