އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަނިމާދޫ ޕޮލިސް ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން ޓީމް މޯލްޑިވިއަން އަށް

ހަނިމާދޫ ޕޮލިސް ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން ޓީމް މޯލްޑިވިއަން އަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

ހދ. ހަނިމާދޫ ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި ލަމީސް އެޗްޕީ ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން ޓީމް މޯލްޑިވިއަން ހޯދައިފިއެވެ.

އެޓީމު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ހަވީރު ކުޅުނު ފައިނަލް މެޗުގައި ޓީމް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ޓީމާ ވާދަކޮށް 7-6 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ މޯލްޑިވިއަންގެ ޙުސައިން ނިހާދުއެވެ.މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިން ހޮވާފައިވާއިރު މި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މޯލްޑިވިއަންގެ ޙުސައިން ނިހާދު އާއި އަބޫބަކުރު ޢަބްދުލް ކަރީމް އާއި ހަނިމާދޫ ސްކޫލުގެ ޢަލީ ޢިބްރާހިމް އާއި ޓީމް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ޢަލީ އާމިރުގެ އިތުރުން އެޓީމުގެ ޙަސަން ޒިޔާދުއެވެ. މުބާރާތުގެ ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ ޓީމް ފެނަކައެވެ.

އެޗްޕީ ފުޓްސަލް ކަޕްގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު މި މުބާރާތް ސްޕޮންސަރކޮށްފައިވަނީ ލަމީސް ފައުންޑޭޝަންގެ ފަރާތުންނެވެ.ހދ. ހަނިމާދޫ ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްގެން ހަނިމާދޫގައި ހުރި މުއައްސަސާތަކަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތަކީ ހަނިމާދޫގައި ހުރި މުއައްސަސާތަކާ ފުލުހުންނާ ދެމެދު އޮތް ގުޅުން ބަދަހިކުރުމުގެ 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

މިދިޔަ އޮގަސްޓް މަހުގެ 21 ން ސެޕްޓެމްބަރު 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޖުމްލަ 8 ޓީމަކުން ބައިވެރިވެފައިވެއެވެ.

ޙަބަރު ޕޮލިސް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު