އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީރާއިން "މިއޮތީ ރަސީދު"ގެ ނަމުގައި ކެމްޕޭނެއް ފަށައިފި

މީރާއިން "މިއޮތީ ރަސީދު"ގެ ނަމުގައި ކެމްޕޭނެއް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު



މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން "މިއޮތީ ރަސީދު"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ.
ބައިލައްކަ ރުފިޔާގެ ފައިސާގެ އިނާމާއެކު ފެށި މި ކެމްޕެއިން އަންނަ އަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އަދި މިއީ ވިޔަފާރިތަކުން ޚިދުމަތް ހޯދާ ފަރާތްތަކަށް ރަސީދު ދޫކުރުމަށް ބާރު އެޅުމުގެ ގޮތުން ފެށި ކެމްޕޭނެކެވެ.

މި ކެމްޕޭންގައި ކޮންމެ މަހަކުވެސް އެންމެ ގިނަ ތަންތަނުން ރަސީދު ހޯދާ ފަރާތަކަށާއި އެންމެ ގިނައިން "ޞައްޙަނޫން" ރަސީދު ހޯދާ ފަރާތަކަށާއި މުޅި ކެމްޕޭންގެ 6 މަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ ތަންތަނުން ރަސީދު ހޯދާ ފަރާތަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ހަމަޖައްސާފައެވެ.

މި ކެމްޕޭންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ހޯދާ ރަސީދުގައި އެ ފަރާތެއްގެ ފޯނު ނަންބަރު ލިޔުމަށްފަހު އެ ރަސީދުގެ ފޮޓޯއެއް 9551415 އަށް ވައިބަރ ކުރުމުން ކެމްޕެއިނުގައި ބައިވެރިވެވޭނެއެވެ.
މީރައިން ބުނީ ވީހާވެސް ގިނަ ތަންތަނުން، ވީހާވެސް ގިނަ ބަޔަކު ރަސީދު ހޯދުމަށްފަހު މީރާއަށް ފޮނުވަމުން ގެންދިއުމަށް އެދޭ ކަމަށާއި މިކަމާއިގުޅޭ މަޢުލޫމާތު ރަސްމީ ގަޑީގައި 1415 އަށް ގުޅުމުން ލިބޭނެ ކަމަށެވެ.
2015 ވަނަ އަހަރުވެސް މީރާއިން ވަނީ "ކޮބާ ރަސީދު" ގެ ނަމުގައި މިފަދަ ކެމްޕޭނެއް ކާމިޔާބު ކަމާއެކު ހިންގާފައެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް