އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަންގްނާ ގެ ގިނަ ސިއްރުތަކެއް އޭނާ އަމިއްލައަށް ހާމަ ކޮށްފި

ކަންގްނާ ގެ ގިނަ ސިއްރުތަކެއް އޭނާ އަމިއްލައަށް ހާމަ ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 1 ސިކުންތު

ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ކަންގްނާ ރަނާވަތު އަކީ، ބޮލީވުޑްގެ އެހެން ބައެއް ފަންނާނުންގެ ފަރާތުން މާބޮޑު ތަރުހީބެއް ނުލިބުނު ކަމުގައިވިޔަސް، ބެލުންތެރިންގެ ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ހުނަރުވެރި ފަންނާނެކެވެ.

ކަންކަމާއި ކުރިމަތިލާން އޭނާއަށް ކެރޭ ކަމާއި، އެއްވެސް މީހަކާއި ދިމާލަށް އެއްޗެއް ބުނަން ޖެހިއްޖެ ހާލަތެއްގައި ފަސްނުޖެހި އެއްޗެއް ބުނުމަކީ، ގިނަ ބަޔަކު ކަންގްނާއަށް ސަނާކިޔާ ކަމެކެވެ.

އެގޮތުން ވަރަށް ފަހުން، ރިއަލިޓީ ޝޯވ އެއްކަމަށްވާ "އާޕްކީ އަދާލަތު" ގައި ކަންގްނާ ވަނީ ބައިވެރިވެފައެވެ. އަދި އެޝޯވ ގައި، ބައެއް މީހުންގެ ސަބަބުން އޭނާގެ ޙަޔާތުގައި ދިމާވި ބައެއް ކަންތައްތަށް ކިޔާދިނުމުގެ އިތުރުން، އެއްވެސް ޖެހިލުމެއް ނެތި އެމީހުންގެ ނަންތައް ވެސް ކަންގްނާ ވަނީ ހާމަކޮށްފައެވެ.

އެގޮތުން ފުރަތަމަ ވާހަކައަކަށް ކަންގްނާ ކިޔާދީފައިވަނީ ބޮލީވުޑްގެ ކުރީގެ އެކްޓަރ އަދިތުޔަ ޕަންޗޯލީގެ ވާހަކައެވެ. އަޑު އަރާފައިވާ ގޮތުގައި، ކަންގްނާ ރަނާވަތު އެންމެ ފުރަތަމަ މުމްބައި އަށް އައިސް އޭނާގެ ފިލްމީ ކެރިއަރު ފަށަން އުޅުނުއިރު، އޭނާއާއި އަދިތުޔައާއި ދެމެދު ގުޅުމެއްވަނީ އުފެދިފައެވެ. ގިނަބަޔަކު އެއީ ލޯބީގެ ގުޅުމެއްކަމަށް ބުނެ އަޑުތައް އަރުވަމުން ދިޔަނަމަވެސް އަދިތުޔަ ވަނީ އެކަން ދޮގު ކޮށްފައެވެ. އަދި 'އާޕްކީ އަދާލަތު' ގައި ކަންގްނާ ބުނެފައިވަނީ އަދިތުޔަގެ ގޭގައި ކަންގްނާ ގެންގުޅުނީ ގޭބަންދު ކޮށްގެން ކަމަށާއި އެކިގޮތްގޮތުން އަދިތުޔަ ކަންގްނާއަށް ފުރައްސާރަ ކުރިކަމަށެވެ. އަދިތުޔަ ކައިރިން ސަލާމަތް ކޮށްދިނުމަށް، އޭނާގެ އަންހެނުން ޒަރީނާ ވަހާބް ކައިރިން އެދުނު ކަމަށް ވެސް ކަންގްނާ ބުންޏެވެ.

'އަހަރެން ބުނިން، އޭނާ ކައިރިން އަހަރެން ސަލާމަތް ކޮށްދޭށޭ. އަހަންނަކީ އެމީހުންގެ ދަރިއަށްވުރެ ވެސް އުމުރުން ހަގު މީހެކޭ، އަހަންނަކީ ކުޑަ ކުއްޖެކޭ. އެއިރު އަހަރެން އުމުރުން 17 އަހަރު." ކަންގްނާ ކިޔާދިނެވެ.

ކަންގްނާ ގެ އެބަސްތައް އާދިތުޔަ ވަނީ ދޮގު ކޮށްފައެވެ. އަދި މިކަމާއި ގުޅިގެން އަދިތުޔަ ޕަންޗޯލީ ބުނެފައިވަނީ ކަންގްނާ އަކީ މޮޔައެއް ކަމަށާއި، އަދިތުޔަ އާއި ބެހޭގޮތުން ކަންގްނާ ފެތުރިވާހަކައިގެ ސަބަބުން އޭނާގެ އާއިލާއަށް ވަރަށް އަސަރުކޮށްފައިވާ ކަމަށެވެ. އަދި ކަންގްނާ އާއި ދެކޮޅަށް ދައުވާ ކުރާނެ ކަމަށްވެސް އަދިތުޔަ ބުނެފައިވެއެވެ.

'އާޕްކީ އަދާލަތު' ގައި ކަންގްނާ ދެން ކިޔާ ދީފައިވަނީ އޭނާއާއި ބޮލީވުޑްގެ "ހާޓް-ތްރޯބް" ރިތިކް ރޯޝަން އާއި ދެމެދު ޖެހުނު މައްސަލަގަނޑުގައި އޭނާއަށް ކުރި ނުލިބުނު ގޮތެވެ. ކަންގްނާ ބުނީ ރިތިކް އާއި ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން ވިމެން ކޮމިޝަނަށް ރިޝްވަތު ދިނީ ކަމަށެވެ.

"ރިތިކް އަހަންނާއި ގުޅުން ބޭއްވި ކަމަށާއި އަހަރެންގެ ފައިދާ ނެގިކަން ޤަބޫލުކުރާކަމަށް ވިމެން ކޮމިޝަނުން ކުރިން ޤަބޫލު ކުރި. އެކަމަކު ފަހުން އެމީހުން އަހަރެން ކައިރީ ކިޔަން ފެށީ އެމައްސަލަ ދޫކޮށްލުމަށް އަދި ރޯޝަން ޚާންދާނަކީ ނަންހިނގާ އާއިލާއެއް ކަމަށް ވެސް އެމީހުން އަހަރެން ކައިރީ ބުނި. އެމައްސަލަ އަހަންނަށް ކާމިޔާބު ނުކުރެވުނީ އެންމެން އަހަންނާއި އިދިކޮޅުވުމުން" ފެންކަޅިވެފައި އިނދެ ކަންގްނާ ކިޔާދިނެވެ.

ރިތިކް ރޯޝަން ގެ ދިފާޢުގައި، ރިތިކް ގެ ކުރީގެ އަންހެނުން ސުޒޭން ޚާން ބުނެފައިވަނީ، ރިތިކް އާއި ބެހޭ ގޮތުން އެއިރުވެސް އަދި މިހާރުވެސް ކަންގްނާ ފަތުރަމުންދަނީ ދޮގު ވާހަކަތައް ކަމަށާއި ރިތިކް އަކީ 'ސާފު ޠާހިރު' މީހެއް ކަމަށެވެ.

'އާޕްކީ އަދާލަތު' ގައި ކަންގްނާ ހާމަކޮށްފައިވާ ވާހަކަތަކުން، ބޮލީވުޑްގެ ބައެއް ފަންނާނުން ހިތްހަމަ ނުޖެހުން ކަމުގައި ވިޔަސް، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ކަންގްނާގެ ހިތްވަރުގަދަ ކަމަށް ސަނާ ކިޔާ ހިތްވަރު ދީފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ