އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލް ހުޅުވުން މިއަހަރުގެ ފަހުކޮޅު

ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލް ހުޅުވުން މިއަހަރުގެ ފަހުކޮޅު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލް ހުޅުވުން މިއަހަރުގެ ފަހުކޮޅަށް ފަސްކޮށްފިއެވެ.

އެ ހޮސްޕިޓަލް ހުޅުވަން ކުރިން ނިންމާފައި އޮތީ މިމަހު ތެރޭގައެވެ. އެކަމަކު މިއަހަރުގެ ފަހުކޮޅަށް ލަސްކުރީ ބައެއް މަސައްކަތްތައް ނުނިމި ލަސްވުމުގެ ސަބަބުންނެވެ.

ކާސާ ހޯލްޑިންގސް އާއި ޗަމްޕާ ބްރަދަރސް އަދި ކުރެއްދޫ ހޯލްޑިންގސް ގުޅިގެންއުފައްދާފައިވާ "ޓްރީ ޓޮޕް އިންވެސްޓްމަންޓުން" ހުޅުމާލޭގައި ހަދާޓްރީޓޮޕް ހޮސްޕިޓަލުގެ މަސައްކަތް ކުރަމުންދަނީ ތުރުކީގެ ކުންފުންޏެއް ކަމަށްވާ ތުރްމާކްގެ ފަރާތުންނެވެ. އަދި މިހާރު ކުރަމުން ދަނީ އެންމެ ފަހުގެމަސައްކަތްތައް ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

މި ހޮސްޕިޓަލުން ރާއްޖޭގައި އަލަށް އޯޕެން ހާރޓް ސަރޖަރީގެ ޚިދުމަތް ދިނުމަށް ނިންމާފައިވާ އިރު، ދުނިޔޭގެ 25 ޤައުމަކުން ޑޮކްޓަރުން ވަނީ ރެކްރޫޓް ކޮށްފައެވެ. އެ ޤައުމުތަކުގެ ތެރޭގައި ޔޫރަޕް، އޭޝިއާ އަދި ޔޫއެސްއޭގެ ޑޮކްޓަރުން ހިމެނެއެވެ.

ގާތްގަނޑަކަށް 90 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއްގެ ގޮތުގައިހުޅުމާލޭގައި ތަރައްޤީ ކުރަމުން ގެންދާ މަލްޓި ސުޕެޝަލިޓީ މިހޮސްޕިޓަލުގައި 200 އެނދު ހުންނަ އިރު، މުޅި ހޮސްޕިޓަލަކީ ފަހުގެ ޓެކްނޮލޮޖީ އާއެކު ފުލީއޮޓޯމެޓިކު ހޮސްޕިޓަލެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް