އަނބިން މިކަންކަން ނުބުންޏަސް، ފިރިންނަށް މިކަންކަން އެނގުން ރަނގަޅު
އަނބިން މިކަންކަން ނުބުންޏަސް، ފިރިންނަށް މިކަންކަން އެނގުން ރަނގަޅު
އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 32 ސިކުންތު
ގިނަ އަނބިންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައަކީ، ދިރިއުޅުމުގައި އެމީހުން ބޭނުންވާ ކަންތައްތައް އެމީހުންގެ ފިރިންނަށް އަމިއްލައަށް ނޭނގުމެވެ. ބައެއް އަނބިން އެމީހުންގެ ފިރިން ގާތު، ބޭނުންވާ ކަންތައްތަކުގެ ވާހަކަ ބުނި ކަމުގައި ވިޔަސް، ގިނަ އަނބިންނަކީ އެކަންކަން ފިރިންގާތު ނުބުނެ، ފިރިން އަމިއްލައަށް އެކަންކަން ކުރޭތޯ ބަލަން ތިބޭ މީހުންނެވެ.
އެގޮތުން އާއްމުގޮތެއްގައި ފިރިންގެ ފަރާތުން އަނބިން ބޭނުންވާ ހަތް ކަމެއް ވެއެވެ. އެއީ:
- ފިރިމީހާގެ ލޯބި
އަނބިން ބޭނުންވާނީ ދުވާލަކު ހަތަރު އިރު ކާ ބޭހެއްހެން، ފިރިމީހާ އޭނާގާތު "އައިލަވްޔޫ" ބުނާކަށް ނޫނެވެ. ނަމަވެސް، އަނބިމީހާ ދެކެ ލޯބިވާކަން އޭނާގެ އަމަލުތަކުންވެސް ދެއްކުމަށެވެ. މިސާލަކަށް ބުނާނަމަ، ކޮންމެވެސް ކަމަކާ އަނބިމީހާ ފިކުރުބޮޑުވެ ހިތްހަމަ ނުޖެހިފައި އިންނައިރު ގިނަ ފަހަރަށް ފިރިމީހާއަށް ފެށޭނީ އެކަމާ އޭނާވެސް ހިތްހަމަ ނުޖެހިގެން ބަސްބުނާށެވެ. މިފަދައިން ބަސް ބުނުމުން، ބޮޑު ޒުވާބަކަށްވެ އެކަކު އަނެކަކު ދެކެ ފޫހިވާން ފެށެއެވެ. އަދި އޭގެ ސަބަބުން ކައިވެނި ރޫޅޭ ގޮތްވެސް މެދުވެރިވެއެެވެ. އެހެންކަމުން، އެފަދަ ހާލަތްތަކުގައި އަނބިމީހާ ދައްކާ ވާހަކަ ތަންކޮޅެއް ހަމަޖެހިގެން އަޑުއަހާލާ، އަނބިމީހާ ހަމަޖެހުމުން އޭނާ ފިކުރުބޮޑުވެފައި އިންނަ ކަމަކާއި މެދު ރީތިކޮށް ވާހަަކަ ދައްކާލާށެވެ.
- އަނބިމީހާ ހުންނަނީ ފޫހިވެފަ
ކޮންމެ ދުވަހަކު އެއް ކަންތަކެއް ކުރަން ޖެހުމުން އަނބިމީހާ ހުންނާނީ ފޫހިވެ ވަރުބަލިވެފައެވެ. ގޭތެރޭގެ ކަންތައްތައް ބެލެހެއްޓުމާއި ދަރިންގެ ކަންތައް ބެލެހެއްޓުމާއި، މިއީ ހުސް އޭނާ ކޮންމެ ދުވަހަކުވެސް ކުރާ ކަންތައްތަކެވެ. އަދި އެއްވެސް ޗުއްޓީއެއް ނުލިބި އަބަދު އެކަންތައްތައް ކުރަން ޖެހުމުން އަނބިމީހާ ވެސް ފޫހިވާނެއެވެ. ކޮންމެވެސް އެއްވަގުތެއްގައި ފިރިމީހާއާއި އެކު ބޭރަށް ގޮސްލަން އޭނާވެސް ބޭނުންވާނެއެވެ.
- ތަޢުރީފް ކުރަން ބޭނުންވާނެ
އަނބިމީހާ ކޮންމެ ދުވަހަކު އެކުރާ ބުރަ މަސައްކަތްތައް ބަލައިގަނެ ފިރިމީހާއަށް ފާހަގަވާން އޭނާ ބޭނުންވާނެއެވެ. ކޮންމެ ދުވަހަކު އޭނާ އެމަސައްކަތްތައް ކުރަނީވެސް ފިރިމީހާއާއި އާއިލާއަށް ޓަކައެވެ. އެހެންކަމުން އެކުރާ ބުރަ މަސައްކަތްތަކަށް އޭނާއަށް ތަޢުރީފެއް ކޮށްލުމަކީ އަނބިމީހާއަށް ދެވޭ ވަރަށް ބޮޑު އުފަލެކެވެ. ހަދިޔާ އެކެވެ.
- ވަރަށް ފަސޭހައިން ހަސަދަވެރިވާނެ
އެެހެން އަންހެނުންނަށް ތަޢުރީފުކޮށް، ނުވަތަ އެހެން އަންހެނެއް ކަންތައްކުރާ ގޮތް މާކަމު ގޮސްގެން އެވާހަކަ އަނބިން ކައިރީ ނުދައްކާށެވެ. ތިމާގެ ފިރިމީހާއަށް އާއިލާއިން ބޭރު އެހެން އެއްވެސް އަންހެނެއް ކަމުދާކަށް އެއްވެސް އަނތްބަކު ބޭނުމެއް ނުވާނެއެވެ. ވާހަަކަތައް ހިއްސާ ކުރުމުގެ ނިޔަތުގައި ވެސް މިފަދަ ވާހަކަތައް އަނބިން ގާތު ބުނުމުން، އެކަމާއި އެމީހުން ހަސަދަވެރިވުމުގެ އިތުރުން، އެކަމުން އަނބިމީހާ ހިތުގައި ވެސް ޖެހޭނެއެވެ.
- ފިރިމީހާއަށް އޭނާ މުހިންމުވާން ބޭނުންވާނެ
ކަންކަމުގައި އަނބިމީހާއާއި މަޝްވަރާކޮށް، އޭނާގެ ލަފާގެ މަތިންވެސް ނިމުންތައް ނިންމާނަމަ، ފިރިމީހާއަށް އަނބިމީހާ މުހިންމުކަން އޭނާއަށް އިހުސާސް ވާނެއެވެ. ދިރިއުޅުމުގައި، އޭނާއަކީ ތިމާމީހާގެ ބައިވެރިޔާކަން އޭނާއަށް ހުރިހާ ގޮތަކުން ވެސް އަންގައިދިނުން މުހިންމެވެ.
- ތިމާ މީހާއަށް ފާރަލިޔަ ނުދީ
ޙަޤީޤަތުގައި ފުރިހަމަ މުސްލިމް އަނތްބެއް އޭނާގެ ފިރިމީހާއަށް އެއްވެސް ވަރަކަށް ފާރަލާކަށް ބޭނުމެއް ނުވާނެއެވެ. ނަމަވެސް ބައެއް ފަހަރު އޭނާއަށް އެދޭން ޖެހޭ ސަމާލުކަމާއި އަޅާލުން ރަނގަޅަށް ފިރިމީހާއަށް ނުދެވުމުގެ ސަބަބުން، އެމީހުންގެ ހިތުގައި ޝައްކު އުފެދެނީއެވެ. ފިރިމީހާ އުޅޭ ނޫޅޭ ގޮތް ނޭނގުމާއި ކޮންމެވެސް ކަމެއް ސިއްރުކުރާ ކަމުގެ ޝައްކު ހިތައް ވެރިވުމުން، ދެން އެންމެ އަވަހަށް ކުރެވޭ ކަމަކީ ފާރުލުމެވެ. މިކަން ރަނގަޅުވާނެ މުހިންމު އެއްގޮތަކީ، ކަންތައްތައް އަނބިމީހާއާއި ހިއްސާ ކުރުމުންނެވެ. ތިމާ އުޅޭނޫޅޭ ގޮތް އޭނާއަށް އެނގުން މުހިންމެވެ.
- އޭނާ ބޭނުންވަނީ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް
ކަންކަމާއި އަބަދު ފާޑުކިޔާ، ތިމާމީހާއަކީ ހުރިހާ ކަމެއް އެންމެ އިނގޭ މީހާއަށް އަބަދު އޭނާ ކައިރީގައި ވެގެން ނޫޅޭށެވެ. އަދި ކަންކަމުގައި އަބަދު އަމުރުކޮށް، ތިމާއަކީ ފިރިމީހާކަން ދައްކާ ބާރުވެރި ނުކުރާށެވެ. އަނބިމިހާ ތިމާމީހާއާއި ކައިވެނި ކުރީ ހަމަޖެހޭ އުފާވެރި މަޖާ ދިރިއުޅުމެއް އުޅެންކަން ދަންނާށެވެ. ރުޅިވެރިކަމާއި ހަރުކަށި ގޮތްތައް ދައްކާނަމަ، ދެމަފިރިންގެ ދެމެދު އޮންނަ ލޯބި ފަނޑުވެ އޭނާ ތިކައިވެނިން "ސަލާމަތްވާން" ބޭނުންވާނެއެވެ.
ޚަބަރާއިގުޅޭ އިތުރު ލިޔުންތައް
މަރިޔަމް ވަހީދާ
28 އޮގަސްޓް 2017
ތިންކިން 2017-08-28 21:17:35