އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަންމައަށް ބޭސްކުރާނެ ފައިސާ ލިބޭތޯ ސަލާންޖަހައިދޭން މައްކާއަށް ދިއަ އަންހެންކުއްޖަކަށް ލެއްވި ހެޔޮ ރަޙްމަތުގެ ވާހަކަ!

މަންމައަށް ބޭސްކުރާނެ ފައިސާ ލިބޭތޯ ސަލާންޖަހައިދޭން މައްކާއަށް ދިއަ އަންހެންކުއްޖަކަށް ލެއްވި ހެޔޮ ރަޙްމަތުގެ ވާހަކަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 22 ސިކުންތު

ވަސީމާ އަކީ އިތިއޯޕިއާގެ ފަޤީރު ޢާއިލާއަކަށް ނިޞްބަތްވާ އަންހެން ކުއްޖެކެވެ. ވަރަށް ކުޑައިރު ބައްޕަ ވަނީ ނިޔާވެފައެވެ. ދެން ހުރިހައި ކަމެއް ބަލަހައްޓަމުން އައީ މަންމައެވެ.

އުމުރުން 12 އަހަރުގައި މަންމައަށް ކެންސަރުބަލި ޖެހިއްޖެއެވެ. ފަރުވާ ކުރެވޭނެ ގޮތެއް ނެތެވެ. އަތަކު އެއްވެސް ފައިސާއެއް ނެތެވެ، އެހެންކަމާއިއެކުވެސް ވަސީމާ މަޔޫސްއެއް ނުވެއެވެ. އޭނާ ވަރަށް ކުޑައިރު ބައްޕަ ދިން ނަޞޭޙަތެއް ހަނދާންހުރެއެވެ. މާތް ﷲ ގެ ހަޟްރަތުން އެއްވެސް ކަމެއްގައި އުންމީދު ކަނޑައި ނުލުމަށެވެ. ގަދައަޅައި މަސައްކަތްކުރުމުން ކާމިޔާބުވާނެ ކަމަށެވެ.

ވަސީމާއަށް ވެވުނު ވަރަކުން ގޭގޭގައި މަސައްކަތްކޮށްދީގެން ލިބޭ އެއްޗެއް މަންމައަށް ހޭދަކުރެއެވެ. ހުސްވަގުތުތަކުގައި މަގުމަތީގައި ސަލާން ޖަހައިގެންވެސް ލާރިއެއް ލިބޭތޯ ގަދައަޅައި މަސައްކަތްކުރެއެވެ.

އެގޮތަށް މަގުމަތީގައި ސަލާންޖަހަން އުޅެނިކޮށް އޭނާއަށް ލިބުނީ ފުރުޞަތެކެވެ. ހައްޖު މޫސުމުގައި މައްކާގެ ސަރަހައްދުތަކުގައި ސަލާންޖައްސުވަން ކުދިން ގެއްދާ ގްރޫޕަކުން ދިން ފުރުޞަތެކެވެ. އެކަމުން ރަނގަޅު އަދަދަކަށް ފައިސާ ލިބޭނެ ކަމަށް ބުނުމުން މާތް ﷲ އަށް ވަކީލުކޮށް މަންމަގެ ރުހުން ހޯދައިގެން ވަސީމާ ދިއައީ މައްކާއަށެވެ. ސަލާންޖަހައިގެން ލިބޭ އާމްދަނީ އިން ޚަރަދުކެނޑުމަށްފަހު ދެބައިކުޅަ އެއްބައި ދޭނެކަމަށް ބުނުމުންނެވެ.

ކަންތައް ދިމާވިގޮތުން މައްކާގެ މަގުތަކުގައި ސަލާންޖަހަން އުޅެނިކޮށް ފުލުހުން ވަސީމާ ހައްޔަރުކުރީއެވެ. ފުލުހުންގެ ކޭމްޕަކަށް ވަސީމާ ގެންދިއުމުން ވަސީމާއަށް މައްކާއަށް އަންނަންޖެހުނު ސަބަބު ކިޔައިދިނެވެ. މަންމަގެ ނިކަމެތިކަމަށްޓަކައި އޭނާއަށް އަދަބެއް ނުދީ އަނބުރާ ޤައުމަށް ފޮނުވައިދިނުން އެދި އާދޭސްކުރިއެވެ. ގިސްލަގިސްލާފައި ރޮމުންނެވެ. މަންމަގެ ހާލު އެނގޭނެ ލިޔުންތަކާއި ފޮޓޯ ވެސް ދެއްކިއެވެ.

ކޭސް ކުރިއަށް ގެންދިއައިރު އަޑުއަހަން އިން އެންމެ އިސް އޮފިސަރުގެ ހިތުގައި ވަސީމާގެ ހާލާއިމެދު ހަމްދަރުދީ އުފެދުނެވެ. އަދި ވަސީމާ އާއި ހަވާލުވެ އޮފިސަރުގެ ގެއަށް ވަސީމާ ގެންދިއައެވެ. ވަކި ގޮތެއް ހަމަޖެހެންދެން ގެއިން ނުނުކުމެ ބަސް އަހައިގެން ގޭގައި ހުރުމަށް ވަސީމާއަށް އެންގިއެވެ.

ވަސީމާގެ އުމުރަކީ 12 އަހަރު ނަމަވެސް ގޭތެރޭގެ މަސައްކަތްތަކަށް ވަރަށް ފަރިތައެވެ. ޤައުމުގައި ލިބިފައިވާ ތަޖުރިބާގެ ސަބަބުން ގިނަ މަސައްކަތްތައް ކުރަން އެނގެއެވެ. ވަސީމާ އަކީ ވަރަށް ސާފުތާހިރުކޮށް ކަންކަން ކުރާ ކުއްޖެކެވެ. ގޭތެރޭގައި ވަސީމާ ދިއައީ އެއްވެސް އަރާމެއްވެސް ނެތި އެނާއަށް ކުރެވޭ ހުރިހާ މަސައްކަތްތަކެއް ކުރަމުންނެވެ. ވިހައި ފުރިހަމައަކަށެވެ.

އަހަރުގެ ހައްޖު މޫސުން ނިމިއްޖެއެވެ. ހައްޖަށް އައި އެންމެން ފުރައިގެން ހިނގައްޖެއެވެ. ވަސީމާ އައި ގްރޫޕަށް ވީގޮތެއް ވެސް އޭނާއަކަށް ނުއެނގެއެވެ. އެކަން އޮޅުން ފިލުވަން ކިތަންމެ ބޭނުންވި ނަމަވެސް އަދި އޭނާ އައިމެދު ކަންތައްތައް ކުރެވޭނީ ކޮން ގޮތަކަށްކަން އޮޅުން ފިލުވަން ކިތަންމެ ބޭނުންވި ނަމަވެސް ސާހިބު މީހާގެ ކިބައިން ސުވާލެއް ކޮށްލާކަށްވެސް ނުކެރެއެވެ.

އެގޮތުގައި 4 މަސް ދުވަސް ފާއިތުވީފަހުން އެއްދުވަހަކު ސާހިބު މިހާގެ އަނބިމިހާ ވަސީމާއަށް ގޮވާލާފައި ބުނީ ހަވީރު ބޭރަށް ދާންޖެހޭ ކަމަށެވެ. ފެންވަރައި ނަލަ ހެދިގެން ހުރުމަށެވެ.

ވަސީމާއަށް އެންގޮ ގޮތަށް އެދުވަހުގެ ޢަޞްރު ނަމާދަށްފަހު ވަސީމާ ހުރީ ފެންވަރައި ނަލަހެދިގެންނެވެ. ހަވީރުގެ ސަޔަސްފަހު ސާހިބުމިހާ އާއި ސާހިބު މީހާގެ އަންހެނުންނާއި ވަސީމާ އާއި ކާރުގައި ދަތުރުފެށިއެވެ. ކާރު ދުއްވަމުން ގޮސް މަޑުކޮށްލީ ހޮސްޕިޓަލަކަށެވެ.

ކާރުން ފައިބައިގެން ގޮސް ވަނީ ހޮސްޕިޓަލުގެ ކޮޓަރިއަކަށެވެ. ވަސީމާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ކޮޓަރީގައި ހުރި ސޯފާއެއްގައި އިށީނދެގެން އިނީ ވަސީމާގެ މަންމައެވެ. ބަލީގެ އަސަރުތައް ގައިން ފެނުނު ނަމަވެސް އިނީ ގަދަވެ ހެޔޮ ހާލުގައެވެ. ހިނިތުންވެފައެވެ. އުފަލުން ފޮޅިފައެވެ.

ދެމައިންގެ މެދުގައި ހިނގައި ދިއަ އަސަރުން ފުރިގެންވާ ކަންތައްތަކަށްފަހު ސާހިބު މީހާ އިޝާރާތެއް ކޮށްލުމުން ހޮސްޕިޓަލުގެ މަސައްކަތު މީހުން އައިސް މަންމަގެ ދަބަސްތައް ނަގައިގެން ހިނގަންފެށިއެވެ. އެމީހުންގެ ފަހަތުން އެންމެންވެސް ދިއައީއެވެ. ގޮސް ތަކެތި އެރުވީ ކާރަށެވެ. ސާހިބު މީހާގެ ދެމަފިރިން އެރީ ކާރުގެ ކުރީ ދެ ސީޓަށެވެ. ވަސީމާ އާއި މަންމަ ފަހަތު ސީޓުގައެވެ.

ގެއަށް ގެންގޮސް ބޭލުމަށްފަހު ސާހިބު މިހާ އަނގައިންވެސް ނުބުނެ ހިނިތުންވެގެން ހުރެ ކާރުގައި ދިއައީއެވެ. ސާހިބު މީހާގެ އަނބިމިހާ ކިޔައިދިނެވެ.

"ވަސީމާއެވެ. ކެލޭ ގެނެސް ގެއަށްލުމަސްފަހު ކަލޭގެ އުޅުމަށް ބަލައި އަހަރެމެން ދެމަފިރިންގެ ހިތުގައި ކަލޭގެ މައްޗަށް ދަރި ކުލުނު ޖެހުނެވެ. ކަލޭ އަތުން ލިބުނު ކަރުދާސްތަކުގެ އެހީގައި މަންމަ ހޯދައިގެން ގެނެސް ފަރުވާދޭތާ މިހާރު 3 މަސްވީއެވެ. މިއަދަކީ މަންމަގެ ބަލި އެކުގައި ފަސޭހަވެގެން ދޫކޮށްލި ދުވަހެވެ. މަންމަ މިހާރު އެހުރީ މާތް ﷲ ގެ ވާގިފުޅާއިއެކު ގަދަވެ ހެޔޮ ހާލުގައެވެ. ދެމައިން ރީތިކޮށް މިގޭގައި ތިބޭށެވެ. އަހަރެމެންނަކީ ޢާއިލާގެ ބައެއްގެ ގޮތުގައި ދެކޭށެވެ."

އެއީ މީގެ 18 އަހަރު ކުރިއެވެ. އެގޭގައި ހުރެ ވަސިމާ ބޮޑުވަމުން އައިސް އުމުރުން 20 އަަހަރު ފުރުނުތަނާ ސާހިބު މީހާ ވަނީ ވަސީމާއަށް ރަނގަޅު ފިރިއަކު ހޯދައިދީފައެވެ. ހަމަ ފުލުހުންގެ އޮފިސަރެކެވެ. އުފަލާއިއެކު ވަސީމާ މިހާރު ދިރިއުލެމުން ދަނީ ފިރިމީހާ އާއިއެކުގައެވެ.

އަދިވެސް ވަސީމާގެ މަންމަ ބަލަހައްޓަނީ ސާހިބުމީހާއެވެ. މަންމަ ވަސީމާ އާއި ހަވާލުކުރަނ ދެމަފިރިން ބޭނުން ނުވަތީއެވެ.

މައިންބަފައިންނަށްޓަކައި ދަރިންވާ މަތިވެރި ޤްރްބާނީއަށް ދެދުނިޔޭގައި ވެސް މާތްﷲ ޖަޒާ ދެއްވަވައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







ހާމިދު 2017-09-03 17:53:19

ވަރަށް ހައިރާންވެއްޖެ, ސައޫދީ ގައިވެސް އެފަދަ މީހުން އެބަތިބިދޯ

ަރައު 2017-09-03 18:03:23

ދެރަވެއްޖެ.. މާތް ﷲ ގެކުޅަދުންވަންތަކަން.

Anna 2017-09-03 18:50:45

Alhamdhulillah allahge reyvuntherikan kiha mathiveri

މުޙައްމަދު 2017-09-03 21:02:52

ޙަޤީގަތެއްނަމަ ވަރަށް ސަޅި, ލިތުންތައް ލޔުއްވާއިރު މަސްދަރު ހާމަކޮށްލެއްވުން ރަނގަޅުކަމަށްފެނޭ,<br /> ކޮްންމެ އަކަސް ވަރަށް އަސަރުގަދަ, މިއިންވެސް ޢިބުރަތްލިބިގަންނާނެކަމަށް ވަރަށް އުއްމީދުކުރަން

aish 2017-09-04 12:38:41

Alhamdhulillahi


އަބްދުއްލަތީފް