އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒިދާންއާއި ރޮނާލްޑޯ ރެއާލްގެ ކަންބޮޑުވުންތަކާމެދު މަސްވަރާކޮށްފި

ޒިދާންއާއި ރޮނާލްޑޯ ރެއާލްގެ ކަންބޮޑުވުންތަކާމެދު މަސްވަރާކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 27 ސިކުންތު

ރެއާލް މެޑްރިޑުގެ ކާމިޔާބު ކޯޗު ޒައިނުއްދީން ޒިދާން އާއި ރެއާލްގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ މިއަދު މަސްވަރާގެ ބައްދަލުވުމެއް ބާއްވައިފިކަމަށް މީޑިއާ ރިޕޯޓްތަށް ބުނެފިއެވެ.

ސްޕެއިންގެ މަސްހޫރު ނޫހެއް ކަމުގައިވާ "ޑޮން ބެލޮން" އާ ހަވާލާދީ ޔޫކޭގެ "އެކްސްޕްރެސް" ގައި ސާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ރެއާލްގެ ކޯޗު ޒިދާނާއި ރޮނާލްޑޯ ބައްދަލުކޮށް މަސްވަރާ ކޮށްފައިވަނީ މިވަގުތު ރެއާލްގެ ހާލަތާ މެދު މަސްވަރާކުރުމަށެވެ.

ރިޕޯޓް ބުނާގޮތުން މި ބައްދަލުވުމުގައި މައި ގަނޑު ގޮތެއްގައި އަލި އަޅުވާލާ ވާހަކަދައްކާފައިވަނީ ރެއާލްގެ ފޯވާޑްލައިންގައި މިވަގުތު ހުރި މައްސަލަތަކާއި ކުޅުންތެރިންގެ އަނިޔާގެ މައްސަލަތަކުގެ މައްޗަށެވެ.

އެގޮތުން އެންމެ ފަހުން ލީގުގައި ލެވާންޓޭއާ ދެކޮޅަށް ރެއާލް ކުޅުނު މެޗުގައި ބެންޒެމާއަށް އަނިޔާގެ މައްސަ ކުރިމަތިވެ ކުޅުމާއި ދުރަށް ދާން ޖެހުނު މައްސަލައިގެ އިތުރުން އެނެމް ފަހުން ލެވާންޓޭއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވިއިރު، އެ މެޗުގައި ލިބުނު ހުސް ފުރުސަތުގެ ބޭނުންތަށް ރަނގަޅަށް ނުހިފުމުގެ މައްސަލައާއި ގުޅޭގޮތުން ވެސް މަސްވަރަކޮށްފައިވެއެވެ.

ރިޕޯޓްގައި ބުނެފައިވަ ގޮތުން ލެވާންޓޭއާ ދެކޮޅަށް ރެއާލް ކުޅުނު މެޗުގައި އެޓީމަށް މޮޅެއް ހޯދިފައި ނުވަނީ މޮޅަށް ނުކުޅެވިގެން ނޫންކަމަށާއި ލަނޑުޖަހަން ލިބުނު ފުރުސަތުގެ ބޭނުން ނުހިގިގެންކަމަށް ރޮނާލްޑޯ ބުނެފައިވާކަމަށްވެސް މި ރިޕޯޓްގައި ބުނެފައިވެއެވެ.

ސްޕެނިޝް ލީގުގައި އެންމެ ފަހުން ލެވާންޓޭއާ ދެކޮޅަށް ރެއާލް އިން ކުޅުނުމެޗުގައި އެޓީމުގެ ފޯވާޑް ކަރީމް ބެންޒެމާއަށް އަނިޔާވެ ފުރަތަމަ ހާފުގައި ބަދަލުކުރަން ޖެހުމާއި އެކު ޓީމުގެ ފޯވާޑް ލައިނަށް ބޮޑެތި މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ. އެގޮތުން ގިނަ ހުސް ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ހިފިފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ.

ރެއާލްގެ ކުރިމަގާމެދު މިވަގުތު އޮތް ކަންބޮޑުވުންތަކާއި މެދު ޒިދާން އަދި ރޮނާލްޑޯ ގިނަވަގުތު މަސްވަރާކޮށްފައިވާއިރު މިފަހަރުގެ މި ސީޒަނުގައި ރެއާލްގައި އޮންނާނެ ރޮނާލްޑޯގެ ދައުރާބެހޭގޮތުންވެސް ދެފަރާތުން ވަނީ ވާހަކަދައްކާފައެވެ.

އެގޮތުން މިފަހަރުގެ މި ސީޒަނުގައި ރޮނާލްޑޯގެ ބޮޑު ދައުރެއް އޮންނަން ޖެހޭކަމަށް ދެކޭކަމަށް ޒިދާން ބުނެފައިވާކަމަށްވެސް މި ރިޕޯޓްގައިބުނެފައިވެއެވެ.

މި މެޗަކީ މިފަހަރުގެ ސީޒަނުގައި ރެއާލް މެޑްރިޑު ކުޅުނު ތިންވަނަ މެޗަށް ވާއިރު، ކުރިން ކުޅުނު ދެމެޗުންވެސް އެޓީމުވަނީ މޮޅުވެފައެވެ. ރެފްރީ ކޮއްޕާލި މައްސަލައާ ގުޅިގެން ކްރިސްޓިއާނޯ ރޮނާލްޑޯ ހުރީ މިވަގުތު ސަސްޕެންޝަނެއްގައެވެ. ރޮނާލްޑޯ ހަތަރު މެޗަށް ސަސްޕެންޑުކޮށްފައިވާއިރު، އޭނާއަށް ދެން ބާކީ އޮތީ އެންމެމެޗެކެވެ. އެއީ އަންނަ ހަފްތާ އާދިއްތަ ދުވަހު ރެއާލް ސޮސިއެދާދްއާ ދެކޮޅަށް ރެއާލްކުޅޭ މެޗެވެ. އެ މެޗަށްފަހު ދެން ޖެހިގެން އަންނަ ޑިޕޯޓިވޯ އަލްވޭސްގެ މެޗުގައި ރޮނާލްޑޯއަށް ކުޅެވޭނެއެވެ.

ރޮނާލްޑޯ ސަސްޕެންޑް ކޮށްފައިވަނީ ހަމައެކަނި ޑޮމެސްޓިކް މުބާރާތަށް ކަމައްވާއިރު، އަންނަ ބުދަދުވަހުގެރޭގައި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ސައިޕްރަސްގެ އެޕޮއެލްއާ ދެކޮލަށް ރެއާލް ކުޅޭ މެޗުގައި ރޮނާލްޑޯ ކުޅޭނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން