އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނީރާޖް ވޯރާ ކޯމާގައި އޮންނަތާ 10 މަސް- މިހާރު އަންނަނީ ހާލު ރަނގަޅުވަމުން

ނީރާޖް ވޯރާ ކޯމާގައި އޮންނަތާ 10 މަސް- މިހާރު އަންނަނީ ހާލު ރަނގަޅުވަމުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

ބޮލީވުޑް ފިލްމުތަކުން ގިނަބައެއްގެ މަޤުބޫލުކަން ހޯދާފައިވާ އެކްޓަރ އަދި ފިލްމު އުފައްދާ ފަރާތެއްކަމަށްވާ ނީރާޖު ވޯރާ ކޯމާގައި އޮންނަތާ 10 މަސްފަހުން ހާލު ރަނގަޅުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ވެލްކަމްބެކް، ރަންގީލާ ފަދަ ފިލްމުތަކުން މަޝްހޫރުކަން ހޯދާފައިވާ ނީރާޖް އެނދުމަތިކުރީ ހަރޓްއެޓޭކަކާއި ބްރޭން ސްޓްރޯކެއް ޖެހިގެން ފައިބެއަހަރުގެ އޮކްޓޯބަރ ގައެވެ. އަދި އޭނާ އެނދުމަތިކޮށްފައިވަނީ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައެންސަސް (އޭއައިއައިއެމްއެސް) ގައެވެ.

އެތަނާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ ނީރާޖްގެ ހާލު މިހާރު ރަނގަޅު ކަމަށެވެ. ނަމަވެސް އަދިވެސް އޭނާ އޮތީ އައިސީޔޫގައި ކަމަށެވެ.

ޑޮކްޓަރުންގެ ލަފައާއެކު ފިޒިއޯ ހަދަމުން އަންނަ ކަމަށާއި އެއްކޮށް ގެއަށް ދޫކޮށްލެވޭނެ ދުވަހެއް އަދިބުނަން ނޭނގޭކަމަށްވެސް އޭއައިއައިއެމްއެސް އާޙަވާލާދީ އެޤައުމުގެ ނޫސްތަކުން ބުނެއެވެ.

އެކްޓަރ އަދި ޕްރޮޑިއުސަރ ނީރާޖް ވޯރާގެ އަންހެންނުން މަރުވެފައިވާ އިރު، ދަރިއަކު ނުހުރެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް