އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިމީހާ ފޮރުވުމަށްޓަކާ މޫނުބުރުގާއަޅުވަން އިސްލާމްވި މީހާ ޤްރްއާނުގެ އިލްމުން އެންމެ ކުރިއަށް!

އަނބިމީހާ ފޮރުވުމަށްޓަކާ މޫނުބުރުގާއަޅުވަން އިސްލާމްވި މީހާ ޤްރްއާނުގެ އިލްމުން އެންމެ ކުރިއަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 56 ސިކުންތު

ފުރާވަރަށް އަރައި ކައިވެނި ކުރާ އުމުރަށް އެޅިގެންދިއައިރު އަބަދުވެސް އެންމެ ބޮޑު ސަމާލުކަމެއް ދެވުނީ އަނބިމީހާގެ ކިބައިގައި ހުންނަން ޖެހޭނެ ސިފަތަކަށެވެ. އަނބިމީހާ ގެންގުޅޭނެ ގޮތްތަކަށެވެ. ކޮންމެހެން ދުނިޔޭގައި ހުރި އެންމެ ރީތި އަންހެނާއަށް ވުމަކީ ލާޒިމް ކަމެއް ނޫނެވެ. ނަމަވެސް އެންމެ ފުރިހަމަ އަންހެނަކަށްވުމަކީ އަހަރެންގެ އެދުމެކެވެ.

މިކަމުގައި ވިސްނަމުން ގޮސް އެންމެ އުނދަގޫ މަރުހަލާއަކަށްވީ އަހަރެން ނުހަނު މަސައްކަތުން ހޯދާ އަހަރެންގެ ހަޔާތުގެ ބައިވެރިޔާ އެހެން މީހުންނަށް ނުދައްކައި ފޮރުވައިގެން ގެންގުޅެވޭނެ ގޮތެކެވެ. ތެޔޮނާށި ކާޅު ޖަހައިގަންނަ ފަދައިން އަހަރެންގެ ހަޔާތުގައި އެކަން މެދުވެރިވާކަށް އަހަރެން ބޭނުމެއް ނުވިއެވެ.

ކޮންމެއަކަސް އަހަރެން ކުރި ގަދަ އަދި ބުރަ މަސައްކަތުން ވަރަށް ފުރިހަމަ އަންހެން ކުއްޖަކު ހޯދީމެވެ. އެކަން ކުރެވުނީ 5 އަަހަރު ދުވަހު ކައިރީ އަވަށްތަކުގައިވެސް އަތްފުނާ އަޅައިގެންނެވެ.

މިކަން ކުރެވޭނެ ގޮތެއް ހޯދަން ވަރަށް ބޮޑަށް ވިސްނީމެވެ. މޫނު ބުރުގާ އަޅައިގެން އުޅޭ މުސްލިމް ކުއްޖަކާއި ކައިވެނިކޮށްފިނަމަ އަހަރެންގެ މަޤްޞަދު ޙާޞިލްވާނެއެވެ. ނަމަވެސް އަހަރެން ކައިވެނިކުރަން ބޭނުންވި ކުއްޖާއަކީ ކްރިސްޓިއަން ކުއްޖެކެވެ.

އެންމެ ކުޑައިރުންސުރެ އަހަރެންނަކީ ކުރަން ބޭނުންވި ކަމެއް ކޮށްފައި ނޫނީ ހުއްޓައިލާ މީހެއް ނޫނެވެ. މިކަމުގައިވެސް ވިސްނަމުން ގޮސް ގޮތެއް ހޯދީމެވެ. އެއީ އަހަރެން އިސްލާމްވުމެވެ. އަހަރެން އިސްލާމްވެއްޖެނަމަ އަންހެން ކުއްޖާއަށް ޖެހޭނީ އަހަރެންނާއި ކައިވެނިކުރަން ބޭނުން ނަމަ އިސްލާމްވުމަށް ކަމަށްވާތީއެވެ. އެކަމަށް ވިސްނައި އަހަރެން އިސްލާމްވީމެވެ. ހަމައެކަނި ނަމެއްގައެވެ. އަންހެން ކުއްޖާއަށް ހުރިހައި ވާހަކަތަކެއް ކިޔައިދިނީމެވެ. އޭނާ ބޭނުންވީ ދުވަސްކޮޅަކު ވިސްނައިލުމަށެވެ. ދީން ބަދަލުކުރަންޖެހޭތީއެވެ.

ކޮންމެއަކަސް 3 މަސް ދުވަސް ފަހުން އެކުއްޖާ (ސޯފީ) ދީން ބަދަލުކޮށް އިސްލާމްވެ އަހަރެންނާއި ކައިވެނިކުރަން އެއްބަސްވިއެވެ. އަދި ކައިވެނިވެސް ކުރީމެވެ.

އެ ހިސާބުން ވިސްނަން ފެށީމެވެ. ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ދީނަކީ އިސްލާމް ދީނެވެ. ކޮންމެ އަހަރަކު އެތައް މިލިއަން ބައަކު އެދަނީ އިސްލާމް ދީން އިޚްތިޔާރުކުރަމުންނެވެ. އެކަމަށް ސަބަބުތަކެއް އޮންނާނެއެވެ. އެހެންކަމަށްވާއިރު ހަމައެކަނި އަނބިމީހާ ފިރިހެނުންނަށް ނުދައްކައި ފޮރުވުމަށްޓަކައި މޫނު ބުރުގާ އަޅުވައިގެން އަނބިމިހާ ގެންގުޅުމުގެ ބޭނުމުގައި އިސްލާމެކޭ ކިޔައިގެން އުޅުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ މިއީ އަދި ރަނގަޅު ގޮތެއް ނޫނެވެ. ޖެހޭނީ އިސްލާމް ދީން ދަސްކުރާށެވެ. ހަޤީޤަތް އެނގޭނީ އެއިރުންނެވެ.

އިސްލާމް ދީނާއިމެދު ތަފާތު މައުލޫމާތުތައް ހޯދައި ކުރި ދިރާސާއިން އަހަރެންނަށް ޔަޤީންކުރެވުނު އެއް ކަމަކީ ކީރިތި ޤްރްއާނުގައި އެއްވެސް އިންސާނެއްގެ ބައިވެރިވުމެއް ނެތްކަމެވެ. އެފޮތުގައިވާ ޢާޔަތްތައް ލިޔުމުގައި ނުވަތަ އެކުލަވައިލުމުގައި އެއްވެސް އިންސާނެއްގެ އެއްވެސް ދައުރެއް ނެތްކަމެވެ.

އަހަރެން ކީރިތި ޤްރްއާން މުރާޖަޢާކުރަން ފެށީމެވެ. ތަފްސީރު ކިޔައި ދަސްކުރަން ފެށީމެވެ. ނަތީޖާއަކީ 4 އަހަރުވިއިރު އަހަރެންނަކީ އެހެން މީހުންނަށް ކީރިތި ޤްރްއާނުގެ މާނަ ކިޔައިދީ އުނގަންނައިދެވޭ ފެންވަރުގެ މީހަކަށް ވެފައި ހުރުމެވެ.

އަހަރެންނަކީ ޚާލިޤެވެ. އޮމާން ޔުނިވަރސިޓީގައި ކީރިތި ޤްރްއާނުގެ މާނަ ކިޔަވައިދޭ ލެކްޗަރައެކެވެ. އުންމީދަކީ ކީރިޤި ޤްރްއާނުގެ އިލްމުން ވީހައި ކުރިއަށް ދިއުމެވެ. ކީރިތި ޤްރްއާނުގެ އިލްމު ފަތުރަން މަސައްކަތްކުރާ އަޅެއްގެ ގޮތުގައި މުޅި އުމުރުގައިވެސް ދެމިހުރުމެވެ.

ދަހިވެތިކަމުގައިވެސް ދެފުށް އޮވެއެވެ. އަހަރެންގެ ދަހިވެތިކމާއިމެދު ގޮތް ނިންމަވާނީ މާތް ﷲ އެވެ. އިސްލާމް ދީނަށް އަހަރެން ވެއްދުވީ އަނބިމީހާ އާއިމެދު އުފެދުނު ދަހިވެތިކަމެވެ. އިސްލާމް ދީނުގައި ކުރިއަށް ދާން ޝައުޤުވެރިކަން އިތުރުވަނީ ސުވަރުގެއަށް ނުވަތަ ސުވަރުގެ ލިބުމަށް އޮތް ދަހިވެތިކަމެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް