އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުރިހާ ވަކީލުންގެ ހުއްދަ ބާޠިލުކުރި ނަމަވެސް އިޞްލާޙަށް ފަށާފައިވާ މަސައްކަތްތައް ކުރިއަށް ގެންދާނަން: ވަކީލުން

ހުރިހާ ވަކީލުންގެ ހުއްދަ ބާޠިލުކުރި ނަމަވެސް އިޞްލާޙަށް ފަށާފައިވާ މަސައްކަތްތައް ކުރިއަށް ގެންދާނަން: ވަކީލުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

ރާއްޖޭގެ ފަނޑިޔާރުގެތަކުގައި ހުރި މައްސަލަތައް އިޞްލާހްކުރުމަށް ގޮވާލައި 56 ޤާނޫނީ ވަކީލުންގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހެޅި ޕެޓީޝަނުގައި ސޮއިކުރި ހުރިހާ ވަކީލުންގެ ހުއްދަ ބާޠިލުކުރި ނަމަވެސް ފަނޑިޔާރުގެތައް އިޞްލާޙުކުރުމަށް ފަށާފައިވާ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ވަކީލުންގެ ފަރާތުން ބުނެފިއެވެ.

ވަކީލުންގެ ފަރާތުން މިރޭ ބުނީ ޕެޓިޝަނުގައި ފާހަގަކޮށްފައިވާ މައްސަލަތަކަކީ ޝަރުޢީ ނިޒާމުގައި ހުރި މައްސަލަތައް ކަމަށާއި އެކަންކަން ޖެހެނީ އިޞްލާޙްކުރެވެން ކަމަށެވެ.

ވަކީލުންގެ ފަރާތުން ބުނީ މައްސަލަތަކާއި ތަފާތުކުރުންތައް ބޮޑަށް ފެންނަނީ ސިޔާސީ މީހުންގެ މައްޗަށް ހުށަހެޅޭ މައްސަލަތަކުގައި ކަމަށެވެ. އެހެން މައްސަލަތަކުގައިވެސް ތަފާތުކުރުންތައް މަދުންނަމަވެސް ދަނީ ފެންނަމުން ކަމަށެވެ.

ވަކީލާ ޙަނީފާ ވިދާޅުވީ ބައެއް މައްސަލަތަކުގައި ކަންކަން ހިނގާފައިވާ ގޮތަށް ބައްލަވާއިރު ފަނޑިޔާރުންގެ މައްސަލަތަކަށްވުރެ ބޮޑަށް ފާހަގަކުރެއްވެނީ އެހެން މުއައްސަސާތަކުގެ މައްސަލަތައް ކަމަށެވެ. "ފަނޑިޔާރުންގެ ތެރޭގައި ވަރަށް ރަނގަޅަށް ޙުކުމް ނެރުއްވާ ފަނޑިޔާރުންވެސް އެބަތިއްބެވި."

"ދާދިފަހުން މީހަކު މުއްދަތުޖަހަން ހާޒިރުކުރި ދައުލަތް ހިންގުން ހުއްއްޓުވައިގެން. ކިހައި ބޮޑުކަމެއްތޯ އެކުރީ. އެކަމަކު އެމީހާ ކުރި ކަމަކީ އަޑުގަދަކުރާއެއް ހިފައިގެން މާރުކޭޓް ކައިރީގައި ހަރަކާތްތެރިވުން."

ޙަނީފާ ވިދާޅުވީ އޭނާއަށް މުއްދަތު ޖަހައި ނުދޭ ކަމަށާއި އެއިރު އެއްރޭ އޭނާ ވަނީ ބަންދުގައި ބަހައްޓައިގެން ނިންދުވާފައި ކަމަށެވެ. އެހެންކަމުން މިފަދަ ކަންކަމަކީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަންކަން ކަމަށެވެ.

ވަކީލުންގެ ފަރާތުން ބުނީ މިފަދަ ކަންކަން ކުރުން ހުއްޓުވަން މަސައްކަތްކުރަނޖެހޭ ކަމަށެވެ. ބައަކަށް ގެއްލުންތަކެއް ލިބޭނެވެސް ކަމަށެވެ. އެހެން ނަމަވެސް މިކަންކަމަށް ކުރިމަތިނުލައި ޤައުމުގެ ޙާލަތު އިޞްލާޙް ނުކުރެވޭނެ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް